logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެކޯޑަކަށްފަހު ރެކޯޑެއް، އެމްއެލްއެސްގެ ގޯލްޑަން ބޫޓު މެސީއަށް

އަބްދުﷲ ޣާނިމް
19 އޮކްޓޯބަރު 2025 - 08:13
ރެކޯޑަކަށްފަހު ރެކޯޑެއް، އެމްއެލްއެސްގެ ގޯލްޑަން ބޫޓު މެސީއަށް

އިންޓަރ މަޔާމީގެ ސުޕަރ ސްޓަރ ލިޔޮނެލް މެސީ 2025 ވަނަ އަހަރުގެ އެމްއެލްއެސްގެ ގޯލްޑެން ބޫޓް ހާސިލްކޮށްފައެވެ. މި ކާމިޔާބީ އޭނާ ހޯދީ ނޭޝްވިލް އާ ދެކޮޅަށް ކުޅުނު ސީޒަންގެ އެންމެ ފަހު މެޗުގައި ހެޓްރިކެއް ޖަހައި، މުޅި ސީޒަނުގައިލީގުގައި ޖުމްލަ 29 ގޯލު ކާމިޔާބުކޮށްގެންނެވެ.

މިއާއެކު އިންޓަރ މަޔާމީގެ ތާރީޚުގައި ގޯލްޑެން ބޫޓް ހާސިލްކުރި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑު ފޮތްތަކުގައި މެސީގެ ނަން ލިޔެވިގެން ދިޔައެވެ. މި ސީޒަނުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ޑެނިސް ބުއާންގާ އާއި ސެމް ސަރިޖް ވަނީ 24 ގޯލު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާޖެންޓީނާގެ ކުޅުންތެރިއެއްގެ ގޮތުގައި އެމްއެލްއެސްގެ ގޯލްޑެން ބޫޓް ހާސިލްކުރި ފަހު ކުޅުންތެރިޔާއަކީ 2021 ވަނަ އަހަރު ނިއުޔޯކް ސިޓީ އެފްސީ އަށް ކުޅެމުން ވެލެންޓިން ކަސްޓެއާނޯސް އެވެ. މެސީ އަކީ އެ ފަހުން މި ކާމިޔާބީ ހޯދި ފުރަތަމަ އާޖެންޓީނާ ކުޅުންތެރިޔާއެވެ.

ގޯލު ޖެހުމުގެ އިތުރުން މެސީ ވަނީ މި ސީޒަނުގައި 19 އެސިސްޓްވެސް ހަދާފައެވެ. މިއީ އެމްއެލްއެސްގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލާއި އެސިސްޓް (49) ގެ ރެކޯޑް އޮންނަ ކާލޯސް ވެލާގެ ރެކޯޑާ އެއް ގޯލެއްގެ ތަފާތުގައި ހުރި އަދަދެކެވެ.

މި ކާމިޔާބީއާއެކު މެސީ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރގައި އަނެއްކާވެސް އެއް ރެކޯޑެއް ހަދައި، އިންޓަރ މަޔާމީގެ ތާރީޚުގައި އައު ޞަފްޙާއެއް ލިޔެލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެކޯޑަކަށްފަހު ރެކޯޑެއް، އެމްއެލްއެސްގެ ގޯލްޑަން ބޫޓު މެސީއަށްކުޅިވަރު | 3 ގަޑިއިރު ކުރިންމެސީގެ ދެލަނޑާއެކު ފަހަތުން އަރައި އިންޓަރ މަޔާމީ ލީގުކަޕްގެ ފައިނަލަށްކުޅިވަރު | 2 މަސް ކުރިންޔަމާލް ކުޅޭތަން ބަލަން އިންނައިރު އަހަރެންގެ ޅަ އުމުރުގެ އަމިއްލަ ނަފްސު ހަނދާންވޭ - މެސީކުޅިވަރު | 2 މަސް ކުރިންރޮނާލްޑޯ އާއި މެސީ އިންޑިޔާ އަށް! ރޮނާލްޑޯ ދަނޑުމަތިން ފެންނާނެކުޅިވަރު | 2 މަސް ކުރިން