logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯ އާއި މެސީ އިންޑިޔާ އަށް! ރޮނާލްޑޯ ދަނޑުމަތިން ފެންނާނެ

އަބްދުﷲ ޣާނިމް
15 އޯގަސްޓު 2025 - 09:04
ރޮނާލްޑޯ އާއި މެސީ އިންޑިޔާ އަށް! ރޮނާލްޑޯ ދަނޑުމަތިން ފެންނާނެ

ފުޓްބޯޅައި ދުނިޔޭގެ ފަހުގެ ތާރީޚުއްގައި ފެނުނު އެންމެ މޮޅު ދެކުލުންތެރިންކަމަވާ މެސީ އާއި ރޮނާލްޑޯ އިންޑިޔާއަށް އައުމަށް ހަމަޖެހިއްޖެއެވެ. މި ޙަބަރާއެކު މިއީ ފުޓްބޯޅައަށް ސަޕޯޓްކުރާ ގިނަ ބަޔަކު އުޅޭ ސައުތު އޭޝިޔާ އަދި ޙާއްސަކޮށް އިންޑިޔާގެ ސަޕޯޓަރުންނަށް އުފާވެރިހަބަރެކެވެ. އަދި މިއުފާވެރިކަން ހާއްސަވަނީ، އިންޑިޔާގެ ސަޕޯޓަރުންނަށް ރޮނާލްޑޯ ދަނޑުމަތިން ފެނުމުގެ ފުރުސަތު އޮތުމުންނެވެ.

ފަސް ފަހަރު ބެލަން ޑި'އޯރް ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ އިންޑިޔާގެ ދަނޑެއްމަތީން ކުލުމުގެ ފުރުސަތު ލިބިގެންދާނީ މިއަދު ގުރުއަތުލި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ތެރެއިންނެވެ. އޭނާގެ ޓީމު އަލް ނަސްރު ވަނީ ގްރޫޕް ޑީގައި އިންޑިޔާގެ އެފްސީ ގޯވާ، އިރާގުގެ އަލް ޒަވްރާ އަދި ތަޖިކިސްތާނުގެ އެފްސީ އިސްތިގްލޯލްއާ އެކުގައެވެ. 40 އަހަރުގެ ރޮނާލްޑޯގެ ސްޓެޗޫއެއްވެސް މީގެކުރިން ބަހަށްޓާފައިވާ ގޯއާގެ ސަޕޯޓަރުންނަށް މިއީ ޚާއްސަކޮށް ލިބިގެން ދިޔަ ވަރަށްވެސް އުފާވެރި ހަބަރެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

މީގެއިތުުރުން ގިނަ ބަޔަކު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ދެކޭ ލިއޮނެލް މެސީ ވެސް މިއަހަރުގެ ޑިސެމްބަރު 13 އިން 15 އަށް އިންޑިޔާއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި އެއްވެސް މެޗެއް ނުކުޅުނު ނަމަވެސް މެސީ ބައިވެރިވާނީ ކޮލްކަތާ، ދިއްލީ، މުންބާއީ އަދި އަހްމަދާބާދުގައި ބޭއްވޭ ފުޓްބޯޅައާ ގުޅުންހުރި އެކި ހަރަކާތްތަކުގައެވެ. އެހެހްކަމުން އިންޑިޔާގެ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް މެސީ ހަމަލޮލަށް ފެނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ފާއިތުވެދިޔަ ވިއްސަކަށް އަހަރު ދުވަހު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ތިބި މި ދެ ތަރި އެއްފަހަރާ އިންޑިޔާއަށް ޒިޔާރަތްކުރުމަކީ އިންޑިޔާގެ ފުޓްބޯޅަ ލޯބިވެރިންނަށް ލިބޭ ވަރަށް ހާއްސަ ފުރުސަތެކެވެ. މިހާރުވެސް ސްޓޭޑިއަމްތަކާއި ފޭން ޒޯންތަކުގައި މި ދެ ތަރި ބަލާލުމަށް ޝައުގުވެރިކަން ފާޅުކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އުއްމީދު ކުރެވެނީ އިންޑިޔާގެ ފުޓްބޯޅައަށް މި ދެ ތަރީގެ ޒިޔާރަތާއެކު އާ ދިރުމެއް ލިބިގެންދާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯގެ ދެގޯލާއެކު ވޯލްޑްކަޕަށް ކޮލިފައިވުމުގެ މަގުމަތީގައިވާ ޕޯޗުގަލް, ފަހުވަގުތު ހަންގޭރީއިން ހިފަހަށްޓައިފިކުޅިވަރު | 5 ގަޑިއިރު ކުރިންފުޓްބޯޅައިގެ ތާރީޚުގެ އެންމެ ފުރަތަމަ ބިލިޔަނަރުގެ ލަޤަބު ރޮނާލްޑޯއަށްކުޅިވަރު | 6 ދުވަސް ކުރިންރޮނާލްޑޯގެ ގޯލާއެކު ޗެންޕިއަން އިއްތިހާދު ހަމަބިމަށް ތިރިކޮށް އަލް ނަޞްރު އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 18 ދުވަސް ކުރިން"މުސްކުޅި" ރޮނާލްޑޯއަށް ދެ ލަނޑާއެކު، ޕޯޗުގަލްއަށް ލަނޑު ގޯންޏެއްކުޅިވަރު | މަހެއް ކުރިން