30 އަހަރުވީފަހުން 500 ގޯލުހަމަކުރި ހަމަ އެކަނި ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯއަށް، ކެރިއަރުގެ އަމާޒުހުރީ 1000 އަށް
22 ފެބްރުއަރީ 2026 - 07:10

ސައުދީ ޕްރޯ ލީގުގައި އަލް-ހަޒަމް އާ ދެކޮޅަށް ކުޅުނު މެޗުގައި އަލް ނަސްރުން 2-0 އިން މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު، އޭނާ ވަނީ ފުޓްބޯޅައިގެ ތާރީޚުގައި އާ ރެކޯޑެއް ގާއިމްކޮށްފައެވެ.
މި ލަނޑަކީ އުމުރުން 30 އަހަރު ފުރުނު ފަހުން ރޮނާލްޑޯ ކާމިޔާބުކުރި 500 ވަނަ ލަނޑެވެ. ފުޓްބޯޅައިގެ ތާރީޚުގައި ވެސް މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް އުމުރުން 30 އަހަރުން މަތީގައި މިހާ ގިނަ ލަނޑު ޖެހިފައެއް ނުވެއެވެ.

Ad by Hajj Corporation
ޕޯޗުގަލްގެ މި ލެޖެންޑް އޭނާގެ މުޅި ކެރިއަރުގައި މިހާތަނަށް ވަނީ ޖުމްލަ 964 ލަނޑު ޖަހާފައެވެ. މިއާއެކު، ތާރީޚީ 1000 ލަނޑުގެ މައިލްސްޓޯނަށް ވާސިލްވުމަށް އޭނާއަށް މިހާރު ބޭނުންވަނީ އެންމެ 36 ލަނޑެވެ.
ރޮނާލްޑޯ ވަނީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި ރެއާލް މެޑްރިޑް، މެންޗެސްޓާ ޔުނައިޓެޑް، ޔުވެންޓަސް، ސްޕޯޓިންގް ސީޕީ އަދި މިހާރު ކުޅެމުންދާ އަލް ނަސްރު ފަދަ ބޮޑެތި ކްލަބްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.


