logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަނިޔާއަށްފަހު އެނބުރި އައިސް ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އަލް-ނަސްރުން ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި

އަބްދުﷲ ޣާނިމް
4 އޭޕްރީލު 2026 - 03:35
އަނިޔާއަށްފަހު އެނބުރި އައިސް ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އަލް-ނަސްރުން ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި

ކްރިސްޓިއާނޯ ރޮނާލްޑޯ އަނިޔާއިން އެނބުރި އައިސް ކާމިޔާބުކުރި ދެ ލަނޑާއެކު، ސައުދީ ޕްރޯ ލީގުގައި އަލް-ނަޖްމާ އަތުން 5-2 އިން މޮޅުވެ، އަލް-ނަސްރުން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ކަށަވަރުކޮށްފިއެވެ. މި މޮޅާއެކު އަލް-ނަސްރުން ވަނީ ދެވަނައިގައި އޮތް އަލް-ހިލާލާ ދެމެދު ފަރަގު ބޮޑުކޮށްފައެވެ. މިއީ އަލްނަޞްރު މި އަހަރުގެ ޖަނަވަރީގައި އަލް ޙިލާލް އަތުން ބަލިވުމަށްފަހު، އެޓީމު ޖެހިޖެހިގެން މޮޅުވި 15 ވަނަ މެޗެވެ.

މިއީ ސައުދީ ލީގުގައި ރޮނާލްޑޯ ކުޅުނު 100 ވަނަ މެޗެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް-ނަސްރުން ކުޅުން ކޮންޓްރޯލް ކުރި ނަމަވެސް، 44 ވަނަ މިނެޓުގައި ރަކާން އަލް ތުލައިހީ ޖެހި ލަނޑުން އަލް-ނަޖްމާއިން ވަނީ ކުރި ހޯދާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަބްދުﷲ އަލް ހަމްދާން އަދި ސާޑިއޯ މާނޭ ޖެހި ލަނޑުތަކުން އަލް-ނަސްރުން ވަނީ ނަތީޖާ އަނބުރާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ފެލިޕޭ ކާޑޯސޯ އަލް-ނަޖްމާއަށް ނަތީޖާ އެއްވަރުކޮށްދިނެވެ. އެހެންނަމަވެސް، ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އަލް-ނަސްރަށް އަލުން ކުރި ހޯދައިދިނެވެ. އޭގެ ފަހުން 73 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެއީ ގޯލެއް ކަމަށް ނިންމާފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސާޑިއޯ މާނޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ޖޯޖް ޖީސަސްގެ ޓީމަށް ފުރިހަމަ މޮޅެއް ކަށަވަރުކޮށްދީފައެވެ. މި މެޗުގައި އަލް-ނަސްރުން 24 ހަމަލާ އުފެއްދިއިރު، ރޮނާލްޑޯ އެކަނިވެސް ވަނީ އަށް ހަމަލާ ފޮނުވާލާފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ މިހާތަނަށް ލީގުގައި ކުޅުނު 100 މެޗުން 97 ގޯލު ޖަހާފައެވެ. މިއީ އޭނާއާ އެންމެ ގާތުން ވާދަކުރާ އަބްދުއްރައްޒާގު ހަމްދުﷲ އަށް ވުރެ 39 ގޯލު އިތުރު އަދަދެކެވެ. ލީގުގެ އެހެން މެޗަކަށް ބަލާއިރު، 10 ކުޅުންތެރިންނާއެކު ކުޅުނު އަލް-އިއްތިހާދުން ވަނީ އަލް-ހަޒަމް އަތުން 1-0 އިން މޮޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުންކުޅިވަރު | 5 ދުވަސް ކުރިންރޮނާލްޑޯގެ މޮޅުކުޅުމާއެކު ހަތަރުވަނަ ޤައުމުގެ ލީގު ފަތަޙަކޮށް އަލް ނަޞްރުގެ ޖޯޒީގައި ފުރަތަމަ ތަށި އުފުލާލަިފިކުޅިވަރު | މަހެއް ކުރިންހުސްއަތާ ރޮނާލްޑޯ ދެވަނަ ޑިވިޝަން މުބާރާތުގެ ފައިނަލުން ބަލިވެ ތަށްޓެއް ނުލިބި އަނެއްކާވެސް އިންތިޒާރު ދިގުލައިފިކުޅިވަރު | މަހެއް ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | މަހެއް ކުރިން