އަލް ނަޞްރުގެ 20 އިންސައްތަ ހިއްސާ ރޮނާލްޑޯއަށް ލިބޭ ގޮތަށް ކްލަބް ވިއްކާލުމުގެ މަޝްވަރާތައް ފަށައިފި
20 އޮކްޓޯބަރު 2026 - 03:32

ޓަލީގެ އޭސީ މިލާންގެ މިލްކުވެރިޔާ ރެޑްބާޑް ކެޕިޓަލް އިސްވެ އޮންނަ ކޮންސޯޓިއަމަކުން ސައޫދީ ޕްރޯ ލީގުގެ އަލް ނަޞްރު ގަތުމަށް ޝައުޤުވެރިކަން ފާޅުކޮށް، ސައޫދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އާ އެކު މަޝްވަރާތައް ފަށައިފިއެވެ. ސެމަފޯ އިން ރިޕޯޓުކުރި ގޮތުގައި، މި މުޢާމަލާތް ނިމޭއިރު އަލް ނަޞްރުގެ 20 އިންސައްތަ ހިއްސާ އެ ކްލަބުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުން އެކަށީގެންވެއެވެ.
މި މުޢާމަލާތުގެ ދަށުން އަލް ނަޞްރުގެ 70 އިންސައްތަ ހިއްސާގެ އަގު ގާތްގަނޑަކަށް 1 ބިލިއަން ރިޔާލް (267 މިލިއަން ޑޮލަރު) އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މި ވިޔަފާރިއަށް ކްލަބް ތައްޔާރުކުރުމުގެ ގޮތުން، އަލް ނަޞްރުގެ ދަރަނީގައި އޮތް 800 މިލިއަން ރިޔާލް (213 މިލިއަން ޑޮލަރު) ދެއްކުމުގެ އިންތިޒާމު ޕީއައިއެފް އިން ވަނީ ހަމަޖައްސައިދީފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އިންވެސްޓްމަންޓް ކާމިޔާބުވެއްޖެނަމަ، ސައޫދީ ކުޅިވަރުގެ ދާއިރާއިން ބޭރުގެ އިންވެސްޓަރުންނަށް ފުރުޞަތު ފަހިވެގެންދާނެއެވެ. ނަމަވެސް، މަޝްވަރާތައް އަދި އޮތީ ކުރީކޮޅުގައި ކަމުން، ކްލަބުގެ ހިއްސާ ބަހާނެ ގޮތުގެ އެންމެ ފަހުގެ ނިންމުމަށް އަދިވެސް ބަދަލު އައުން އެކަށީގެންވެއެވެ.

-01.jpg&w=3840&q=75)
