logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯގެ އަލް ނަޞްރަށް ޗެންޕިއަންސް ލީގުގައި ލަދުވެތި ބޮޑު ބައްޔެއް

އަބްދުﷲ ޣާނިމް
16 ސެޕްޓެމްބަރު 2026 - 04:36
ރޮނާލްޑޯގެ އަލް ނަޞްރަށް ޗެންޕިއަންސް ލީގުގައި ލަދުވެތި ބޮޑު ބައްޔެއް

އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަލް އައިން އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސައުދީ އަރަބިއްޔާގެ އަލް ނަސްރު ބަލިވެއްޖެއެވެ. މި ނަތީޖާއާއެކު، މިއީ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބާ ގުޅުނު ފަހުން އޭނާ ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ބައްޔެވެ.

އަންގާރަ ދުވަހު ކުޅުނު މި މެޗުގެ 25 ވަނަ މިނެޓުގައި އަލް އައިންގެ ހުސައިން ރަހީމީ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މީގެއިތުރުން، މެޗު ނިމެން 18 މިނެޓަށް ވެފައި ވަނިކޮށް ހުސައިންގެ ކޮއްކޮ ސުފިޔާން ރަހީމީ ވަނީ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި ހަތަރުވަނަ ލަނޑު ޖިއޯގިއޯސް ޔަކޫމާކިސް ކާމިޔާބުކުރީ ސުފިޔާން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ ކެރިއަރުގެ 980 ވަނަ ލަނޑު ޖެހުމަށް މެޗުގެ ފަހުކޮޅު ލިބުނު ހިލޭ ޖެހުން، އަލް އައިންގެ ކީޕަރު ޚާލިދު އީސާ ވަނީ މަތަކޮށްފައެވެ. މިއީ އޯގަސްޓް 2022 ގައި މެންޗެސްޓާ ޔުނައިޓެޑްގައި ހުރެ ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވި މެޗަށްފަހު، ރޮނާލްޑޯ ކުޅުނު ޓީމެއް މިހާ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ ފަހަރެވެ.

މެޗަށްފަހު ވާހަކަދައްކަމުން އަލް ނަސްރުގެ ކޯޗު އޭންޖް ޕޮސްޓެކޮގްލޫ ބުނީ، "ކުޅުންތެރިން ދެއްކީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް، އެއްވެސް ޒިންމާއެއް އެމީހުންގެ ބޮލަކު ނާޅުވާނަން. މި ބަލީގެ ފުރިހަމަ ޒިންމާ ނަގާނީ އަހަރެން. އަލް ނަސްރުގެ ކުޅުން ޖުމްލަކޮށް ވަރަށް ދަށް،" ކަމަށެވެ. މި ބައްޔާއެކު ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް ނަސްރަށް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ސައުދީގެ އެހެން ކްލަބްތަކަށް ލިބުނީ އެކި ކަހަލަ ނަތީޖާތަކެކެވެ. އެގޮތުން ހަތަރު ފަހަރުގެ ޗެމްޕިއަން އަލް ހިލާލް ވަނީ 2-1 އިން ގަތަރުގެ އަލް ޣައްރާފާ ބަލިކޮށްފައެވެ. މި މެޗުގައި ރޫބެން ނެވޭސް އަދި ސާޖެއި މިލިންކޮވިޗް-ސަވިޗް ވަނީ ލަނޑު ޖަހާފައެވެ. އަދި އަލް އަހްލީ އުޒްބެކިސްތާނުގެ ޕަޚްތަކޯރާ 1-1 އިން އެއްވަރުވި އިރު، އަލް އިއްތިހާދު ވެސް ވަނީ ގަތަރުގެ އަލް ޝަމާލްއާ 1-1 އިން އެއްވަރުވެފައެވެ. އަލް ގާދިސިއްޔާ ވަނީ 2-1 އިން ޔޫއޭއީގެ އަލް ވަސްލް ބަލިކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯގެ އަލް ނަޞްރަށް ޗެންޕިއަންސް ލީގުގައި ލަދުވެތި ބޮޑު ބައްޔެއްކުޅިވަރު | ގަޑިއިރެއް ކުރިންދެ ލަނޑުގެ ލީޑަކާއެކު މެޗުގެ ކުރީކޮޅުގައި ރަތްކާޑެއް ދައްކާފައިވަނިކޮށް އަލް ނަޞްރުން ފަހަތުން އަރައި އިއްތިފާޤު ބަލިކޮށްފިކުޅިވަރު | 21 ދުވަސް ކުރިންރޮނާލްޑޯގެ މޮޅުކުޅުމާއެކު ހަތަރުވަނަ ޤައުމުގެ ލީގު ފަތަޙަކޮށް އަލް ނަޞްރުގެ ޖޯޒީގައި ފުރަތަމަ ތަށި އުފުލާލަިފިކުޅިވަރު | 4 މަސް ކުރިންފަހު ސިކުންތު ބައިކޮޅަށްވަތް ގޯލާއެކު ރޮނާލްޑޯގެ ސަޢޫދީގެ ފުރަތަމަ ތަށީގެ އިންތިޒާރު ދިގުވެއްޖެކުޅިވަރު | 4 މަސް ކުރިން