logo
MPL

MPL

ކުޅިވަރު

ދެ ލަނޑުގެ ލީޑަކާއެކު މެޗުގެ ކުރީކޮޅުގައި ރަތްކާޑެއް ދައްކާފައިވަނިކޮށް އަލް ނަޞްރުން ފަހަތުން އަރައި އިއްތިފާޤު ބަލިކޮށްފި

އަބްދުﷲ ޣާނިމް
26 އޯގަސްޓު 2026 - 09:46
ދެ ލަނޑުގެ ލީޑަކާއެކު މެޗުގެ ކުރީކޮޅުގައި ރަތްކާޑެއް ދައްކާފައިވަނިކޮށް އަލް ނަޞްރުން ފަހަތުން އަރައި އިއްތިފާޤު ބަލިކޮށްފި

މި ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި، އަލް ނަސްރުގެ ބްރެޒިލް ކީޕަރު ބެންޓޯއަށް ރަތްކާޑު ދައްކައި އެއް ކުޅުންތެރިއަކު މަދުވި ނަމަވެސް، ފަހަތުން އަރައި 3-2 އިން އަލް އިއްތިފާގު ބަލިކޮށްފިއެވެ.

އަންގާރަ ދުވަހު ކުޅުނު މި މެޗުގައި ބެންޓޯއަށް ރަތްކާޑު ދައްކަން ޖެހުނީ، އަލް ނަސްރުގެ ފުލްބެކް އަލް ނަޖްދީ އަތުން ބޯޅައިގައި ޖެހުމާ ގުޅިގެން އަލް އިއްތިފާގުގެ ރަޔާން މެސީ އަވަހަށް ނެގި ހިލޭޖެހުމަކުން މޫސާ ޑެމްބެލޭއަށް ފުރުސަތު ލިބުމުންނެވެ. މި ބޯޅަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކީޕަރު ބެންޓޯއަށް ފްރާންސްގެ ފޯވާޑް ޑެމްބެލޭއަށް ފައުލް ކުރެވި، އޭނާއަށް ވަނީ ސީދާ ރަތްކާޑު ދައްކާފައެވެ. ބަދަލު ކީޕަރު އަލް އޮތައިބީ ކުޅެން އެރުވުމަށްޓަކައި އަލް ނަސްރުން ބަދަލުކުރީ ކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ އަންޖެލޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއް ކުޅުންތެރިއަކު އިތުރުވުމުގެ ފައިދާ ނަގައި، މެޗުގެ 31 ވަނަ މިނެޓުގައި ޑޫޑާ ވަނީ އަލް އިއްތިފާގަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފު ފެށިގެން 49 ވަނަ މިނެޓުގައި މެދްރާން ވަނީ އަލް އޮތައިބީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ ފުރަތަމަ ހާފަށްފަހު ރޮނާލްޑޯ ދެވަނަ ހާފުގައި ކުޅެން ނުކުމެފައެއް ނުވެއެވެ.

ދެ ލަނޑު ފަހަތުގައި އޮތް ނަމަވެސް އަލް ނަސްރުން ވަނީ ހިތްވަރު އެލުވާނުލައި މެޗު ކާމިޔާބުކޮށްފައެވެ. އެގޮތުން 74 ވަނަ މިނެޓުގައި ޔާއޯ ފެލިކްސް ދިން ޕާހަކުން ސަދިއޯ މާނޭ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އޭގެ ފަހުން ފެލިކްސް ތަނަވަސްކޮށްދިން އިތުރު ފުރުސަތަކުން އަލް އަމްރީ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.

އަލް ނަސްރު މޮޅުވި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ޖަހައިދިނީ މާނޭއެވެ. މި ލަނޑަކީ އަލް އިއްތިފާގުގެ މެދްރާންއަށް ހެދުނު ގޯހަކުން އަލް ނަޖްދީ ދުރުން ޖެއްސި ބޯޅައެއް ބޭނުންކޮށްގެން މާނޭ ކާމިޔާބުކުރި ލަނޑެކެވެ.

މި ބައްޔާއެކު އަލް އިއްތިފާގުގެ ފުރިހަމަ ރެކޯޑު ގެއްލި، ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައެވެ. މޮޅާއެކު އަލް ނަސްރު ވަނީ ނުވަ ޕޮއިންޓް ހޯދައި ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އަދި އަދި މެޗެއް ނުކުޅެ އޮތް އަލް އަހްލީއަކީ ތިން ވަނަ ބުރުގެ ނިޔަލަށް އެ ޓީމާ ޕޮއިންޓުގެ ގޮތުން ހަމަކުރެވޭނެ ހަމައެކަނި ޓީމެވެ.

ކުރިއަށް އޮތް މެޗުގައި ހުކުރު ދުވަހު އަލް ނަސްރު ބައްދަލުކުރާނީ އަލް ތާވޫންއާއެވެ. އަދި އޭގެ އަނެއް ދުވަހު އަލް އިއްތިފާގު ނުކުންނާނީ ދިރިއްޔާއާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލް ނަޞްރުގެ 20 އިންސައްތަ ހިއްސާ ރޮނާލްޑޯއަށް ލިބޭ ގޮތަށް ކްލަބް ވިއްކާލުމުގެ މަޝްވަރާތައް ފަށައިފިކުޅިވަރު | 2 ގަޑިއިރު ކުރިންރޮނާލްޑޯގެ އަލް ނަޞްރަށް ޗެންޕިއަންސް ލީގުގައި ލަދުވެތި ބޮޑު ބައްޔެއްކުޅިވަރު | މަހެއް ކުރިންދެ ލަނޑުގެ ލީޑަކާއެކު މެޗުގެ ކުރީކޮޅުގައި ރަތްކާޑެއް ދައްކާފައިވަނިކޮށް އަލް ނަޞްރުން ފަހަތުން އަރައި އިއްތިފާޤު ބަލިކޮށްފިކުޅިވަރު | 2 މަސް ކުރިންރޮނާލްޑޯގެ މޮޅުކުޅުމާއެކު ހަތަރުވަނަ ޤައުމުގެ ލީގު ފަތަޙަކޮށް އަލް ނަޞްރުގެ ޖޯޒީގައި ފުރަތަމަ ތަށި އުފުލާލަިފިކުޅިވަރު | 5 މަސް ކުރިން