logo
MPL

MPL

ކުޅިވަރު

މެސީ ފަހަތަށް ޖައްސާލުމަށްފަހު އެންމެ މޮޅު ބެލޮންޑިއޯގެ އެވޯޑު ބޯޓު އެވޯޑް ރޮނާލްޑޯ ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
28 އޮކްޓޯބަރު 2026 - 20:11
މެސީ ފަހަތަށް ޖައްސާލުމަށްފަހު އެންމެ މޮޅު ބެލޮންޑިއޯގެ އެވޯޑު ބޯޓު އެވޯޑް ރޮނާލްޑޯ ކާމިޔާބުކޮށްފި

ވާދަވެރި ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހު، ތާރީޚުގައި ހޮވުނު އެންމެ މޮޅު ބެލޮންޑިއޯ ކުޅުންތެރިޔާ ނުވަތަ "ބޯޓް" (BOAT - Greatest Ballon d'Or of all time) ގެ އެވޯޑު ޕޯޗުގަލް އަދި ރެއާލް މެޑްރިޑްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފިއެވެ. މިކަން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ ބުދަ ދުވަހުއެވެ.

މި ހަފުތާގެ ކުރީކޮޅު ބޭއްވުނު 2026 ވަނަ އަހަރުގެ ބެލޮންޑިއޯ ހަފުލާގައި މިއަހަރުގެ އެންމެ ޝަރަފުވެރި އެވޯޑު ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭން ކާމިޔާބުކުރިއިރު، އެ ހަފުލާއާ ގުޅުވައިގެން ސަޕޯޓަރުންގެ މެދުގައި ޚާއްޞަ ވޯޓެއް ކުރިއަށް ގެންދިޔައެވެ. "ދަ ބޯޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ވޯޓަކީ ތާރީޚުގައި ބެލޮންޑިއޯ ކާމިޔާބުކުރި އެކި ސީޒަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މޮޅު ކާމިޔާބީއެއް ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުޞަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ލިސްޓުގެ ކުރީގައި ވާދަކޮށްފައިވަނީ ދެ ކުޅުންތެރިން އެކުގައި 13 ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ އަދި މެސީއެވެ. މެސީ ވަނީ އޭނާގެ ކާމިޔާބު ކެރިއަރުގައި ރޮނާލްޑޯއަށްވުރެ ތިން ބެލޮންޑިއޯ އިތުރަށް ހޯދާފައި ނަމަވެސް، މި ޚާއްޞަ ވޯޓުން ކުރިހޯދައި އެންމެ މޮޅު ކާމިޔާބީގެ ޝަރަފު ލިބުނީ ރޮނާލްޑޯ އަށެވެ.

ވޯޓުގެ ނަތީޖާ ދައްކާ ގޮތުން ތާރީޚުގައި ދެވުނު އެންމެ މޮޅު ބެލޮންޑިއޯ ކާމިޔާބީގެ ގޮތުގައި ހޮވިފައިވަނީ 2008 ވަނަ އަހަރު ރޮނާލްޑޯ ދެއްކި މޮޅު ކުޅުމާއެކު ހޯދި އެވޯޑެވެ. އަދި މި ލިސްޓުގެ ދެވަނަ ލިބުނީ 2012 ވަނަ އަހަރު މެސީ ހޯދި ބެލޮންޑިއޯ ކާމިޔާބީއަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ ފަހަތަށް ޖައްސާލުމަށްފަހު އެންމެ މޮޅު ބެލޮންޑިއޯގެ އެވޯޑު ބޯޓު އެވޯޑް ރޮނާލްޑޯ ކާމިޔާބުކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންފުޓްބޯޅައިގެ އަސްލު 'ގޯޓް' ހޮވުމަށް ބާއްވާ ރޭހުގައި ރޮނާލްޑޯ ބޮޑުތަނުން މެސީއަށްވުރެ ކުރީގައިކުޅިވަރު | 8 ދުވަސް ކުރިންބޮޑާހޭކުމުން ރޮނާލްޑޯ ސަސްޕެންޑްކޮށް ފެންމެޓަޔަކުން ޖޫރިމަނާކޮށްފިކުޅިވަރު | 9 ދުވަސް ކުރިންބޮޑާ ހޭކި މައްސަލައިގައި ރޮނާލްޑޯ 6 މަސްދުވަހަށް ސަސްޕެންޑްކުރަނީކުޅިވަރު | 19 ދުވަސް ކުރިން