logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސައުދީ ލީގުގެ ތަށި ތަބަކަކަށްލާފައި ރޮނާލްޑޯއަށްދޭން އުޅޭކަމުގެ ތުހުމަތު ސައުދީގެ ކުލަބުތަކުންނާއި ކުޅުންތެރިން ކުރަންފަށައިފި

އަބްދުﷲ ޣާނިމް
10 އޭޕްރީލު 2026 - 09:50
ސައުދީ ލީގުގެ ތަށި ތަބަކަކަށްލާފައި ރޮނާލްޑޯއަށްދޭން އުޅޭކަމުގެ ތުހުމަތު ސައުދީގެ ކުލަބުތަކުންނާއި ކުޅުންތެރިން ކުރަންފަށައިފި

ސައުދީ ޕްރޯ ލީގު ނިމެން ގާތްވެފައިވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ އަލް ނަސްރަށް ލީގު ހޯދައިދިނުމަށް ރެފްރީން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އަލް އަހްލީގެ ކުޅުންތެރިންނާއި އެ ކްލަބުން ބޮޑެތި ތުހުމަތުތަކެއް ފެންމަތިކޮށްފިއެވެ. މި މައްސަލަ ހޫނުވެފައިވަނީ ބުދަ ދުވަހު އަލް އަހްލީ އާއި އަލް ފައިހާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، އަލް އަހްލީއަށް ތާވަލުގެ ދެވަނަ މަގާމު ގެއްލުމާ ގުޅިގެންނެވެ.

މި މެޗުގައި އަލް އަހްލީއަށް ޕެނަލްޓީއެއް ލިބެންޖެހޭ ފަދަ ހޭންޑްބޯލް އެއް ރެފްރީ ނުދިނުމުން އެ ކްލަބުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ކުރިން ޕޯޓޯއަށް ކުޅުނު ބްރެޒިލްގެ ވިންޑަސަން ގަލޭނޯ ބުނީ، "ތަށި އެމީހުންނަށް ދީ. އެމީހުން ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް އަހަރެމެން މުބާރާތުން ބޭރުކޮށްލަން. އެމީހުން ބޭނުންވަނީ އެންމެ މީހަކަށް ތަށި ހަވާލުކުރަން. މިއީ އަހަރެމެންގެ ކްލަބަށް ކުރާ ވަރަށް ބޮޑު އިހުތިރާމް ކުޑަކުރުމެއް،" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު އައިވަން ޓޯނީ ވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔާފައެވެ. އޭނާ ބުނި ގޮތުގައި ރެފްރީންގެ ނިންމުންތައް ހުރީ ރޮނާލްޑޯއަށް ލީގު ކާމިޔާބު ކޮށްދިނުމަށެވެ. "އަހަރެމެން މި މަސައްކަތް ކުރަނީ ކާކުގެ އަތުން އެއްވަނަ އަތުލަން؟ މީގެ ފައިދާ ކުރަނީ ކާކަށް؟ މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް،" ޓޯނީ ބުންޏެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފައެވެ.

އަލް އަހްލީ ކްލަބުން ނެރުނު ބަޔާނެއްގައި ވަނީ ރެފްރީންގެ ފަރާތުން ފެނުނު ގޯސްތަކާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ރެފްރީން ހޮވުމުގައި ގެންގުޅޭ އުސޫލުތަކާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ކްލަބުން ބުނެފައިވެއެވެ.

ސައުދީ ލީގުގެ ތާވަލަށް ބަލާއިރު، 27 މެޗުން 70 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އަލް ނަސްރެވެ. ދެވަނައިގައި އޮތް އަލް ހިލާލަށް 28 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، އަލް އަހްލީ ތިންވަނައިގައި އޮތީ 28 މެޗުން 66 ޕޮއިންޓާއެކުގައެވެ. ލީގު ނިމެން ބާކީ އޮތީ މަދު މެޗުތަކެއް ކަމުން، މި މައްސަލައަކީ ލީގުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދީ ލީގުގެ ތަށި ތަބަކަކަށްލާފައި ރޮނާލްޑޯއަށްދޭން އުޅޭކަމުގެ ތުހުމަތު ސައުދީގެ ކުލަބުތަކުންނާއި ކުޅުންތެރިން ކުރަންފަށައިފިކުޅިވަރު | 2 ގަޑިއިރު ކުރިންއަނިޔާއަށްފަހު އެނބުރި އައިސް ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އަލް-ނަސްރުން ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިކުޅިވަރު | 6 ދުވަސް ކުރިންރޮނާލްޑޯގެ ދަރި ރެއާލް މެޑްރިޑްގެ އެކަޑެމީގެ ފަރިތަކުރުންތަކުގައި ބައިވެރިވާންފަށައިފިކުޅިވަރު | 15 ދުވަސް ކުރިންމެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ރޮނާލްޑޯގެ އަލް ނަސްރުގެ މެޗު ފަސްކޮށްފިކުޅިވަރު | މަހެއް ކުރިން