logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށް

އަބްދުﷲ ޣާނިމް
13 މޭ 2026 - 05:09
ރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށް

ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް، އުމުރުން އެންމެ 18 އަހަރުގައި އޭނާގެ ނުފޫޒަކީ ހަމައެކަނި ފުޓްބޯޅަ ދަނޑަށް އެކަނި އޮތް އެއްޗެއް ނޫންކަން އަނެއްކާވެސް ސާބިތުކޮށްދީފިއެވެ. ބާސެލޯނާގައި ބޭއްވި އެލް ކްލަސިކޯ ކާމިޔާބީގެ އުފާފާޅުކުރުމުގެ ތެރޭގައި، ޗެމްޕިއަންސް ޕެރޭޑް ބަހުގެ މަތީގައި ހުރެ ޔަމާލް ވަނީ ފަލަސްތީނުގެ ބޮޑު ދިދައެއް އުފުލާލައި، އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އޭނާގެ ތާއީދު ފާޅުކޮށްފައެވެ.

މިއީ ފަހުގެ ތާޜީޚެއްގައި އުފެދުނު އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ އަދި އެބަޔަކީ ގިނަބައެއްގެ އައިޑަލް ގޮތުގައި ބަލާ ރޮނާލްޑޯ އާއި މެސީ ގެ 20 އަހަރަށްވުރެ ގިނަ ދުވަސްވީ ކެރިއަރުގައި އަޅަން ނުކެރުނު ފިޔަވަޅެކެވެ. އެގޮތުން އެ ދެ ކުޅުންތެރިންގެ މުޅި ކެރިއަރުގައިވެސް، ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު ޕްލެޓްފޯމެއްގައި މިހާ ސާފުކޮށް ސިޔާސީ އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށްފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ޔަމާލްއަކީ މިވަގުތު ފުޓްބޯޅައިގެ އެންމެ މަޝްހޫރު އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އިންސްޓަގްރާމް އާއި ޓިކްޓޮކްގައި އެކަނިވެސް 80 މިލިޔަނަށްވުރެ ގިނަ ބަޔަކު ފޮލޯކުރާ ޔަމާލް އަކީ އުމުރުން އެންމެ 18 އަހަރުގައި ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކެއް މުގުރަމުންގެންދާ ކުޅުންތެރިއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަރަށް އަވަހަށް ފެތުރިގެން ދިޔައިރު، ޔަމާލް ވަނީ އޭނާގެ ސޯސަލް މީޑިއާ އިންްސްޓަގްރާމްގައި ވެސް ފަލަޞްޠީނުގެ ދިދައުފުލާލާ ފޮޓޯ އާންމުކޮށްފައެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ބަހުސަކަށް ވެގެން ދިޔަ ކަމެކެވެ. ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާއި، ސަޕޯޓަރުން އަދި އެތުލީޓުން ވަނީ ގާޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނާ އެކު ސާބިތުކަން ދެއްކުމަށް ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ޕްލެޓްފޯމް ބޭނުންކުރުމުން ޔަމާލްއަށް ތައުރީފުކޮށްފައެވެ.

ގިނަ ކުޅުންތެރިން އެމީހުންގެ ކެރިއަރާއި އަބުރަށް ލިބިދާނެ ގެއްލުމަކަށް ބަލައި ސިޔާސީ ކަންކަމާ ދުރުހެލިވާ އުމުރުގައި، ޔަމާލް ދެއްކި މި ހިތްވަރަކީ އޭނާގެ ވަރުގަދަ ސަހުސިއްޔަތާއި އިންސާނިއްޔަތުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސަޕޯޓަރުން ސިފަކުރެއެވެ. ޚާއްސަކޮށް ފަލަސްތީނަށް ތާއީދުކުރުމުން ކުރިމަތިވާ ފާޑުކިޔުންތަކަށް ބެލުމެއްނެތި އޭނާ ވަނީ ޖެހިލުންކުޑަކަން ދައްކާފައެވެ.

ނަމަވެސް، އިސްރާއީލަށް ތާއީދުކުރާ ޒަޔަނިސްޓުން ވަނީ ޔަމާލްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ސްޕެއިން ތަމްސީލުކޮށްގެން ނުވާނެ ކަމަށާއި، މި އަމަލުގެ ސަބަބުން އޭނާއަށް ބެލޮންޑިއޯ އެވޯޑް ލިބުމުގެ ފުރުސަތު ކުޑަވާން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޔަމާލް ދިފާއުކުރާ ފަރާތްތަކުން ބުނަނީ "އަހްލާގީ ހިތްވަރު ކާމިޔާބީއަށް ވުރެ މާ މުހިންމު" ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | ގަޑިއިރެއް ކުރިންއަނިޔާވެ ޔަމާލްއަށް އެލް ކްލެސިކޯ ގެއްލިދާނެކަމުގެ ބިރު, ވޯލްޑްކަޕަށްވެސް އަސަރުކޮށްފާނެކުޅިވަރު | 20 ދުވަސް ކުރިންއަލް ނަޞްރު ފައިނަލަށް ދަތުރުކޮށް ތިން އަހަރުފަހުން ރޮނާލްޑޯއަށް ކުލަބު ތަށްޓެއްހޯދުމުގެ އުއްމީދުއާކޮށްފިކުޅިވަރު | 20 ދުވަސް ކުރިން ފުޓްބޯޅައިގެ ތާރީޚުގައި ފެންނާނެ އެންމެ ތަފާތު އެއްމަންޒަރު - ރޮނާލްޑޯ އާއި އޭނާގެ ދަރިފުޅު އެކުގައި ކުޅުމުގެ ހުވަފެން ހަގީގަތަކަށްކުޅިވަރު | 21 ދުވަސް ކުރިން