logo
MPL

MPL

ކުޅިވަރު

ދުނިޔެ ތާރީޚު ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޤައުމީ ޓީމުން ރިޓަޔަރކޮށްފި

އަބްދުﷲ ޣާނިމް
5 ނޮވެމްބަރު 2026 - 13:12
ދުނިޔެ ތާރީޚު ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޤައުމީ ޓީމުން ރިޓަޔަރކޮށްފި

ދުނިޔެ ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ޤަބޫލުކުރާ ޕޯޗުގަލްގެ ފުޓުބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ، އުމުރުން 41 އަހަރުގައި ބައިނަލްއަޤްވާމީ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ބުރާސްފަތި ދުވަހު އިޢުލާނުކޮށްފިއެވެ. ރޮނާލްޑޯ ވަނީ ޤައުމީ ޓީމަށް ކުޅެދިން 234 މެޗުގައި 146 ލަނޑު ޖަހައި، ދުނިޔޭގެ ރެކޯޑެއް ޤާއިމުކޮށްފައެވެ.

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ރޮނާލްޑޯ މި ނިންމުން ހާމަކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. އޭނާ ބުނީ ޤައުމީ ޓީމުގެ 7 ނަންބަރު ޖާޒީ އަނބުރާ ހަވާލުކުރަންވީ ވަގުތު ޖެހިއްޖެ ކަމަށާއި، ވޭތުވެދިޔަ 23 އަހަރު އެ ޖާޒީ ލުމުގެ ޝަރަފާއި ޒިންމާ ލިބުނު ކަމަށެވެ. މިއީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި، ބައެއް ނިންމުންތަކަކީ ހަމައެކަނި ސިކުނޑިން ނިންމޭ ނިންމުންތަކެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޮގަސްޓު 2003 ގައި ފެށުނު ދަތުރު ނިމުމަކަށް އަތުވެއްޖެ ކަމަށް ވެސް އޭނާ އިތުރަށް ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޮނާލްޑޯގެ ކުޅުމުގެ ފެންވަރު ފަހަކަށް އައިސް ދަށްވަމުން ދިޔައިރު، ނޭޝަންސް ލީގުގެ މެޗެއްގައި ކުޅެން ނޭރުވުމުން ޤައުމީ ކޯޗު ޖޯޖް ޖީސަސްއާ މައްސަލަ ޖެހުނެވެ. އެ މައްސަލައިގައި ޓީމު ކޭމްޕު ދޫކޮށް ދިއުމުން އޭނާއަށް 30 ދުވަހުގެ ސަސްޕެންޝަނެއް ވެސް ދިނެވެ. އަލުން ޤައުމީ ޓީމަށް އެނބުރި އަންނަން އުޅޭ ކަމުގެ އަޑުތަކެއް އެރި ނަމަވެސް، އޭނާ މިހާރު މިވަނީ ރަސްމީކޮށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ.

ބައިނަލްއަޤްވާމީ ކެރިއަރުގައި ރޮނާލްޑޯ ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ މުބާރާތް ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނުމެވެ. އެ މުބާރާތުގެ ފައިނަލްގައި އަނިޔާގެ ސަބަބުން ދަނޑުން ފައިބަން ޖެހުނު ނަމަވެސް، އޭނާ ވަނީ ތަށި އުފުލާލައިފައެވެ. މީގެ އިތުރުން މިއަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުގައި އޭނާ 3 ލަނޑު ޖެހި ނަމަވެސް، ގަދަ 16 ގެ ބުރުން ޕޯޗުގަލް ކެޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިން އަތުން ބަލިވެގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔެ ތާރީޚު ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޤައުމީ ޓީމުން ރިޓަޔަރކޮށްފިކުޅިވަރު | 9 މިނިޓު ކުރިންމެސީ ފަހަތަށް ޖައްސާލުމަށްފަހު އެންމެ މޮޅު ބެލޮންޑިއޯގެ އެވޯޑު ބޯޓު އެވޯޑް ރޮނާލްޑޯ ކާމިޔާބުކޮށްފިކުޅިވަރު | 8 ދުވަސް ކުރިންފުޓްބޯޅައިގެ އަސްލު 'ގޯޓް' ހޮވުމަށް ބާއްވާ ރޭހުގައި ރޮނާލްޑޯ ބޮޑުތަނުން މެސީއަށްވުރެ ކުރީގައިކުޅިވަރު | 16 ދުވަސް ކުރިންބޮޑާހޭކުމުން ރޮނާލްޑޯ ސަސްޕެންޑްކޮށް ފެންމެޓަޔަކުން ޖޫރިމަނާކޮށްފިކުޅިވަރު | 16 ދުވަސް ކުރިން