logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހުސްއަތާ ރޮނާލްޑޯ ދެވަނަ ޑިވިޝަން މުބާރާތުގެ ފައިނަލުން ބަލިވެ ތަށްޓެއް ނުލިބި އަނެއްކާވެސް އިންތިޒާރު ދިގުލައިފި

އަބްދުﷲ ޣާނިމް
16 މޭ 2026 - 21:51
ހުސްއަތާ ރޮނާލްޑޯ ދެވަނަ ޑިވިޝަން މުބާރާތުގެ ފައިނަލުން ބަލިވެ ތަށްޓެއް ނުލިބި އަނެއްކާވެސް އިންތިޒާރު ދިގުލައިފި

ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުވި ފަހުން، އެ ކްލަބާއެކު ބޮޑު މުބާރާތެއްގެ ތަށި އުފުލާލުމަށް ކުރަމުންދާ އިންތިޒާރު އިތުރަށް ދިގުލައިގެން ގޮސްފިއެވެ. މިއީ ހޮނިހިރު ދުވަހު ކުޅުނު އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ފައިނަލުގައި ޖަޕާނުގެ ގަމްބާ އޮސާކާ އަތުން 1-0 އިން އަލް ނަސްރު ބަލިވުމާ ގުޅިގެންނެވެ.

ރިޔާޒްގައި ކުޅުނު މި މެޗުގައި ގަމްބާ އޮސާކާގެ ހަމައެކަނި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެނިޒް ހުމެޓްއެވެ. މުޅި މެޗުގައި ގަމްބާ އޮސާކާއަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް ނަމަވެސް، އެ ހަމަލާ ވަނީ ގޯލުގެ ތެރެއަށް ވަދެފައެވެ. އަލް ނަސްރުން މެޗު ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ނަތީޖާ އެއްވަރުކުރެވޭ ގޮތެއް ނުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނަތީޖާއާއެކު، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަލް ނަސްރާ ގުޅުނު ފަހުން ރޮނާލްޑޯ ވަނީ އެ ޓީމާއެކު ކުޅުނު ހަތަރު ފައިނަލުންވެސް ބަލިވެފައެވެ. އޭނާއަށް މިހާތަނަށް އެ ކްލަބާއެކު ކާމިޔާބު ކުރެވުނު ހަމައެކަނި ތަށްޓަކީ 2023 ވަނަ އަހަރުގެ އަރަބް ކްލަބް ޗެމްޕިއަންސް ކަޕެވެ. ނަމަވެސް އެއީ ރަސްމީ ބޮޑު މުބާރާތެއްގެ ގޮތުގައި ބަލާ މުބާރާތެއް ނޫނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އަލް ނަސްރުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ގަމްބާ އޮސާކާއިން ލީޑު ނެގީ އޭރިއާ ތެރެއިން ހުމެޓް ފޮނުވާލި ދަށް ހަމަލާއަކުންނެވެ. ވީއޭއާރުން އޮފްސައިޑްތޯ ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ސައްހަ ގޯލެއް ކަމަށެވެ. މެޗަށްފަހު ވާހަކަދައްކަމުން ހުމެޓް ބުނީ، "ޓީމަށް އެހީތެރިވެދެވުނީތީ ވަރަށް އުފާވޭ. ދެވަނަ ހާފުގައި ބެންޗުގައި އިނދެގެން މެޗު ބަލަން އިންއިރު ވަރަށް ހާސްވި، އެކަމަކު އެންމެ މުހިންމު ކަމަކީ މޮޅުވުން،" ކަމަށެވެ.

މެޗުގެ ފަހުކޮޅު އަލް ނަސްރުގެ ތަރިން ކަމަށްވާ ރޮނާލްޑޯ އާއި ޔޫރޯއަށްފަހު ޓީމާ ގުޅުނު ޔޮއާއޯ ފެލިކްސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލާ ނުލާ ދިޔައިރު، ފެލިކްސް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

މި ހަފްތާއަކީ އަލް ނަސްރަށް މާޔޫސީ ހަފްތާއަކަށް ވީނަމަވެސް، އަދިވެސް އެ ޓީމަށް ސައުދީ ޕްރޯ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. ތާވަލުގެ އެއްވަނައިގައި އަލް ނަސްރު އޮތީ ދެވަނައިގައި އޮތް އަލް ހިލާލަށް ވުރެ ދެ ޕޮއިންޓް ކުރީގައެވެ. ލީގުގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު އަލް ނަސްރު ނުކުންނާނީ ދަމަކްއާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުސްއަތާ ރޮނާލްޑޯ ދެވަނަ ޑިވިޝަން މުބާރާތުގެ ފައިނަލުން ބަލިވެ ތަށްޓެއް ނުލިބި އަނެއްކާވެސް އިންތިޒާރު ދިގުލައިފިކުޅިވަރު | 6 ގަޑިއިރު ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | 4 ދުވަސް ކުރިންއަލް ނަޞްރު ފައިނަލަށް ދަތުރުކޮށް ތިން އަހަރުފަހުން ރޮނާލްޑޯއަށް ކުލަބު ތަށްޓެއްހޯދުމުގެ އުއްމީދުއާކޮށްފިކުޅިވަރު | 24 ދުވަސް ކުރިން ފުޓްބޯޅައިގެ ތާރީޚުގައި ފެންނާނެ އެންމެ ތަފާތު އެއްމަންޒަރު - ރޮނާލްޑޯ އާއި އޭނާގެ ދަރިފުޅު އެކުގައި ކުޅުމުގެ ހުވަފެން ހަގީގަތަކަށްކުޅިވަރު | 25 ދުވަސް ކުރިން