logo
MPL

MPL

ކުޅިވަރު

ސްޕެއިން އަތުން ބަލިވެ ރޮނާލްޑޯ ވޯލްޑްކަޕެއް ނުލިބި ޤައުމީ ޓީމުގެ ކެރިއަރު ނިންމާލައިފި

އަބްދުﷲ ޣާނިމް
7 ޖުލައި 2026 - 04:41
ސްޕެއިން އަތުން ބަލިވެ ރޮނާލްޑޯ ވޯލްޑްކަޕެއް ނުލިބި ޤައުމީ ޓީމުގެ ކެރިއަރު ނިންމާލައިފި

ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕޯޗުގަލްއާ ބައްދަލުކުރި މެޗުގެ ފަހު ވަގުތު މިކޭލް މެރީނޯ ކާމިޔާބުކުރި ލަނޑާއެކު 1-0 އިން މޮޅުވެ، ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މެރީނޯ ކުޅެން އެރީ މެޗުގެ ފަހުކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މެޗުގެ 91 ވަނަ މިނެޓުގައި މެރީނޯ މި ލަނޑު ކާމިޔާބުކުރީ އޭނާ ކުޅެން އެރިތާ އެންމެ ހަ މިނެޓު ތެރޭގައެވެ. ފެރާން ޓޮރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މެރީނޯ ވަނީ ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ނާކާމިޔާބުކޮށްލުމަށްފަހު ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލާފައެވެ. މި މޮޅާއެކު ކުއާޓާ ފައިނަލުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ އެމެރިކާ ނުވަތަ ބެލްޖިއަމްއާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނަތީޖާއާއެކު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ހުވަފެން ވަނީ ނިމުމަކަށް އައިސްފައެވެ. ރޮނާލްޑޯ ވަނީ މިއީ އޭނާގެ ގައުމީ ޓީމަށް ކުޅެދޭނެ ފަހު ވޯލްޑް ކަޕްކަން ކުރިން ކަށަވަރުކޮށްދީފައެވެ.ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 11 ލަނޑު ޖަހާފައެވެ.

މެޗުގެ ކުރީކޮޅު ސްޕެއިނުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިކޭލް އޮޔާޒަބަލްއާއި ލަމީން ޔަމާލް ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ. ޕޯޗުގަލްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ނޫނޯ މެންޑޭސް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ. ނަމަވެސް ދެވަނަ ހާފުގައި ޕޯޗުގަލްއަށް ސްޕެއިންގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ސްޕެއިންގެ ދިފާއީ ބާރު މި މުބާރާތުގައި ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފައެވެ. އެގޮތުން މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާލި ފުރަތަމަ ޓީމެވެ. ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ގެނައި ބަދަލުތަކުގެ ސަބަބުން މެޗުގެ ނަތީޖާ އަނބުރާލެވުނުއިރު، މިއީ 1962 ވަނަ އަހަރަށްފަހު ސްޕެއިނުން ވޯލްޑް ކަޕް މެޗެއްގެ 90 މިނެޓު ހަމަވިފަހުން ލަނޑު ޖަހައިގެން މޮޅުވި ދެވަނަ ފަހަރެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅައިގެ އަސްލު 'ގޯޓް' ހޮވުމަށް ބާއްވާ ރޭހުގައި ރޮނާލްޑޯ ބޮޑުތަނުން މެސީއަށްވުރެ ކުރީގައިކުޅިވަރު | 2 ދުވަސް ކުރިންބޮޑާހޭކުމުން ރޮނާލްޑޯ ސަސްޕެންޑްކޮށް ފެންމެޓަޔަކުން ޖޫރިމަނާކޮށްފިކުޅިވަރު | 3 ދުވަސް ކުރިންބޮޑާ ހޭކި މައްސަލައިގައި ރޮނާލްޑޯ 6 މަސްދުވަހަށް ސަސްޕެންޑްކުރަނީކުޅިވަރު | 13 ދުވަސް ކުރިންރޮނާލްޑޯ 980 ގޯލު ހަމަކޮށް 1000 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދުމާއި ގާތަށްކުޅިވަރު | 13 ދުވަސް ކުރިން