logo
Bank of Maldives

Bank of Maldives

ކުޅިވަރު

މުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުން

އަބްދުﷲ ޣާނިމް
11 ޖޫން 2026 - 04:39
މިއީ މި ތިން ކުޅުންތެރިން މިމުބާރާޓުގައި ފެނިގެންދާނެ އެންމެ ފަހުފަހަރު
މިއީ މި ތިން ކުޅުންތެރިން މިމުބާރާޓުގައި ފެނިގެންދާނެ އެންމެ ފަހުފަހަރު

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑްކަޕް 2026 މިރޭ ފެށިގެންދާނެއެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން 11 ވަނަ ދުވަހު (މިރޭ) މެކްސިކޯގެ މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައެވެ. ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު ފަށާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އާއި ސައުތު އެފްރިކާއެވެ.

ލެޖެންޑަރީ ކުޅުންތެރިންގެ އެންމެ ފަހުގެ ފެނިލުން

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ މުބާރާތަކީ ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ނޭމާ ވޯލްޑްކަޕްގައި ފެނިގެންދާނެ އެންމެ ފަހުގެ ފެނިލުމެވެ. މި ތިން ކުޅުންތެރިންނަކީވެސް ފާއިތިވެދިޔަ 20 އަހަރުތެރޭގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ތިން ކުޅުންތެރިންކަމަށް ގިނަބަޔަކު ޤަބޫލުކުރާ ކުޅުންތެރިންނެވެ.

އެގޮތުން ފަހުގެ ތާރީޚެއްގައި ދުނިޔެ ދުއް އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ ވަނީ އޭނާގެ ކެރިއަރުގެ ހުރިހާ ތަށްޓެއް ކާމިޔާބުކޮށް ވޯލްޑްކަޕް ގެ ޝަރަފުވެރި ތަށި އެންމެ ފަހުން މިދިޔަ ވޯލްޑްކަޕް ގައި އުފުލާލާފައެވެ. މެސީ ވަނީ މިހާތަނަށް ކުޅުނު 6 ވޯލްޑްކަޕްގައި ކުޅުނު 26 މެޗުން ޖުމްލަ 13 ގޯލާއެކު 8 އެސިސްޓް ހަދާފައެވެ. މިއާއެކު މިމުބާރާތުގައި 4 ގޯލު ޖަހައިގެން މެސީއަށް ވޯލްޑްކަޕްގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދުމުގެ ފުރުސަތުއެބައޮތެވެ. އެހެންކަމުން މިއީ މެސީގެ ގިނަ ސަޕޯޓަރުން މި ވޯލްޑްކަޕްގައި ދެކެން ބޭނުންވާނެ ހުވަފެނެކެވެ.

މީގެއިތުރުން މިފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ރޮނާލްޑޯ ކެރިއަރުގައި މިހާތަނަށްވެސް ވޯލްކަޕް ތަށްޓެއް ޤައުމަށް ހޯދައި ނުދެވޭތީ GOAT ބަހުސްގައި ގިނަބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މި ވޯލްޑްކަޕްގައި ފެންނަ އެންމެ ވަރުގަދަ އެއް ސްކޮޑާއެކު ނިކުންނަ ޕޯޗުގަލް އަށް މިތަށި ހޯދޭނެކަމަށް ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ މިކުޅުންތެރިޔާގެ ސަޕޯޓަރުންދަނީ އިންތިޒާރުކުރަމުންނެވެ. މިހާތަނަށް 5 ވޯލްޑްކަޕް އެއް ކުޅެފައިވާ ރޮނާލްޑޯ މިހާތަނަށް ވަނީ މިމުބާރާތުގައި ކުޅުނު 22 މެޗުން 8 ގޯލާއި ދެ އެސިސްޓް ހަދާފައެވެ. މީގެ އިތުރުން ޕޯޗުގަލް އަކީ މި ވޯލްޑްކަޕްގައި އާޖެންޓީނާއާއި ބްރެޒިލް އާއެކު މި ވޯލްޑްކަޕްގައި ދުނިޔޭގެ އެންމެ ގިނަބަޔަކު ސަޕޯޓުކުރާނެ ޓީމުތަކެވެ.

މި ވޯލްޑްކަޕްގައި ދުނިޔޭގެ އެންމެ ގިނަބަޔަކު ސަޕޯޓުކުރާނެ ޓީމަކަށް ވެގެންދާނީ ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ބްރެޒިލްކަން މިއީ ބަޔަކު ދެބަސްނުޥާނެ ޙަޤީގަތެކެވެ. 2002 ވަނަ އަހަރުގައި ޖަޕާނުގައި ބޭއްވި ވޯލްޑްކަޕްގެ ފަހުން ފާއިތުވެދިޔަ 24 އަހަރުތެރޭގައި މާބޮޑު ކާމިޔާބީ އެއް ލިބިފައިނުވާ ބްރެޒިލްގެ ޓީމު މިމުބާރާތަށް މި ނިކުންނަނީ މާޒީގެ ހިތި ހަނދާންތައް ފިލުވާލާ މިމުބާރާތުގެ ތަށި ހޯދުމަށެވެ. 2000 ގެ އަހަރުތަކުގެ ފަހުން ބްރެޒިލްގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔަކީ ނޭމާއެވެ. އަނިޔާގެ ސަބަބުން ކެރިއަރުގެ ފަހުކޮޅުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ނޭމާ ޖޫނިއާ މިމުބާރާތަށް ޓީމު އެކުލަވާލި އެންމެ ފަހު ވަޤުތުގައިވެސް ޓީމުން ޖާގަ ލިބޭނެކަމާމެދު ގިނަ ބަޔަކު އަދި ޝައްކުކުރަމުންނެވެ. ބްރެޒިލްގެ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ނޭމާ ވަނީ މިހާތަނަށް ވޯލްޑްކަޕްގައި ކުޅުނު 13 މެޗުން 8 ގޯލާއި 4 އެސިސްޓް ހަދާފައެވެ. އުމުރުން 34 އަހަރުގެ ނޭމާ މިމުބާރާތަށްފަހު ބްރެޒިލް އަށް ކޫލުން ހުއްޓާލާނެ ކަމަށް ބެލެވޭއިރު، ބްރެޒިލްގެ ސަޕޯޓަރުން ތިބީ މިފަހަރުގެ މިމުބާރާތް ބްރެޒިލް އިން ކާމިޔާކުރާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކޮށްގެންނެވެ.

ފޭވަރިޓުން

މިމުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި މިފަހަރު އެންމެ ގިނަބަޔަކު ޤަބޫލުކުރާ ޓީމަކީ ފްރާންސް އާއި ސްޕެއިންއެވެ. މީގެ އިތުރުން އެންމެ ފަހުގެ ޗެންޕިއަން އާޖެންޓީނާވެސް މިމުބާރާތާއި ކުރިމަތިލީ ވަރަށް ފޯމުގައިކަމަށްވާއިރު، މިފަހަރުގެ ވޯލްޑްކަޕަށް ޕޯޗުގަލް އަދި ބްރެޒިލް ނިކުންނަނީ ގިނަ ތަރިންތަކަކާއެކުގައެވެ.
އެންމެ ފަހުގެ 4 ވޯލްޑްކަޕްގެ ޗެންޕިއަން ޓީމު ދިމާކޮށްފައިވާ އީއޭ ސްޕޯޓުން ބުނަނީ މިފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރާނީ ސްޕެއިން ކަމަށެވެ. މީގެ އިތުރުން މެޗުތަށް ޕްރެޑިކްޓް ކުރުމަށް މަޝްހޫރު އޮޕްޓާއިންވެސް މިފަހަރު ޤަބޫލުކުރަނީ ސްޕެއިނަކީ ފޭވަރިޓުން ކަމަށެވެ.

އާ ފޯމެޓާއި ގަވާއިދުތައް

2026 ވަނަ އަހަރުގެ ވޯލްޑްކަޕް ފެނިގެންދާނީ މުޅިން އާ ފޯމެޓަކަށެވެ. ޖުމްލަ 48 ޓީމު 12 ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު، ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެ ޓީމާއި ތިންވަނައަށް ދާ އެންމެ މޮޅު އަށް ޓީމު ރައުންޑް އޮފް 32 އަށް ހޮވޭނެއެވެ. މީގެ އިތުރުން، ޓީމުތައް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ ބަލާނެ އާ އުސޫލުތަކާއި، ވީއޭއާރް (VAR) ބޭނުންކުރުމުގެ އާ ގަވާއިދުތަކެއްވެސް މި މުބާރާތުގައި ތައާރަފްކުރެވޭނެއެވެ.

ގިނަ ޓީމުތަކަކާއި، އާ ގަވާއިދުތަކެއްގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ތަރިން ފެނިގެންދާ މި މުބާރާތަކީ ތާރީޚުގައިވެސް ފެނިގެންދާނެ އެންމެ ފޯރިގަދަ އެއް މުބާރާތަށް ވާނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުންކުޅިވަރު | 2 ގަޑިއިރު ކުރިންވޯލްޑްކަޕާއި ދިމާކޮށް ފީފާއިން ފުޓްބޯޅައިގެ ޤަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއްކުޅިވަރު | 7 ދުވަސް ކުރިންތަޖުރިބާކާރު މުހިންމު ކުޅުންތެރިންތަކެއް ނުހިމަނައި އިނގިރޭސި ވޯލްޑްކަޕް ސްކޮޑް އިޢުލާނުކޮށްފިކުޅިވަރު | 20 ދުވަސް ކުރިންރޮނާލްޑޯގެ މޮޅުކުޅުމާއެކު ހަތަރުވަނަ ޤައުމުގެ ލީގު ފަތަޙަކޮށް އަލް ނަޞްރުގެ ޖޯޒީގައި ފުރަތަމަ ތަށި އުފުލާލަިފިކުޅިވަރު | 20 ދުވަސް ކުރިން