logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސްޕެއިނުގެ ފުޓްބޯޅަ ޓީމެއް ރޮނާލްޑޯ ގަނެފި

އަބްދުﷲ ޣާނިމް
27 ފެބްރުއަރީ 2026 - 04:33
ސްޕެއިނުގެ ފުޓްބޯޅަ ޓީމެއް ރޮނާލްޑޯ ގަނެފި

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސްޕެއިންގެ ދެވަނަ ޑިވިޝަނުގައި ކުޅެމުންދާ ޔޫޑީ އަލްމޭރިއާގެ 25 އިންސައްތަ ހިއްސާ ގަނެ، ފުޓްބޯޅަ ކްލަބެއްގެ މިލްކުވެރިކަމުގެ ތެރެއަށް ފުރަތަމަ ފަހަރަށް ފައިތިލަ އަޅައިފިއެވެ. ރޮނާލްޑޯ މި ހިއްސާ ގަނެފައިވަނީ އޭނާގެ ކުންފުނި ކަމަށްވާ ސީއާރު7 ސްޕޯޓްސް އިންވެސްޓްމަންޓްސް މެދުވެރިކޮށެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިވަގުތު ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންދާއިރު، އޭނާ މި ކްލަބުގެ ކޯ-އޯނަރަކަށް މިވީ ސައުދީ އިންވެސްޓްމަންޓް ގްރޫޕަކުން އަލްމޭރިއާ ގަތްތާ އަހަރެއް ފަހުންނެވެ. މި ގްރޫޕް އިސްކޮށް ހުންނަވަނީ ރޮނާލްޑޯ ސައުދީއަށް ބަދަލުވުމުގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު އަލް ޚުރައިޖީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލް ޚުރައިޖީ ވަނީ ރޮނާލްޑޯގެ މި އިންވެސްޓްމަންޓަށް މަރުހަބާ ކިޔައި، ސްޕެއިންގެ ފުޓްބޯޅައިގައި ރޮނާލްޑޯއަށް ލިބިފައިވާ ތަޖުރިބާއާއި މަޢުލޫމާތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަލްމޭރިއާ މިވަގުތު އޮތީ ސެގުންޑާ ޑިވިޝަންގެ ތިންވަނައިގައި ކަމަށްވާއިރު، އެ ޓީމުން ދަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަށް ބާރަށް މަސައްކަތް ކުރަމުންނެވެ.

ކުޅުން ހުއްޓާލުމަށްފަހު ކްލަބެއްގެ މިލްކުވެރިކަމުގެ ދާއިރާއިން ފެނުމުގެ ޝައުގުވެރިކަން ހުރިކަން ރޮނާލްޑޯ މީގެ ކުރިން 2024 ވަނަ އަހަރު ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ހިންގުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ އެއްފަހަރަކު ބުނެފައިވަނީ، "އަހަރެންނަކީ ކްލަބުގެ ވެރިޔާ ކަމަށްވާނަމަ، ކަންކަން ސާފުކޮށްދީ، ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރާނަން" ކަމަށެވެ.

މިއީ ރެއާލް މެޑްރިޑުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު، އެގްޒެކެޓިވް ރޯލެއްގައި ރޮނާލްޑޯ ސްޕެއިންގެ ފުޓްބޯޅައަށް އެނބުރި އައި ފުރަތަމަ ފަހަރެވެ. މި އިންވެސްޓްމަންޓާއެކު އަލްމޭރިއާގެ ކުރިމަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯގެ ލަނޑާއެކު އަލް ނަސްރުން ރެކޯޑް މޮޅެއް ހޯދައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކޮށްފިކުޅިވަރު | 4 ދުވަސް ކުރިންސައުދީ ލީގުގެ ތަށި ތަބަކަކަށްލާފައި ރޮނާލްޑޯއަށްދޭން އުޅޭކަމުގެ ތުހުމަތު ސައުދީގެ ކުލަބުތަކުންނާއި ކުޅުންތެރިން ކުރަންފަށައިފިކުޅިވަރު | 6 ދުވަސް ކުރިންއަނިޔާއަށްފަހު އެނބުރި އައިސް ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އަލް-ނަސްރުން ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިކުޅިވަރު | 12 ދުވަސް ކުރިންރޮނާލްޑޯގެ ދަރި ރެއާލް މެޑްރިޑްގެ އެކަޑެމީގެ ފަރިތަކުރުންތަކުގައި ބައިވެރިވާންފަށައިފިކުޅިވަރު | 21 ދުވަސް ކުރިން