logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

މެސީގެ ދެލަނޑާއެކު ފަހަތުން އަރައި އިންޓަރ މަޔާމީ ލީގުކަޕްގެ ފައިނަލަށް

އަބްދުﷲ ޣާނިމް
28 އޯގަސްޓު 2025 - 04:03
މެސީގެ ދެލަނޑާއެކު ފަހަތުން އަރައި އިންޓަރ މަޔާމީ ލީގުކަޕްގެ ފައިނަލަށް

ހަމްސްޓްރިންގް އަނިޔާއިން އަރައިގަތުމަށްފަހު އެނބުރި އައި މެސީ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ދެ ލަނޑާއެކު އިންޓަރ މަޔާމީން އޯލަންޑޯ ސިޓީ ފަހަތުން އަރައި 3-1 އިން ބަލިކޮށް ލީގްސް ކަޕްގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިއަދުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފުގެ ނިމުމާ ކައިރިވެފައި ވަނިކޮށް މާކޯ ޕަސަލިޗްގެ ލަނޑުން އޯލަންޑޯ ސިޓީ ވަނީ ފުރަތަމަ ހާފުގައި ލީޑުނަގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޔާމީ އިން މެޗު އެއްވަރުކުރީ މެޗުގެ 77 ވަނަ މިނެޓުގައި ޓަޑެއޯ އަލެންޑޭ ޕެނަލްޓީ އޭރިއާ ތެރޭގައި ވައްޓާލުމުން ލިބުނު ޕެނަލްޓީ ކިކުން މެސީ ޖެހި ގޯލަކުންނެވެ. މިފައުލާއެކު އޯލަންޑޯގެ ކުޅުންތެރިއަކަށްވަނީ ރަތްކާޑުދައްކައި ދަނޑުން ފޮނުވާލާފައެވެ. އޭގެ ފަހުން 88 ވަނަ މިނެޓުގައި ޖޯޑީ އަލްބާގެ އެސިސްޓަކުން މެސީ ވަނީ ދެވަނަ ގޯލުޖަހާފައެވެ. މީގެއިތުރުން މެޗުގެ އިތުރުވަގުތުގައި ޓެލާސްކޯ ސެގޯވިއާ ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްދީފައެވެ.

ވާދަވެރި މެޗެއްގެ ގޮތުގައިފެނިގެންދިޔަ ދިޔަ މި މެޗުގައި 9 ރީނދޫ ކާޑާއި އެއް ރަތް ކާޑު ދައްކާފައިވެއެވެ.

މި މުބާރާތުގެ ފައިނަލްގައި އިންޓަރ މަޔާމީން ކުޅޭނީ އެލްއޭ ގެލެކްސީ އާއި ސިއެޓަލް ސައުންޑާސް އާ ދެމެދު ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހުއެވެ. ފާއިތުވި އަހަރުގެ ލީގްސް ކަޕްވެސް ކާމިޔާބުކޮށްފައިވަނީ އިންޓަރ މަޔާމީންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަސެމީރޯގެ ސޮއިހޯދުމަށް ރޮނާލްޑޯ އާއި މެސީގެ ގަދަހިފުމަކަށްކުޅިވަރު | 4 ގަޑިއިރު ކުރިންއުތުރުއެމެރިކާ ޗެންޕިއަންސް ލީގުގެ ފުރަތަމަ ބުރުން މެސީގެ މަޔާމީ ކަޓައިފިކުޅިވަރު | 13 ދުވަސް ކުރިންމެސީ ބޭރުކުރި ލަޕޯޓާއަށް އަނެއްކާވެސް ބާސެލޯނާގެ ރައީސްކަންދީފިކުޅިވަރު | 16 ދުވަސް ކުރިންމެސީއާއި ޔަމާލުގެ ސަޕޯޓަރުންނަށް ހިތްދަތި ޚަބަރެއް، ފައިނަލީސިމާ ކެންސަލްކުޅިވަރު | 16 ދުވަސް ކުރިން