logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔަމާލް ކުޅޭތަން ބަލަން އިންނައިރު އަހަރެންގެ ޅަ އުމުރުގެ އަމިއްލަ ނަފްސު ހަނދާންވޭ - މެސީ

އަބްދުﷲ ޣާނިމް
16 އޯގަސްޓު 2025 - 11:07
ޔަމާލް (ކ) އަދި މެސީ ޔަމާލް ކުޑައިރުގައި އުރައިގެން (ވ)
ޔަމާލް (ކ) އަދި މެސީ ޔަމާލް ކުޑައިރުގައި އުރައިގެން (ވ)

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލްއަކީ އޭނާގެ ޅަ އުމުރުގެ ނަމޫނާއެއް ކަމަށް އާޖެންޓީނާގެ ސުޕަރ ސްޓާރ ލިއޮނެލް މެސީ ބުނެފިއެވެ. އެޑިޑަސްގެ ޕްރޮމޯޝަނަލް އިވެންޓެއްގައި މެސީ މިފަދައިން ބުނެފައިވަނީ އޭނާއާ އެއްގޮތް ކުޅުންތެރިންނާ ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުންނެވެ.

"މިހާރު ވަރަށް ރަނގަޅު ޒުވާން ޖީލެއް އެބައުޅޭ. އަދި އެ ކުދިންނަށް ކުރިއަށް އޮތީ ވަރަށް ގިނަ އަހަރުތަކެއް،" މެސީ ބުނިއެވެ. "އަހަރެން ވަކި ކުޅުންތެރިއެއް ހޮވާކަމަށް ވަންޏާ، އޭނާގެ އުމުރަށާއި މުސްތަގުބަލަށް ބަލާފައި، އަހަރެންނަށް އަޑުއިވިފައި އޮތް ގޮތުގައި އެންމެން ވެސް ހޮވަނީ ލަމީން ޔަމާލް. އަދި ޝައްކެއް ނެތް ގޮތުގައި އަހަރެން ވެސް އެއްބަސް."
Ad by Hajj Corporation

Ad by Hajj Corporation

އާންމު ގޮތެއްގައި މެސީ ޒުވާން ކުޅުންތެރިންނާ ބެހޭ ގޮތުން މިފަދަ ވާހަކަތައް ދައްކައެއް ނޫޅެއެވެ. އެއީ އެފަދަ ކުޅުންތެރިންގެ ކޮނޑުގައި ބޮޑު ޒިންމާއެއް އެޅިދާނެތީއެވެ. ނަމަވެސް ލަމީން ޔަމާލްއަކީ އޭގެ އިސްތިސްނާއެކެވެ. މިދިޔަ މަހު18 އަހަރު ފުރުނު ޔަމާލް އަށް ވަނީ މެސީގެ ލެޖެންޑަރީ 10 ނަންބަރު ހަވާލުކޮށްފައެވެ. އެހެންކަމުން ބާސެލޯނާގެ ސަޕޯޓަރުންނާއި މެނޭޖްމަންޓުން ދެކެނީ ޔަމާލްވެސް ބާސެލޯނާގެ ޖޯޒީގައި މެސީ ހޯދި ކާމިޔާބީތަައް ތަކުރާރުކުރުމެވެ.

"އޭނާގެ މުސްތަގުބަލް ބިނާވެގެން ދާނީ އޭނާގެ މައްޗަށާއި އެހެނިހެން ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗަށް. އެއީ ފުޓްބޯޅައިގެ އޮންނަ ގޮތަކީ. އެކަމަކު އޭނާއަކީ މިހާރުގެ ތަރިއެއް، އަދި ޝައްކެއް ނެތް ގޮތުގައި ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ކުޅުންތެރިއެއް،" މެސީ އިތުރަށް ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ލަމީން ޔަމާލްގެ މި އުމުރުގައި އޭނާ ހޯދާފައިވާ ކާމިޔާބީތައް މެސީއަށް އެއުމުރުރުގައި ކާމިޠާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މެސީ ދުވަހެއް ދުވަހަކަށް ކުރިއަރަމުން ގޮސް، 20 އަހަރު ވަންދެން އެ ފެންވަރު ހިފަހައްޓައި، 8 ބެލޯންޑި އޯރ ހޯދިއެވެ. އޭގެ ތެރެއިން ފުރަތަމަ ބެލޯން ޑީ އޯރ އޭނާއަށް ލިބުނީ 23 އަހަރުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެކޯޑަކަށްފަހު ރެކޯޑެއް، އެމްއެލްއެސްގެ ގޯލްޑަން ބޫޓު މެސީއަށްކުޅިވަރު | 5 ގަޑިއިރު ކުރިންޕީއާރު ވަރުގަދަ ކުރަން އަނެއްކާވެސް ވަރުގަދަ ޑީލެއް، ޔަމާލްގެ އޮޓޯގްރާފް ދެން ހިލޭ ނުލިބޭނެކުޅިވަރު | ދުވަހެއް ކުރިންޔަމާލް ނުހިމަނައި ގޯލްޑަން ބޯއީ އެވޯޑަށް ނޮމިނޭޓްވި ފަރާތްތައް އިޢުލާންކޮށްފިކުޅިވަރު | 3 ދުވަސް ކުރިންޔަމާލްގެ ދިފާއުގައި އެމްބާއްޕޭ ނިކުމެއްޖެކުޅިވަރު | 9 ދުވަސް ކުރިން