logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔަމާލް ނުހިމަނައި ގޯލްޑަން ބޯއީ އެވޯޑަށް ނޮމިނޭޓްވި ފަރާތްތައް އިޢުލާންކޮށްފި

އަބްދުﷲ ޣާނިމް
16 އޮކްޓޯބަރު 2025 - 08:39
ޔަމާލް ނުހިމަނައި ގޯލްޑަން ބޯއީ އެވޯޑަށް ނޮމިނޭޓްވި ފަރާތްތައް އިޢުލާންކޮށްފި

2025 ވަނަ އަހަރުގެ ގޯލްޑަން ބޯއީ އެވޯޑުގެ ފައިނަލިސްޓުން ހާމަކޮށްފިއެވެ. 2003 ވަނަ އަހަރު ނޫސްވެރިޔާ މެސިމޯ ފްރަންކީ ތަޢާރަފުކުރި މި އެވޯޑަކީ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

މިއަހަރުގެ ފައިނަލިސްޓުންގެ ތެރޭގައި ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް ހިމެނިފައި ނުވާކަން ފާހަގަކުރެވެއެވެ. ޔަމާލް އަށް ވަނީ ފްރާންސް ފުޓްބޯޅައިން ހޮވާ ބެލޮންޑޯގައި ފާއިތުވި އަހަރުގައި އުސްމާން ޑެމްބެލޭގެ ފަހަތުން ދެވަނަ ކުޅުންތެރިޔާގެ މަގާމު ހޯދުމަށްފަހު އަދި އެހަފްލާގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ފައިނަލިސްޓުންގެ ތެރޭގައި ޕައު ކުބާސީ، ޑީން ހައުސެން، އަރްދާ ގުލަރ އަދި ޑެސިރޭ ޑޫއޭ ހިމެނެއެވެ. ޗެމްޕިއަންސް ލީގު ފައިނަލްއަށްފަހު ފޯމު ދަށްވެފައިވީ ނަމަވެސް، ޑޫއޭ އަކީ މި އެވޯޑު ހޯދުމުގެ އެންމެ ބޮޑު ފުރުސަތު އޮތް ކުޅުންތެރިޔާ ކަމުގައި ބެލެވެއެވެ.

17 އަހަރުގައި މިދިޔަ އަހަރުގެ އެވޯޑު ހޯދި ޔަމާލް މިއަހަރު ހިމެނިފައި ނުވަނީ ގޯލްޑަން ބޯއީގެ ގަވާއިދުތަކާ ގުޅިގެންނެވެ. އެއްވެސް ކުޅުންތެރިއަކަށް މި އެވޯޑު ދެފަހަރު ނުލިބޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. 2024 ގައި ރެކޯޑު އަދަދަކަށް ވޯޓު ލިބި، އެންމެ މަތީ ގޯލްޑަން ބޯއީ ފުޓްބޯޅަ ބެންޗްމާކް އިންޑެކްސް ސްކޯއެއް ހޯދި ޔަމާލް މިފަހަރު ހިމެނިފައި ނުވަނީ ހަމައެކަނި މި ގަވާއިދާ ގުޅިގެންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލް ނުހިމަނައި ގޯލްޑަން ބޯއީ އެވޯޑަށް ނޮމިނޭޓްވި ފަރާތްތައް އިޢުލާންކޮށްފިކުޅިވަރު | 4 ގަޑިއިރު ކުރިންޔަމާލްގެ ދިފާއުގައި އެމްބާއްޕޭ ނިކުމެއްޖެކުޅިވަރު | 6 ދުވަސް ކުރިންއަމިއްލަ އަށް ކިންގ ކަމަށް ހެދިގެން އުޅޭ ޔަމާލްގެ މަންމަ ޔަމާލްގެ މަޝްހޫރުކަން ބޭނުންކޮށްގެން ލާރިހޯދަނީކުޅިވަރު | 13 ދުވަސް ކުރިންހާންދާނު ގޮވައިގެން ބެލަންޑޯ ބަލާދިޔަ ޔަމާލް އަށް ޖޭބީއޭލް ޑިއޯ! ބައްޕަ ރުޅިގަނޑު ފަޅައިގެންގޮސްފިކުޅިވަރު | 23 ދުވަސް ކުރިން