logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔަމާލްގެ ދިފާއުގައި އެމްބާއްޕޭ ނިކުމެއްޖެ

އަބްދުﷲ ޣާނިމް
10 އޮކްޓޯބަރު 2025 - 17:55
ޔަމާލްގެ ދިފާއުގައި އެމްބާއްޕޭ ނިކުމެއްޖެ

ރިއަލް މެޑްރިޑްގެ ތަރި ކިލިއަން އެމްބާޕޭ ވަނީ ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލްގެ ދިފާއުގައި ނުކުމެ، މީޑިއާތަކުން އޭނާއާ ދެކޮޅަށް ކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދީފައެވެ.

މިހާރު އުމުރުން 18 އަހަރުގެ ލަމިން ޔަމާލަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުލުންތެރިޔާއެވެ. ނަމަވެސް މީޑިއާތަކުން އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ދައްކައި، އަމިއްލަ ދިރިއުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޮވިސްޓާއަށް ދެއްވި އިންޓަވިއުއެއްގައި އެމްބާޕޭ ވިދާޅުވީ "ލަމިން ޔަމާލްގެ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން މީހުން ވަރަށް ގިނައިން ވާހަކަ ދައްކާ. އަހަރެންގެ ޚިޔާލުގައި އޭނާއަށް އުނދަގޫ ނުކޮށް ދޫކޮށްލަން ވާނެ. ފުޓްބޯޅައިގައި އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް، އެކަމަކު ދިރިއުޅުމުގައި އޭނާއަކީ އަދި 18 އަހަރުގެ ކުއްޖެއް،" ޔަމާލް އަށް މީޑިޔާތަކުން ކިޔާ ފާޑުކިޔުންތަކަށް ރައްދުދެމުން އެމްބާއްޕޭ ބުނެފައިވެއެވެ.

އެމްބާޕޭއަކީވެސް ޅަ އުމުރުގައި ފުޓްބޯޅައިގެ މައިދާނުގައި ފާހަގަކުރެވުނު ކުޅުންތެރިއެއް ކަމުން، ޔަމާލްގެ މިހާރުގެ ހާލަތާމެދު އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. އަދި މިފަދަ ހާލަތެއްގައި ހުރި ޒުވާން ކުޅުންތެރިއަކަށް ދޭންޖެހޭ އެއްބާރުލުމާއި ސަޕޯޓްގެ މުހިންމުކަން އެމްބާޕޭގެ މި ބަސްތަކުން ފާހަގަކޮށްދެއެވެ.

އެމްބާއްޕޭ މީޑިޔާގައި މިހެންބުނެފައިވާއިރު، ބާސެލޯނާއާއި ރެއާލް ވާދަކުރާ އެލް ކްލެސިކޯ މިމަހުގެ 26 ވަނަ ދުވަހުގައި މެޑްރިޑްގައި ކުޅެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑްކަޕާ ދިމާކޮށް ޔަމާލުގެ އައު ބިޓު ދައްކާލައިފިކުޅިވަރު | މަހެއް ކުރިންއަނިޔާގެ ސަބަބުން ޔަމާލްއަށް ވޯލްޑްކަޕްގެ އެއްބައި ގެއްލެނީކުޅިވަރު | މަހެއް ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | މަހެއް ކުރިންއެމްބާޕޭ ރެއާލް މެޑްރިޑުން ބޭރުކުރުމަށް އިނދިކޮޅު ސަޕޯޓަރުންނާއެކު ރެކޯޑް މުގުރާލާނެ ޕެޓިޝަނެއް ކުރިޔަށްގެންދަނީކުޅިވަރު | މަހެއް ކުރިން