logo
MPL

MPL

ކުޅިވަރު

އަނިޔާގެ ސަބަބުން ޔަމާލްއަށް ވޯލްޑްކަޕްގެ އެއްބައި ގެއްލެނީ

މެންދުރު ޓީމް
19 މޭ 2026 - 04:30
އަނިޔާގެ ސަބަބުން ޔަމާލްއަށް ވޯލްޑްކަޕްގެ އެއްބައި ގެއްލެނީ

ބާސެލޯނާގެ ތަރި ލަމީން ޔަމާލަށް މިދިޔަ މަހު ސެލްޓާ ވިގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ހަމްސްޓްރިންގް އަނިޔާއާ ގުޅިގެން، ވޯލްޑް ކަޕްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުތައް އޭނާއަށް ގެއްލޭނެ ކަމަށް ބެލެވޭ ކަމަށް "ދަ އެތުލެޓިކް" އިން ރިޕޯޓްކޮށްފިއެވެ.

ޒުވާން ވިންގަރ އަދިވެސް އަންނަނީ އަނިޔާއިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ޖޫން 15 ވަނަ ދުވަހު ކޭޕް ވާޑޭއާ ދެކޮޅަށް ސްޕެއިން ކުޅޭ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗަށް އޭނާ ފިޓްވާނެ ކަމަކަށް މިހާރު ނުބެލެވެއެވެ. މީގެ އިތުރުން ޖޫން 21 ގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗުގައި އޭނާއަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއްވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން އަންނަނީ ޔަމާލްގެ ރިހެބިލިޓޭޝަން ކަންތައްތަކުގައި ބާސެލޯނާއާ ގާތުން މަސައްކަތް ކުރަމުންނެވެ. ފެޑަރޭޝަންގެ މެޑިކަލް ޓީމުން ގަވާއިދުން ކަޓަލޫނިއާއަށް ދަތުރުކޮށް، ކްލަބުގެ ޑޮކްޓަރުންނާ ގުޅިގެން އޭނާގެ ރިކަވަރީ މޮނިޓަރ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ބާސެލޯނާއިން މީގެ ކުރިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހަމްސްޓްރިންގް މައްސަލައާ ގުޅިގެން މި ސީޒަނުގައި ކްލަބަށް ދެން އޭނާ ނުކުޅޭނެއެވެ. އަދި އޭނާގެ ފަރުވާ ކުރިއަށް ގެންދާނީ ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޮންޒަވޭޓިވް ޕްލޭނެއްގެ ދަށުންނެވެ.

އުމުރުން 18 އަހަރުގެ ޔަމާލަކީ ސްޕެއިންގެ އެޓޭކުގައި އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާ ކަމަށްވުމުން، އޭނާ ނެތުމަކީ ސްޕެއިން ޓީމަށް ލިބޭނެ ބޮޑު ދެރައެކެވެ. އޭނާގެ ބާރުމިނާއި، އުފެއްދުންތެރިކަމަކީ ސްޕެއިންގެ ކުޅުމަށް ވަރަށް މުހިންމު ބައެކެވެ. ނަމަވެސް ބާސެލޯނާއާއި ސްޕެއިން އިންވެސް ބޭނުންވަނީ އޭނާ މާ އަވަސް އަރުވާލައިގެން ދަނޑަށް ނެރުމުގެ ބަދަލުގައި ފުރިހަމައަށް ރަނގަޅުވުމުން ނެރުމަށެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިން އުރުގުއާއީއާ ދެކޮޅަށް ނުކުންނާނެއެވެ. އެހެންނަމަވެސް އެ މެޗަށް ޔަމާލް ފިޓްވާނެ ކަމުގެ އެއްވެސް ކަށަވަރުކަމެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާޖެންޓީނާ ބަލިކޮށް ސްޕެއިން ދެވަނަ ފަހަރަށް ވޯލްޑްކަޕްގެ ތަށި އުފުލާލައިފިކުޅިވަރު | މަހެއް ކުރިންޔަމާލްގެ މޮޅުކުޅުމާއެކު ފަސޭހަކާމާއެކު ސަޢޫދީ ބަލިކޮށް ސްޕޭން ވޯލްޑްކަޕްގެ ފުރަތަމަ މޮޅުހޯދައިފިކުޅިވަރު | 2 މަސް ކުރިންވޯލްޑްކަޕާ ދިމާކޮށް ޔަމާލުގެ އައު ބިޓު ދައްކާލައިފިކުޅިވަރު | 3 މަސް ކުރިންއަނިޔާގެ ސަބަބުން ޔަމާލްއަށް ވޯލްޑްކަޕްގެ އެއްބައި ގެއްލެނީކުޅިވަރު | 3 މަސް ކުރިން