logo
MPL

MPL

ކުޅިވަރު

ވޯލްޑްކަޕާ ދިމާކޮށް ޔަމާލުގެ އައު ބިޓު ދައްކާލައިފި

އަބްދުﷲ ޣާނިމް
21 މޭ 2026 - 06:24
ވޯލްޑްކަޕާ ދިމާކޮށް ޔަމާލުގެ އައު ބިޓު ދައްކާލައިފި

ވޯލްޑްކަޕް ބޯމަތި ވެފައިވާ ދަނޑިވަޅެއްގައި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް، އެ ކްލަބުގެ 2025/26 ސީޒަން ނިންމުމުގެ ގޮތުން ބޭއްވި ރޭގަނޑުގެ ކެއުމަށް އޭނާގެ އާ ލޯބިވެރިޔާ އިނޭސް ގާސިއާއާއެކު ހާޒިރުވެއްޖެއެވެ. މި ހަފްލާއަކީ ސީޒަނުގައި ކްލަބުން ހޯދި ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާއެކެވެ.

މި ހަފްލާއަށް މި ދެމީހުން ހާޒިރުވިއިރު، ދެމީހުންވެސް ތިބީ ކަޅު ކުލައިގެ ހެދުމުގައެވެ. މިއީ ޔަމާލް އާއި އިނޭސް އެކުގައި މިފަދަ ރަސްމީ ހަފްލާއަކުން ފެނުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިންވެސް މި ދެމީހުން އެކުގައި ގްރީސްއަށް ކުރި ދަތުރެއްގެ ތެރެއިން އާންމުންނަށް ފެނިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2026-05-21 at 11.26.46 - Copy.jpeg

މި ގުޅުމާ ގުޅޭގޮތުން ޔަމާލް ނުވަތަ އިނޭސްވެސް ސޯޝަލް މީޑިއާގައި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ބާސެލޯނާގެ ކުޅުންތެރިންނަށް ހާއްސަ ކުރެވުނު މި ރޭގަނޑުގެ ކެއުމަށް އެކުގައި ދިއުމަކީ، މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރާ އިނޭސްއާއެކު ޔަމާލް ސީރިއަސް ގުޅުމެއް ބާއްވަމުންދާކަމުގެ ހެއްކެއް ކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ.

މި ހަފްލާ ނިންމާފައި ނުކުތްއިރު، ޔަމާލް އާއި އިނޭސްގެ އިތުރުން ބާސެލޯނާގެ ފާމިން ލޮޕޭޒް އާއި އޭނާގެ ބައިވެރިޔާ ބާޓާ ގަލާޑޯވެސް އެކުގައި ކެމެރާތަކަށް އަރާފައިވެއެވެ. މި މަންޒަރުތައް އާންމުވުމާއެކު، ޔަމާލްގެ އާ ލޯބިވެރިޔާއާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާޖެންޓީނާ ބަލިކޮށް ސްޕެއިން ދެވަނަ ފަހަރަށް ވޯލްޑްކަޕްގެ ތަށި އުފުލާލައިފިކުޅިވަރު | މަހެއް ކުރިންޔަމާލްގެ މޮޅުކުޅުމާއެކު ފަސޭހަކާމާއެކު ސަޢޫދީ ބަލިކޮށް ސްޕޭން ވޯލްޑްކަޕްގެ ފުރަތަމަ މޮޅުހޯދައިފިކުޅިވަރު | 2 މަސް ކުރިންވޯލްޑްކަޕާ ދިމާކޮށް ޔަމާލުގެ އައު ބިޓު ދައްކާލައިފިކުޅިވަރު | 3 މަސް ކުރިންއަނިޔާގެ ސަބަބުން ޔަމާލްއަށް ވޯލްޑްކަޕްގެ އެއްބައި ގެއްލެނީކުޅިވަރު | 3 މަސް ކުރިން