ހާންދާނު ގޮވައިގެން ބެލަންޑޯ ބަލާދިޔަ ޔަމާލް އަށް ޖޭބީއޭލް ޑިއޯ! ބައްޕަ ރުޅިގަނޑު ފަޅައިގެންގޮސްފި
23 ސެޕްޓެމްބަރު 2025 - 03:56
.png&w=3840&q=75)
މިއަހަރުގެ ބެލަންޑޯ ހަފްލާއަށް ތެއްޔާރުވެ، އެވޯޑްލިބޭނެކަމަށް ބަލައި އާއިލާގެ 20 މީހުންނާއެކު ޕެރިހަށް ދިޔަ ޔަމާލް އަށް އެވޯޑް ނުލިބުމާއެކު، ޔަމާލްގެ ބައްޕަ ވަރުގަދަ އިންޒާރެއް ދީފިއެވެ. 2025 ވަނަ އަހަރުގެ ބެލޯން ޑީ އޯރ ރަސްމިއްޔާތު ނިމިގެން ދިޔައީ އުސްމާން ޑެމްބެލޭ މި ފަހުރުގެ ބެލޯން ޑީ އޯރ ކާމިޔާބު ކުރުމާ އެކުގައެވެ. އެވޯޑް ހަފްލާގައި ޔަމާލް އަށް ލިބުނީ ދެވަނައެވެ.
ބާސެލޯނާގެ ޓީނޭޖް ކުޅުންތެރިޔާ ލަމިން ޔަމާލް ވަނީ މި އެވޯޑް ކާމިޔާބު ކުރާނެ ކަމުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނިފައެވެ. އަދި ރަސްމިއްޔާތުގެ ކުރިން ގިނަ އަޑުތަކެއް އުފެދިފައިވަނީ ޔަމާލް ޑެމްބެލޭއަށް ވުރެ ކުރިއަށް ގޮސް މި އެވޯޑް ކާމިޔާބު ކުރާނެ ކަމަށެވެ. އެހެންކަމުން އާއިލާގެ މީހުންނާއެކު ޕާޓީތަކާއެކު ޕްރައިވެޓް ހަފްލާތަކެއް ބޭއްވުމަށްވެސް ޔަމާލްގެ ޓީމުން ރާވާފައިވާކަން މީޑިޔާތަކުން ވަނީ ރިޕޯރޓްކޮށްފައެވެ.

Ad by Hajj Corporation
ފްރާންސްގެ ފޯވަޑް ޑެމްބެލޭއަށް ބެލޯން ޑީ އޯރ ހަވާލު ކުރެވުނު ވަގުތު ޔަމާލް ދެއްކީ އޭނާއަށް އިހްތިރާމެވެ. ރަސްމިއްޔާތު ނިމުމުން، ދިޔައީ ލަމީން ޔަމާލްގެ ބައްޕަ މުނީރު ނަސްރާވީ ރޭގެ ނަތީޖާއާމެދު ހިތްހަމަނުޖެހި ގިނަ ވާހަކަތަކެއް މީޑިޔާއާއި ހިއްސާކޮށް، އަންނަ އަހަރު މިއެވޯޑާއި ވާދަކުރާ ކުޅުންތެރުންނަށް އިންޒާރުގެ މެސެޖެއް ދީފައިވެއެވެ. . އަދި ކުރިއަށް އޮތް ތަނުގައި ވާނެ ގޮތާ މެދު ހަރުކަށި މެސެޖެއް ދީފައިވެއެވެ.
"އަންނަ އަހަރު މި އެވޯޑް ނާގާނީ ޔަމާލް،" މުނީރު ނަސްރާވީ ބުންޏެވެ.
އެލް ޗިރިންގިޓޯ ޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ލަމީން ޔަމާލްގެ ބައްޕަ އިތުރަށް ވާހަކަ ދައްކަމުން ބުނީ، "އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެންމެ ބޮޑު... ވައްކަމެކޭ ނުބުނާނަން، އެކަމަކު އިންސާނަކަށް ދެވުނު އެންމެ ބޮޑު އަހްލާގީ ގެއްލުން. އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވަރަށް ބޮޑު ތަފާތަކުން ލަމީން ޔަމާލްއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. މިއީ ޔަމާލް އަކީ އަހަރެންގެ ދަރިފުޅު ވީތީ ބުނާއެއެއްޗެއް ނޫން، އެކަމަކު އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އަޅުގަނޑަކަށް ނުފެނޭ އޭނާއާ ވާދަކުރެވޭނެ މީހަކު. ޔަމާލް އާއި އަޅާކިޔޭނެ އެހެން ކުޅުންތެރިއެއް ނެތް. އަޅުގަނޑުމެން ބުނަން ޖެހޭ، މިތާ ވަރަށް އަޖައިބުވާފަދަ ބޮޑެތި ކަންތައްތަކެއް ހިނގައިފި."
ޔަމާލް އެވޯޑް ލިބޭނެކަމަށް ދިޔައީ އާއިލާގެ 20 މީހުން ގޮވައިގެން
ޔަމާލްގެ ބައްޕަ
ރޭގެ އެވޯޑް ހަފްލާގައި ޑެމްބެލޭ އެވޯޑް އުފުލާލުމާއެކު ޔަމާލްގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެންދިޔައެވެ. ނަމަވެސް ހަފްލާ ނިމުމާއެކު ޔަމާލް ޑެމްބެލޭއަށް މަރުޙަބާ ކިޔާފައިވާކަން ވީޑިއޯތަކުން ވަނީ ފެނިގެން ގޮސްފައެވެ.