logo
MPL

MPL

ރިޕޯޓް

ބަތޮލެއް ނޫން، ޖަލުގައިވެސް ވަގެކަމުގެ ތުހުމަތު

މެންދުރު ޓީމް
28 މޭ 2026 - 08:56
ޝަހްޒާން
ޝަހްޒާން

ޖަލަކީ ކުށްވެރިން އިސްލާހުކުރުމަށް ބައިތިއްބާ ތަނެއް ނަމަވެސް، ބައެއް ފަރާތްތަކުން ޖަލުގެ ގަވާއިދުތަކާ ހިލާފުވެ، އެތަނުގެ ތެރޭގައިވެސް ކުށްތަކަށް އަރައިގަންނަމުންދާކަމީ ހިތާމަހުރި ކަމެކެވެ. ނޫސްވެރިންގެ ޓެގްގައި ތިބޭ މީހުން ކުށްސާބިތުވެ ޖަލަށް ލެވޭހިނދު މިފަދަ ނާތަހުޒީބު ކަމެއް ފެނުމަކީ އަދި މާހިތާމަވެރި ލަދުވެތި ކަމެކެވެ. މި ލަދުވެތިކަން މި ވަނީ ނޫސްވެރިޔާ ޝަހުޒާންގެ ކިބައިން ފެނިފައެވެ. ޝަހުޒާން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން ހާމަވަނީ ޖަލުގެ ތެރެއިން ފެނުނު ހެކިތަކުންނެވެ. އޭނާ ވެފައި ވަނީ މުޅި ނީޫސްވެރިކަމުގެ ކޮމިއުނިޓީ އަށް ވެސް ބޮޑު ލަދަކަށެވެ. އޭނާ ވެފައި ވަނީ ދިވެހި ނޫސްވެރިކަމުގެ ފަސްބައިގައި ޖެހުނު ބޮޑު ލަދުވެތިކަމުގެ ލައްގަނޑަކަށެވެ.

ޝަހްޒާންގެ ދޮގު ވާހަކަތަކުގެ ފަރުދާ ކަހާލަދެއްވީ ދާޚިލީ ވަޒީރު އަލީ އިހްސާންގެ އެކްސް ޕޯސްޓަކުންނެވެ. އެ ޕޯސްޓުން ތިލަވި ހަގީގަތްތަކަށް ޖެހިލަމާ ހިންގަވާށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަލު ގޮޅިން މަނާ ތަކެތި ފެނުން

15 މެއި 2026 ވީ ދުވަހުގެ ރޭގަނޑު 19:35 ހާއިރު، އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ކަރެކްޝަންސް އޮފިސަރުން ވަނީ ޝަހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅި ބަލައި ފާސްކޮށްފައެވެ. މި ދެމީހުންގެ ހާޒިރުގައި ގޮޅި ފާސްކުރިއިރު، އެ ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އަންނައުނުތަކުގެ ތެރެއިން މޯބައިލް ފޯނެއް ވަނީ ފެނިފައެވެ. މިއީ ޖަލަށް ވެއްދުން މަނާ އެއްޗަކަށް ވާއިރު، މިކަމުން ދޭހަވަނީ ޝަހުޒާންއަކީ ޖަލުގައިވެސް އަމާނާތްތެރިއެއް ނޫންކަމެވެ.

އިޖުރާއީ ފިޔަވަޅުތަކާއި މޮނިޓަރިންގް

މި މައްސަލައާ ގުޅިގެން، ޖަލުގެ އާންމު އުސޫލުތަކުގެ މަތިން އެހެން ގައިދީންނަށްވެސް އަމަލުކުރާ ފަދައިން، ޝަހުޒާން އާއި ލީވާން ވަނީ ވަކި ދެ ގޮޅިއަކަށް ބަދަލުކޮށް މޮނިޓަރ ކުރަން ފަށާފައެވެ. މިއީ ވަކި މީހަކަށް ވީތީ ކުރި ކަމެއް ނޫން ކަމަށާއި، މިއީ ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ގަވާއިދުން ކުރަމުންދާ ކަމެކެވެ. މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރުން ސީދާ އިރުޝާދު ދީގެން ކުރާ ކަންކަމެއް ނޫނެވެ.

މީޑިއާގެ ދައުރާއި ހަގީގަތް އޮޅުވާލުން

މި މައްސަލައިގައި ރާއްޖޭގެ ތިން ނޫސްވެރިއަކު މައުލޫމާތު ސާފުކުރުމަށް ގުޅުމުން، ހަގީގަތް ވަނީ ކިޔައިދެވިފައެވެ. ނަމަވެސް، ހިތާމައަކީ އެއްވެސް ނޫހަކުން މި ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދީފައި ނުވާތީއެވެ. ޝަހުޒާން ހަދަނީ ދޮގުކަން އެނގޭނެ ފަދަ ރިޕޯޓެއް ނުވަތަ ޚަބަރެއް ޝާއިޢުކޮށްފައި ނުވުމަކީ، އާންމުންގެ މެދުގައި ކަންކަން އޮޅިގެންދާ ސަބަބެކެވެ.

ޝަހްޒާންގެ އަސްލު ސޫރަ ކަޝްފްވާ ހަގީގަތެއް

ޝަހުޒާންގެ ގޮޅިން މަނާ ތަކެތި ފެނުނު މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ. ޖަލުގައި ހުރި ނަމަވެސް ގާނޫނާއި ގަވާއިދަށް ބޯނުލަނބާ ފަރާތްތަކަކީ ބަތޮލުންގެ ގޮތުގައި ސިފަކުރެވޭނެ ބައެއް ނޫނެވެ. ކުށްވެރިއަކީ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކުށްވެރިއެކެވެ. މި މައްސަލައިގެ ހަގީގަތް ހާމަވެ ޝަހުޒާންގެ އަސްލު ސޫރަ ރައްޔިތުންނަށް މި ވަނީ މިހާރު ވެސް ކަޝްފުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރިޖުގައި ޑިއުޓީގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ވަޒީރު އިޙްސާން އޭޑީކޭއަށްޚަބަރު | 13 ދުވަސް ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | 22 ދުވަސް ކުރިންޕެރޯލްގެ ދަށުން ޤާނޫނާ ހިލާފަށް މީހަކު ދޫކުރި މައްސަލާގައި އެ ބޯޑުގެ މެމްބަރުން ވަކިކޮށްފިޚަބަރު | 24 ދުވަސް ކުރިންއަންނަ މެއި މަހު ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނަން: އިހްސާންޚަބަރު | މަހެއް ކުރިން