logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަމިއްލަ އަށް ކިންގ ކަމަށް ހެދިގެން އުޅޭ ޔަމާލްގެ މަންމަ ޔަމާލްގެ މަޝްހޫރުކަން ބޭނުންކޮށްގެން ލާރިހޯދަނީ

އަބްދުﷲ ޣާނިމް
3 އޮކްޓޯބަރު 2025 - 11:36
ޔަމާލް މަންމަ އާއެކު
ޔަމާލް މަންމަ އާއެކު

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ މަޝްޙޫރުކަން ބޭނުންކޮށްގެން ޔަމާލްގެ މަންމަ ޝެއިލާ އެބާނާ، ލަންޑަނުގައި ބާއްވާ ކްރިސްމަސް ޑިނަރ ގަލާއެއްގައި ބައިވެރިވާން ބޮޑެތި އަގުތަކުން ޓިކެޓް ވިއްކަން ފަށައިފިއެވެ. މި ނިންމުމާ ގުޅިގެން ޔަމާލްގެ މަންމަ އަށް ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިވެއްޖެއެވެ.

ޖެން ސީ އިވެންޓްސްއިން އިންތިޒާމްކޮށްގެން ނޮވެމްބަރު 7 ވަނަ ދުވަހު ލިއޮނާޑޯ ރޯޔަލް ހޮޓެލް ލަންޑަން ސިޓީގައި ބާއްވާ މި ޑިނަރގެ ޓިކެޓްތައް ވަނީ އަގުބޮޑުކޮށް ކަނޑައަޅާފައެވެ. އާންމު ޓިކެޓެއްގެ އަގަކީ 150 ޔޫރޯ (130 ޕައުންޑް) އެވެ. އަދި ވީއައިޕީ ޓިކެޓްގެ އަގަކީ 800 ޔޫރޯ (289 ޕައުންޑް) އެވެ. ވީއައިޕީ ޓިކެޓްގައި ހާއްސަ ގޮނޑި، ހިލޭ ބުއިން އަދި ޔަމާލްގެ މަންމައާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޑިނަރއަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ޑިނަރއެކެވެ. އަދި މި ޑިނަރގައި 400 އެއްހާ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ސްޕެއިންގެ ގިނަ ފާޑުކިޔުންތެރިން މި ޑިނަރ ސިފަކުރަނީ ޔަމާލްގެ މަޝްހޫރުކަން ބޭނުންކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތެއްގެ ގޮތުގައެވެ. އަދި ޔަމާލް އަމިއްލައަށް މި ޑިނަރގައި ބައިވެރިނުވާކަން ފާހަގަކޮށް، އޭނާގެ މަންމައާއެކު ޑިނަރ ކެއުމަށް މިހާ ބޮޑު އަގެއް ނެގުމާމެދު ސުވާލު އުފައްޓާފައިވެއެވެ.

ޔަމާލް ފާހަގަކުރެވެނީ ދަނޑުން ބޭރުންވެސް އޭނާގެ ހަރަކާތްތަކުން ގިނަބައެއްގެ ސަމާލުކަން ދަމައިގަންނަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން ޔަމާލް ލަނޑު ޖެހުމަށްފަހު މިހާރު ކޮންމެ ފަހަރަކުވެސް އަމިއްލައަށް ބޮލުގައި ތާޖު އަޅައި 'ކިންގް' ސެލެބްރޭޝަން ހަދާތީ ބާސެލޯނާގެ ސަޕޯޓަރުންނާއެކު ގިނަބައެއްގެ ފާޑުކިޔުން ޔަމާލް އަށް ރައްދުވަމުންދެއެވެ.

526620641_747043161413118_1730991054735799474_n.jpg

ޔަމާލްގެ އިންސްޓަގްރާމް ޕޯސްޓެއް

 

15 އަހަރުގައި ބާސެލޯނާގެ ސީނިއަރ ޓީމަށް ޑެބިއުޓްކުރި ޔަމާލްވަނީ މިހާތަނަށް ދެ ލަލީގާ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ފާއިތުވި ހަފްތާގައި ބޭއްވުނު ބެލޯންޑޯ ގައި އުސްމާން ޑެމްބެލޭގެ ފަހަތުން ދެވަނަ ހޯދާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލް ޖެހިޖެހިގެން ހަމެޗުން މޮޅުކުޅުންތެރިޔާގެ މަޤާމްހޯދައި ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 4 ދުވަސް ކުރިންއައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | މަހެއް ކުރިންއެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ޑެމްބެލޭ ކާމިޔާބުކުރިއިރު، އެންމެ މޮޅު ފޯވާޑްގެ އެވޯޑް ޔަމާލް އަށްކުޅިވަރު | މަހެއް ކުރިންވޯލްޑްކަޕް މިފަހަރު ކާމިޔާބުކުރާނީ ސްޕެއިން - ޔަމާލްކުޅިވަރު | 2 މަސް ކުރިން