logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕީއާރު ވަރުގަދަ ކުރަން އަނެއްކާވެސް ވަރުގަދަ ޑީލެއް، ޔަމާލްގެ އޮޓޯގްރާފް ދެން ހިލޭ ނުލިބޭނެ

އަބްދުﷲ ޣާނިމް
18 އޮކްޓޯބަރު 2025 - 04:31
ޕީއާރު ވަރުގަދަ ކުރަން އަނެއްކާވެސް ވަރުގަދަ ޑީލެއް، ޔަމާލްގެ އޮޓޯގްރާފް ދެން ހިލޭ ނުލިބޭނެ

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް އޭނާގެ އޮޓޯގްރާފް ހިލޭ ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ. މުންޑޯ ޑިޕޯޓިވޯއިން ހާމަކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިއީ އޭނާގެ އޮޓޯގްރާފް ވިޔަފާރީގެ ގޮތުގައި މާކެޓް ކުރުމަށް ރާވާފައިވާ ޕްލޭނެއްގެ ބައެކެވެ.

އުމުރުން 18 އަހަރުގެ ޔަމާލްއަކީ މިހާރުވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ބާސެލޯނާގައި އޭނާ ދައްކަމުންދާ މޮޅު ކުޅުމާއެކު، ގިނަ ސްޕޮންސަރޝިޕް އަދި އެންޑޯސްމަންޓް އޮފަރތަކެއް އޭނާއަށް ލިބެމުންދެއެވެ. މީގެ ތެރޭގައި ކުޅިވަރުގެ ތަކެތީގައި ސޮއިކޮށްގެން ވިއްކުމުގެ ވިޔަފާރިކުރާ ބޮޑު ޕްލެޓްފޯމަކުން ހުށަހަޅާފައިވާ އޮފަރެއްވެސް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޔަމާލްގެ މެނޭޖްމަންޓް ޓީމުން އޭނާއަށް އިރުޝާދު ދީފައިވަނީ މިވަގުތު ހިލޭ އޮޓޯގްރާފް ދިނުން ހުއްޓާލުމަށެވެ. ނަމަވެސް އޭނާ އަދިވެސް ފޭންސްއާއެކު ފޮޓޯ ނަގައިދެއެވެ. އަދި ބާސެލޯނާގެ އެކިއެކި ކަންކަމަށް ބޭނުންވާ އޮޓޯގްރާފްތައް ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ޔަމާލްގެ އިޝްތިހާރުތަކާ ބެހޭ އެޖެންސީން މިހާރު ވަނީ އޭނާގެ ސޮއިކޮށްފައިވާ ބޫޓު، ޖާޒީ އަދި އެހެނިހެން ހަނދާނީ ތަކެތި ވިއްކުމަށް ކުންފުންޏަކާއެކު މަޝްވަރާތައް ފަށާފައެވެ. މި ޕްލޭންގެ ދަށުން މިހާރު ހިލޭ ސާބަހަށް އޮޓޯ ގްރާފް ދިނުން ހުއްޓުވާލުމުގެ މަޤްޞަދަކީ އޭނާގެ އޮޓޯގްރާފް މަދުން ލިބެން ހުރުމުން އޭގެ އަގު މަތިވެގެން ދިއުމެވެ. މި ޑީލް ނިމުމުން، ޔަމާލްގެ އޮޓޯގްރާފް ލިބޭނީ ހަމައެކަނި އޭނާގެ މަރޗަންޑައިޒް ބަލަހައްޓާ ރަސްމީ ޕްލެޓްފޯމް މެދުވެރިކޮށެވެ.

ޔަމާލްގެ ނަން މިހާރުވެސް ވަނީ ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑްތަކާ ގުޅިފައެވެ. އޭނާ ވަނީ އެޑިޑަސް، ބީޓްސް، ޕަވަރޭޑް، އޮޕޯ، ކޮނާމީ އަދި ނެސްކުއިކްއާއެކު ޕާޓްނަރޝިޕް ހަދާފައެވެ. މީގެ އިތުރުން އޭނާއަކީ ޔުނިސެފްގެ އެމްބެސެޑަރެއްވެސް މެއެވެ. މި ހުރިހާ ވިޔަފާރީގެ މަސައްކަތްތަކުން ދައްކުވައިދެނީ އޭނާއަކީ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އަންނަ ކުރިއެރުމެއް ނޫންކަމެވެ. އަދި މިއީ ބާސެލޯނާއަށްވެސް ފައިދާވާނެ ކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއާރު ވަރުގަދަ ކުރަން އަނެއްކާވެސް ވަރުގަދަ ޑީލެއް، ޔަމާލްގެ އޮޓޯގްރާފް ދެން ހިލޭ ނުލިބޭނެކުޅިވަރު | 9 ގަޑިއިރު ކުރިންޔަމާލް ނުހިމަނައި ގޯލްޑަން ބޯއީ އެވޯޑަށް ނޮމިނޭޓްވި ފަރާތްތައް އިޢުލާންކޮށްފިކުޅިވަރު | 2 ދުވަސް ކުރިންޔަމާލްގެ ދިފާއުގައި އެމްބާއްޕޭ ނިކުމެއްޖެކުޅިވަރު | 8 ދުވަސް ކުރިންއަމިއްލަ އަށް ކިންގ ކަމަށް ހެދިގެން އުޅޭ ޔަމާލްގެ މަންމަ ޔަމާލްގެ މަޝްހޫރުކަން ބޭނުންކޮށްގެން ލާރިހޯދަނީކުޅިވަރު | 15 ދުވަސް ކުރިން