logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލް މެޑްރިޑްގެ އާމްދަނީ 1.248 ބިލިއަން ޔޫރޯއަށް، މިއީ ކުޅިވަރުގެ ތާރީޚުގައި ވެސް އެންމެ ބޮޑު އަދަދެއް

އަބްދުﷲ ޣާނިމް
7 ނޮވެމްބަރު 2025 - 16:11
ރެއާލް މެޑްރިޑްގެ އާމްދަނީ 1.248 ބިލިއަން ޔޫރޯއަށް، މިއީ ކުޅިވަރުގެ ތާރީޚުގައި ވެސް އެންމެ ބޮޑު އަދަދެއް

ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް ރެއާލް މެޑްރިޑްގެ އާމްދަނީ 2025-2026 ވަނަ ސީޒަނަށް 1.248 ބިލިއަން ޔޫރޯ (1.33 ބިލިއަން ޑޮލަރު) އަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ. މިއީ ދުނިޔޭގެ ކުޅިވަރުގެ ތާރީޚުގައި ވެސް އެއްވެސް ކުލަބަކުން ހޯދާނެ އެންމެ ބޮޑު އާމްދަނީގެ އަދަދެވެ.

މި އަދަދު ވަނީ މިދިޔަ ސީޒަނުގެ 1.185 ބިލިއަން ޔޫރޯއަށް ވުރެ މައްޗަށް ޖެހިލާފައެވެ. މިދިޔަ ސީޒަން ނިންމާލާފައި ވަނީ 24 މިލިއަން ޔޫރޯގެ ފައިދާއަކާ އެކުގައެވެ. އަދި 2023-2024 ވަނަ އަހަރުގެ 1.073 ބިލިއަން ޔޫރޯއަށް ވުރެ ވެސް މި އަދަދު ބޮޑެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އަލުން ބިނާކުރި ސަންޓިއާގޯ ބާނަބިއު ސްޓޭޑިއަމް ކަމަށް ރެއާލް މެޑްރިޑުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާމްދަނީގެ ބޮޑު ބައެއް ލިބޭނީ ސްޓޭޑިއަމްގެ އޮޕަރޭޝަންތަކުންނެވެ. މީގެ ތެރޭގައި ކޮންސެޓްތަކުން ލިބޭ އާމްދަނީ ހިމަނާފައެއް ނުވެއެވެ. މައިގަނޑު އާމްދަނީގެ މަސްދަރުތަކުގެ ތެރޭގައި ސްކައި ބާރު، ބާނަބިއު މާކެޓް، އެންއެފްއެލް ގޭމްތައް، ކްރިސްމަސް ތީމް ޕާކް އަދި ބާނަބިއު ޓުއާ ހިމެނެއެވެ. ބާނަބިއު ޓުއާ އިން އެކަނި ވެސް މިދިޔަ ސީޒަނުގައި 52.6 މިލިއަން ޔޫރޯގެ އާމްދަނީ ވަނީ ހޯދާފައެވެ.

މީގެ އިތުރުން، ކްލަބް ވޯލްޑް ކަޕްގެ ބައެއް އާމްދަނީ ވެސް މި އަހަރުގެ ހިސާބުތަކުގައި ފެންނާނެއެވެ. އެއީ މެޑްރިޑުން އެ މުބާރާތް ނިންމާލާފައި ވަނީ ޖުލައި މަހުގެ މެދެއްގައި ކަމަށް ވާތީއެވެ.

ޗެމްޕިއަންސް ލީގުން އާސެނަލް އަތުން ބަލިވެ ކެޓިނަމަވެސް، ކްލަބްގެ މާކެޓިން އާމްދަނީ އިތުރުވެފައި ވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މިއާކުވެސް އަންދާޒާކުރެވޭ މި އާމްދަނީއިން ރެއާލް މެޑްރިޑް ފާހަގަކޮށްލެވެނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ކުލަބުގެގޮތުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަޓާސްބަރިއެއްހެން ކާޑުބަހާލައި 9 މީހުންނާއެކު ކުޅުނު މެޑްރިޑްގެ ދަނޑުގައި 19 އަހަރުފަހުން އެޓީމުބަލިކޮށްފިކުޅިވަރު | 11 ގަޑިއިރު ކުރިންމެޑްރިޑުން ސުޕްރީމްކޯޓުގައި ލަލީގާއާއި ދެކޮޅަށް ކުރި ދަޢުވާ ކާމިޔާބުވެއްޖެ، ބަދަލުގައި 88 މިލިޔަން ޔޫރޯކުޅިވަރު | ދުވަހެއް ކުރިންބާސެލޯމާއިމް ރެފްރީންނަށް ރިޝްވަތުދިން މައްސަލަ ފީފާއަށް ހުށަހަޅަން ތައްޔާރުވެއްޖެކުޅިވަރު | 3 ދުވަސް ކުރިން އެމްބާއްޕެ އެފްސީ ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށްފިކުޅިވަރު | 4 ދުވަސް ކުރިން