logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެޑްރިޑްގެ ކެޕްޓަނަށް ލިބުނު އަނިޔާއަގުޅިގެން 2-3 މަހަށް ކުޅުމާދުރަށް

އަބްދުﷲ ޣާނިމް
28 އޮކްޓޯބަރު 2025 - 05:11
މެޑްރިޑްގެ ކެޕްޓަނަށް ލިބުނު އަނިޔާއަގުޅިގެން 2-3 މަހަށް ކުލުމާދުރަށް

ރެއާލް މެޑްރިޑްގެ ކެޕްޓަން އަދި ޑިފެންޑަރ ޑެނީ ކާވަހާލްއަށް ސީރިއަސް އަނިޔާއެއް ލިބި، ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. މި އަނިޔާއާ ގުޅިގެން ކާވަހާލް މަދުވެގެން ދެ މަސް ދުވަހު، އަދި އެންމެ ގިނަވެގެން ތިން މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލް މެޑްރިޑުން ހެދި ޓެސްޓުތަކަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާގެ ކަނާތު ކަކުލުގައި "ޖޮއިންޓް ފްރީ ބޮޑީއެއް" ހުރިކަން ދެނެގަނެވިފައިވާ ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ކާވައްޔާލްއަށް އާރތޮސްކޮޕީ (އޮޕަރޭޝަން) ހަދަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އާރތޮސްކޮޕީއަކީ ކަކުލުގެ ތެރެއަށް ކުޑަ ކެމެރާއެއް ލައްވައިގެން ހަދާ އޮޕަރޭޝަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކާވައްޔާލްއަށް 2-3 މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ، ރެއާލް މެޑްރިޑްއަށް ލިބުނު ބޮޑު ގެއްލުމެކެވެ. މި ދިގު މުއްދަތުގައި ރެއާލް މެޑްރިޑުން ބަރޯސާވާން ޖެހޭނީ އަނިޔާއަކަށް ފަހު އަލަށް އެނބުރި އައިސްފައިވާ ޓްރެންޓް އެލެކްސެންޑަރ-އާނަލްޑްއަށާއި، މި ފަހުން ރައިޓް-ބެކްގެ މަގާމުގައި ކުޅެމުންދާ ފެޑޭ ވަލްވާޑޭއަށެވެ. ކާވައްޔާލްގެ ހުސްކަން ފޫބައްދަން މި ދެ ކުޅުންތެރިންނަށް ބޮޑު ޒިންމާއެއް އުފުލަން ޖެހޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | 2 ދުވަސް ކުރިންޕީއެސްޖީ އާއި ލިވަޕޫލަށް ނޫނެކޭ ބުނެމަށްފަހު ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފިކުޅިވަރު | 2 ދުވަސް ކުރިން ސުން ޗެންޕިއަންސްލީގު ދެކި ބިރުން ޕްރީމިއަރ ލީގުގެ އެންމެ އަގޮބޮޑު އަދި މުސާރަބޮޑު އާސެނަލަށް ނޫނެކޭބުނެ، ވިނީސިއަސް ރެއާލްގައި މަޑުކުރަން ނިންމައިފިކުޅިވަރު | 2 ދުވަސް ކުރިންއާސެނަލްއަށް ނުގޮސް ރެއާލް މެޑްރިޑްގައި ވިނީސިއަސް މަޑުކުރާނެ: ސްކައި ސްޕޯރޓްސްކުޅިވަރު | 11 ދުވަސް ކުރިން