logo
MPL

MPL

ކުޅިވަރު

ޔުވެންޓަސް ބަލިކޮށް ޗެންޕިއަންސް ލީގުގައި ރެއާލް 100% ރެކޯޑާއެކު ކުރިޔަށް

އަބްދުﷲ ޣާނިމް
23 އޮކްޓޯބަރު 2025 - 03:36
ޔުވެންޓަސް ބަލިކޮށް ޗެންޕިއަންސް ލީގުގައި ރެއާލް 100% ރެކޯޑާއެކު ކުރިޔަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މުހިންމު މެޗުގައި ރެއާލް މެޑްރިޑުން ޔުވެންޓަސް 1-0 އިން ބަލިކޮށްފިއެވެ. މި ކާމިޔާބީއާއެކު ރެއާލް މެޑްރިޑް މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ ނުވަ ޕޮއިންޓާއެކު %100 ގެ ރެކޯޑެއް ދަމަހައްޓާފައިވެއެވެ. މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޖޫޑް ބެލިންހަމް އެވެ.

ރެއާލްގެ ދަނޑުގައި 76 ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ގޯލެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ޔުވެންޓަސްއިން ވަނީ ރެއާލް މެޑްރިޑްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލައެއް ފޮނުވާލާފައެވެ. އެ ހަމަލާތައް ރެއާލް މެޑްރިޑްގެ ގޯލުކީޕަރު ކޯޓުއާ ވަނީ ހުއްޓުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރެއާލް މެޑްރިޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމްއެވެ. އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިސް އާދަޔާ ޚިލާފު މޮޅު ފޯމެއްގައި ހުރި ބެލިންހަމް ދަނީ ޓީމަށް ނަތީޖާ ނެރެދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މި ލަނޑަށްފަހުވެސް ރެއާލް މެޑްރިޑަށް ވަނީ އިތުރު ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ރެއާލް މެޑްރިޑަށް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ޕީއެސްޖީ އަށްވެސް 9 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

އަނެއްކޮޅުން ޔުވެންޓަސްއަށް މުބާރާތުގައި މިއަދާއި ހަމައަށް އެކަށީގެންވާ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެ، އެއް މެޗުން ބަލިވެ ތިން މެޗުން ޖުމްލަ 2 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 25 ވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ސީޒަން ހުސްއަތާ ނިންމާލި ރެއާލް މެޑްރިޑުން ތިން ވަނަ ސީޒަން ފެށީވެސް ކަރުތާފެނުގައި ކުޅިވަރު | 2 ދުވަސް ކުރިންހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | 18 ދުވަސް ކުރިންޕީއެސްޖީ އާއި ލިވަޕޫލަށް ނޫނެކޭ ބުނެމަށްފަހު ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފިކުޅިވަރު | 18 ދުވަސް ކުރިން ސުން ޗެންޕިއަންސްލީގު ދެކި ބިރުން ޕްރީމިއަރ ލީގުގެ އެންމެ އަގޮބޮޑު އަދި މުސާރަބޮޑު އާސެނަލަށް ނޫނެކޭބުނެ، ވިނީސިއަސް ރެއާލްގައި މަޑުކުރަން ނިންމައިފިކުޅިވަރު | 18 ދުވަސް ކުރިން