logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަމިއްލަ ބޮލުގައި ތާޖުއަޅާ އިންސްޓަގްރާމް ކުއީން ހަމަބިމަށް ތިރިކޮށް ރެއާލް އެލްކްލެސިކޯ ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
27 އޮކްޓޯބަރު 2025 - 03:30
އެމްބާއްޕޭ ގޯލުޖަހައި އުފާފާޅުކުރަނީ
އެމްބާއްޕޭ ގޯލުޖަހައި އުފާފާޅުކުރަނީ

މެޗަށް ނިކުތުމުގެ ކުރިން އިންސްޓަގްރާމްގަ އާއި އިންޓަވިއު ތަކުގައި ފޮނުއެރުވި އަމިއްލަ ބޮލުގައި ތާޖު އަޅާ ޔަމާލް ސައިޒުކުރުމަށްފަހު ރެއާލް މެޑްރިޑުން އެލް ކްލެސިކޯ ކާމިޔާބުކޮށްފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބުކުރީ 2-1 ންނެވެ.

މެޗުގެ ފެށުންވެސް ވަރަށް ހޫނުކޮށްދިޔައިރު، ހަތަރު ވަނަ މިނެޓުގައި ލަމީން ޔަމާލް، ވީނީސިއަސް ޖޫނިއަރަށް ކުރި ފައުލަކަށް މެޑްރިޑަށް ޕެނަލްޓީއެއް ދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ނިންމުން ބަދަލުކުރިއެވެ. އަދި މެޗުގެ 12 ވަނަ މިނެޓުގައި އެމްބާޕޭ ގޯލެއް ޖެހި ނަމަވެސް އޮފްސައިޑްގެ ސަބަބުން އެ ގޯލު ބާތިލުކުރިއެވެ. އަދި އޭގެ 10 މިނެޓު ފަހުން ޖޫޑް ބެލިންގްހަމް ދިން ރީތި ޕާހަކުން އެމްބާޕޭ ވަނީ ހަމަޖެހިލާފައި ގޯލު ޖަހައި މެޑްރިޑަށް ލީޑު ނަގައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، މެޗުގެ 38 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މާކަސް ރަޝްފޯޑް ދިން ހުރަހަކުން ފާމިން ލޯޕޭޒް ވަނީ ގޯލު ޖަހައިފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވީނީސިއަސް ދިން ހުރަހަކުން އެޑާ މިލިޓާއޯ ބޮލުން އަނބުރާ ގޯލު ކުރިމައްޗަށް ފޮނުވާލި ބޯޅަ ބެލިންގްހަމް ވަނީ ގޯލު ޖަހައި މެޑްރިޑަށް އަލުން ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގެ ހަތް ވަނަ މިނެޓުގައި އެރިކް ގާސިއާ އަތުގައި ބޯޅަ ޖެހުމުން މެޑްރިޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ޝްޓެސްނީ ވަނީ ދިފާއުކޮށްފައެވެ. ބާސާއިން މެދުތެރެއިން ބޯޅަ ކޮންޓްރޯލްކޮށްގެން ދެވަނަ ހާފު ކުޅުނުނަމަވެސް، އެޓީމަށް މެޗުގައި ގޯލުޖަހާނެ މާގިނަ ފުރުސަތުތަކެއް ނުލިބެއެވެ. މެޗުގެ އިތުރު ވަގުތުގައި ޕެޑްރީއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.

މި މޮޅާއެކު ރެއަލް މެޑްރިޑް ވަނީ ލަލީގާގެ އެއްވަނައިގައި 27 ޕޮއިންޓާއެކު ލީޑު ނަގައިފައެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. މިދިޔަ ސީޒަންގައި ބާސެލޯނާ އަތުން ހަތަރު މެޗުން ބަލިވުމަށްފަހު، ކޯޗު ޒާބީ އަލޮންސޯގެ ފުރަތަމަ ކްލެސިކޯ ކާމިޔާބުކުރެވުމަކީ މެޑްރިޑަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

 އެމްބާޕޭ ވަނީ ގޯލާއެކު ކްލެސިކޯގެ ތާރީޚުގައި ވެސް ޚާއްސަ ރެކޯޑެއް ހަދާފައެވެ. އޭނާ އަކީ 21 ވަނަ ގަރުނުގައި ކްލެސިކޯގެ ހަތަރު މެޗު ވިދިވިދިގެން ގޯލު ޖެހި ތިންވަނަ ކުޅުންތެރިޔާއެވެ. އެމްބާޕޭގެ ކުރިން މި ރެކޯޑު ހަދާފައިވަނީ ރޮނާލްޑީނިއޯ (2004–2006، ފަސް ގޯލު) އާއި ކްރިސްޓިއާނޯ ރޮނާލްޑޯ (2012، ހަތް ގޯލު) އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

6 ޗެންޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް ކެޕްޓަން ކަރްވަހާލް ރެއާލްގެ ޖޯޒީގައި އެންމެ ފަހުމެޗު ކުޅެފިކުޅިވަރު | ދުވަހެއް ކުރިންޕެރޭޒްގެ އުނދަގޫ ބޮޑުވެ، ރެފްރީންނާއި ދެކޮޅަށް ދެއްކިވާހަކަތަކާއި ގުޅިގެން މާފަށްއެދުމަށް ޝަކުވާ ހުށަހަޅައިފިކުޅިވަރު | 3 ދުވަސް ކުރިން6 ޗެންޕިއަންސް ލީގުގެ ވެރި ރެއާލް މެޑްރިޑްގެ ކެޕްޓަން ކުލަބު ދޫކޮށްލަން ނިންމައިފިކުޅިވަރު | 6 ދުވަސް ކުރިންފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ރައީސް ޕެރޭޒްގެ ބާރުކަނޑުވާލުމަށް އޭނާގެ އެންމެބޮޑު ހަތުރު ސްޕެއިނުގެ ބޮޑުވަޒީރާއެކު ނިކުންނަނީކުޅިވަރު | 6 ދުވަސް ކުރިން