logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޯޅައިގެ ބަދަލުގައި ވިނީ އާއި ކުޅެން ހަދައިގެން ގެޓާފޭއަށް ކުޅިސަމާ ދައްކާލައިފި

އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2025 - 03:38
ބޯޅައިގެ ބަދަލުގައި ވިނީ އާއި ކުޅެން ހަދައިގެން ގެޓާފޭއަށް ކުޅިސަމާ ދައްކާލައިފި

ބާސެލޯނާ އިއްޔެ ޖިރޯނާ އަތުން މޮޅުވެ ވަގުތީގޮތުން އެއްވަނައަށް ދިޔަ ނަމަވެސް، ރެއާލް މެޑްރިޑް ރޭގައި ގެޓާފޭ އަތުން 0-1 އިން މޮޅުވެ، ކުރިއަށް އޮތް ހަފްތާގައި ކުޅެން އޮތް އެލް ކްލާސިކޯގެ ކުރިން ޕޮއިންޓް 2ގެ ލީޑް އަނބުރާ ހޯދައިފިއެވެ.

މެޗުގެ 80 ވަނަ މިނެޓުގައި އެމްބާޕޭ ޖެހި ލަނޑުން މެޗް ނިމުނީ ރެއާލް މެޑްރިޑްގެ މޮޅުވެގެންނެވެ. މި މެޗުގެ ދެވަނަ ހާފުގައި ވިނީޝިއަސް ކުލެން ނިކުތުމާއެކު ގެޓާފޭ ކުލުންތެރިން ހުއްޓާނުލަ ފުލު ފުލުގައި ވިނީޝިއަސް އަށް ފައުލްކޮށް އަނގަބަހުންނާއި ޢަމަލުތަކުން ވިނީ ހުއްޓުވުމަށް ވަރަށް މަސައްކަތް ކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވިނީ ހުއްޓުވަން ހުރި ޑިފެންޑަރަށް ރީނދޫ ކާޑު ދެއްކިއެވެ. މިއާއެކު މިކުޅުންތެރިޔާއަށް އިތުރަށް ވިނީއަށް ފައުލް ނުކުރެވޭނެތީ އަނެއްކާވެސް ބަދަލުގައި ވިނީ ހުއްޓުވުމަށް ނިއޯމް ދަނޑަށް އެރުވިއެވެ. ނަމަވެސް ނިއޯމް ދަނޑަށް އެރިތާ 30 ސިކުންތުގެ ތެރޭގައި ވިނީއަށް ކުރި ނުރައްކާތެރި ފައުލަކާއެކީގައި ވަގުތުން ރަތްޚާދުދައްކާ އޭނާ ދަނޑުން ފޮނުވާލިއެެވެ. އަދި މި ރަތްޚާދު ދެއްކިތާ މިނެޓެއް ނުވަނީ ރެއާލް ވަނީ މެޗުގެ ހަމައެކަނި ގޯލު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުންވެސް ރޭގައި ގެޓާފޭގެ އެހެން ކުޅުންތެރިޔަކު ވިނީ އަށް ކުރި ފައުލަކާއި ގުޅިގެން ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދައްކައި، އޭނާވެސް ވަނީ ދަނދުން ފޮނުވާލާފައެވެ.

މީގެ އިތުރުން އެމްބާއެޕޭ ރޭގައި ޖެހި ގޯލާއެކު ކްލަބް އަދި ގައުމީ ޓީމަށް ވިދިވިދިގެން އެންމެފަހުން ކުޅުނު 11 މެޗުގައި އޭނާ ވަނީ ލަނޑުޖަހާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީސިއަސްއާއި ދިމާކުރި އާޖެންޓީނާގެ ޕްރެސްޓިއާނީ ހަ މެޗަށް ސަސްޕެންޑްކޮށްފިކުޅިވަރު | 5 ގަޑިއިރު ކުރިންފަހުވަގުތު ބައިކޮޅަށްވަތްގޯލާއެކު ރެއާލް މެޑްރިޑުން ލަލީގާ ތަބަކަށްލާފައި ބާސާއަށްދީފިކުޅިވަރު | 6 ގަޑިއިރު ކުރިންހަތަރު މެޗަށްފަހު ރެއާލް މެޑްރިޑް މެޗަކުން މޮޅުވެއްޖެކުޅިވަރު | 3 ދުވަސް ކުރިންރެއާލް އުލު ބޭނދުމަށްފަހު ބަޔާން ސެމީއަަށް، ރެއާލް ޖެހިޖެހިގެން ހުސްއަތާ ދެވަނަފަހަރަށް ސީޒަން ނިންމާލައިފިކުޅިވަރު | 9 ދުވަސް ކުރިން