logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޑްރަގް ބޮއެގެން ހޭބަލިވެގެން އުޅެނިކޮށް ރެއާލް މެޑްރިޑްގެ އެސެންސިއޯ މަގުމަތިން އަތުލައިގަނެފި

އަބްދުﷲ ޣާނިމް
2 ސެޕްޓެމްބަރު 2026 - 23:47
ޑްރަގް ބޮއެގެން ހޭބަލިވެގެން އުޅެނިކޮށް ރެއާލް މެޑްރިޑްގެ އެސެންސިއޯ މަގުމަތިން އަތުލައިގަނެފި

ޑްރަގް ބޮއެގެން މަސްތުގެ ހާލަތުގައި ހުރެ ޓްރެފިކް ގަވާއިދާ ޚިލާފަށް ކާރު ދުއްވި މައްސަލައެއްގައި ރެއާލް މެޑްރިޑްގެ ޒުވާން ޑިފެންޑަރު ރައުލް އަސެންސިއޯ ކުށްވެރިވެފައިވާ ކަމަށް ގްރާން ކެނޭރިއާގެ ހައިކޯޓުގެ ޕްރެސް އޮފީހުން ބުދަ ދުވަހު ކަށަވަރުކޮށްދީފިއެވެ.

އުމުރުން 23 އަހަރުގެ އަސެންސިއޯ ޕޯޝޭ މެކާން މަރުކާގެ ކާރެއް ދުއްވާފައި ދަނިކޮށް ފުލުހުން ހުއްޓުވާފައިވަނީ އޮގަސްޓް 16 ވަނަ ދުވަހުގެ ފަތިހު 6:30 ހާއިރު ގްރާން ކެނޭރިއާގައި ހިންގި ޗެކްޕޮއިންޓަކުންނެވެ. އޭނާ ޓެސްޓުކުރުމުން ފުރަތަމަ ޓެސްޓުން 0.90 އެމްޖީ/އެލް އަދި ދެވަނަ ޓެސްޓުން 0.88 އެމްޖީ/އެލް ދައްކާފައިވެއެވެ. މިއީ ގާނޫނީ ގޮތުން ހުއްދަކުރާ މިންވަރަށްވުރެ ހަތަރު ގުނަ މަތީ މިންވަރެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯޓުގައި އަސެންސިއޯ ވަނީ މި ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން ކޯޓުން ވަނީ އޭނާ 14,400 ޔޫރޯއިން ޖޫރިމަނާކޮށް، އަށް މަސް ދުވަހުގެ މުއްދަތަށް ޑްރައިވިންގ ލައިސަންސް ސަސްޕެންޑް ކުރުމަށް ހުކުމްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ރެއާލް މެޑްރިޑުން ރަސްމީކޮށް އެއްޗެއް ބުނަން ދެކޮޅު ހެދި ނަމަވެސް، ކްލަބުގެ އެތެރޭގެ އަހުލާގީ ގަވާއިދުގެ ދަށުން އޭނާއަށް ފިޔަވަޅު އަޅާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކަނާތު ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރި އަސެންސިއޯ އަލުން ޓީމަށް އެނބުރި އަންނާނީ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައެވެ. މީގެއިތުރުން، އަންހެނަކާއި ކުޑަކުއްޖެއްގެ ޖިންސީ ވީޑިއޯތަކެއް އެމީހުންގެ ހުއްދައެއް ނެތި ފެތުރި މައްސަލައެއްގައި ވެސް މިދިޔަ މެއި މަހު އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް، އެ ވީޑިއޯތައް ރެކޯޑުކުރުމުގައި އޭނާގެ ބައިވެރިވުމެއް ނެތްކަން ހެކިތަކުން ވަނީ ދައްކާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރ ނިދާފައި ތިއްބާ ރެއާލްއިން ފުރުސަތުގެ ބޭނުންހިފައި މޮޅުވެއްޖެކުޅިވަރު | 5 ދުވަސް ކުރިންޕެނަލްޓީ ދީގެންވެސް މޮރީނިއޯގެ ރެއާލް މެޑްރިޑް އަށް ޕޮއިންޓެއް ނުލިބީ ސީޒަނުގެ ފުރަތަމަ ބަލިވެއްޖެކުޅިވަރު | 9 ދުވަސް ކުރިންޑްރަގް ބޮއެގެން ހޭބަލިވެގެން އުޅެނިކޮށް ރެއާލް މެޑްރިޑްގެ އެސެންސިއޯ މަގުމަތިން އަތުލައިގަނެފިކުޅިވަރު | 11 ދުވަސް ކުރިންއެމްބާއްޕޭގެ ހެޓްރިކާއެކު ރެއާލްގެ ދަނޑުގައި މޮރީނިއޯގެ ދެވަނަ ދައުރުފެށީ ގަދަކޮށްކުޅިވަރު | 18 ދުވަސް ކުރިން