logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެމްބާއްޕޭގެ ހެޓްރިކާއެކު ރެއާލްގެ ދަނޑުގައި މޮރީނިއޯގެ ދެވަނަ ދައުރުފެށީ ގަދަކޮށް

އަބްދުﷲ ޣާނިމް
27 އޯގަސްޓު 2026 - 04:03
އެމްބާއްޕޭގެ ހެޓްރިކާއެކު ރެއާލްގެ ދަނޑުގައި މޮރީނިއޯގެ ދެވަނަ ދައުރުފެށީ ގަދަކޮށް

ހޯސޭ މޮރީނިއޯ އަލުން އެނބުރި ސަންތިއާގޯ ބާނަބެއުއަށް އައިސް ކޯޗުކޮށްދިން ފުރަތަމަ މެޗުގައި ކީލިއަން އެމްބާޕޭ ހެދި ހެޓްރިކާއެކު، ރެއާލް މެޑްރިޑުން 4-1 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑު ބަލިކޮށްފިއެވެ. މި މޮޅާއެކު ރެއާލް ވަނީ ލަލީގާ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ފެޑެރިކޯ ވަލްވާޑޭ ދިން ޕާހަކުން އެމްބާޕޭ ވަނީ ރެއާލަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޫކާ ސޫޗިޗް ވަނީ ލަނޑެއް ޖަހައި ސޮސިއެދާދަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމްގެ އެހީތެރިކަމާއެކު އެމްބާޕޭ ރެއާލަށް އަލުން ލީޑު ހޯދައިދިންއިރު، އޭގެ އަށް މިނެޓު ފަހުން ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗު ނިމެން ކައިރިވެފައިވަނިކޮށް ވިނީޝިއަސް ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުގައި އެމްބާޕޭ ހެދި ހެޓްރިކަކީ މި ސީޒަނުގެ ލަލީގާގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކެވެ. އަދި މިއީ 2024-25 ވަނަ އަހަރު ރެއާލާ ގުޅުނު ފަހުން ހުރިހާ މުބާރާތެއްގައި އޭނާ ހެދި ހަވަނަ ހެޓްރިކެވެ. މިއީ ލަލީގާގެ އެހެން ކޮންމެ ކުޅުންތެރިއަކަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.

މެޗު ނިމުމާއެކު ސަޕޯޓަރުން ވަނީ މޮރީނިއޯގެ ނަމުން އަޑުއުފުލައި، އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރ ނިދާފައި ތިއްބާ ރެއާލްއިން ފުރުސަތުގެ ބޭނުންހިފައި މޮޅުވެއްޖެކުޅިވަރު | 5 ދުވަސް ކުރިންޕެނަލްޓީ ދީގެންވެސް މޮރީނިއޯގެ ރެއާލް މެޑްރިޑް އަށް ޕޮއިންޓެއް ނުލިބީ ސީޒަނުގެ ފުރަތަމަ ބަލިވެއްޖެކުޅިވަރު | 9 ދުވަސް ކުރިންޑްރަގް ބޮއެގެން ހޭބަލިވެގެން އުޅެނިކޮށް ރެއާލް މެޑްރިޑްގެ އެސެންސިއޯ މަގުމަތިން އަތުލައިގަނެފިކުޅިވަރު | 11 ދުވަސް ކުރިންއެމްބާއްޕޭގެ ހެޓްރިކާއެކު ރެއާލްގެ ދަނޑުގައި މޮރީނިއޯގެ ދެވަނަ ދައުރުފެށީ ގަދަކޮށްކުޅިވަރު | 18 ދުވަސް ކުރިން