logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދެ ސީޒަން ހުސްއަތާ ނިންމާލި ރެއާލް މެޑްރިޑުން ތިން ވަނަ ސީޒަން ފެށީވެސް ކަރުތާފެނުގައި

އަބްދުﷲ ޣާނިމް
23 އޯގަސްޓު 2026 - 07:44
ދެ ސީޒަން ހުސްއަތާ ނިންމާލި ރެއާލް މެޑްރިޑުން ތިން ވަނަ ސީޒަން ފެށީވެސް ކަރުތާފެނުގައި

ހޯސޭ މޮރީނިއޯ އަލުން ރެއާލް މެޑްރިޑާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގައި، އަލަށް ޓީމާ ގުޅުނު ކާލޮސް އެސްޕީ މެޗުގެ 90 ވަނަ މިނެޓުގައި ޖެހި ލަނޑުން 2-1 ގެ ނަތީޖާއަކުން އެސްޕަންޔޯލް ބަލިކޮށްފިއެވެ. ވޯލްޑް ކަޕަށް ފަހު ލިބުނު ބްރޭކަށްފަހު ފެށި ލަލީގާގެ މި މެޗުން ހޯދި މޮޅާއެކު ރެއާލް މެޑްރިޑުން ވަނީ ސީޒަނުގެ މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ރެއާލް މެޑްރިޑުގައި މޮރީނިއޯގެ ދެވަނަ ދައުރު ފެށިގެން ދިޔައީ ވަރަށް އުއްމީދީ ކޮށެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި އަރްދާ ގުލާ ނަގައިދިން ހިލޭޖެހުމަކުން ޖޫޑް ބެލިންހަމް ވަނީ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އެސްޕަންޔޯލުން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ 30 ވަނަ މިނެޓުގައި ހާވީ ހެނާންޑޭޒް ތިރިތިރިން ހުރަސްކޮށްދިން ބޯޅައަކުން ކަލާ ކާމިޔާބުކުރި ލަނޑުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން އިތުރު ހިތްވަރަކާއެކު ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ބެލިންހަމްއަށް ލިބުނު ފުރުސަތުތަކުގެ އިތުރުން ފެޑެރިކޯ ވަލްވާޑޭ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. މެޗު އެއްވަރުވާން ދަނިކޮށް، މިދިޔަ މަހު 25 މިލިއަން ޔޫރޯއަށް ލެވަންޓޭއިން ގެނައި ކާލޮސް އެސްޕީ ވަނީ ކިލިއަން އެމްބާޕޭ އޭރިއާ ތެރެއަށް ހިފައިގެން ވަން ބޯޅަ ސާފުކޮށްނުލެވި ލިބުމުން ހަމަޖެހިލާފައި ހުސް ގޯލުގެ ތެރެއަށް ފޮނުވާލައި މެޗުން ރެއާލް މޮޅުކޮށްދީފައެވެ.

މި ކާމިޔާބީއާއެކު މޮރީނިއޯ އެސްޕަންޔޯލާ ދެކޮޅަށް ލަލީގާގައި ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ރެކޯޑު ވަނީ ދަމަހައްޓާފައެވެ. މިއީ އެ ޓީމާ ދެކޮޅަށް ކުޅުނު ހަތް މެޗުގެ ތެރެއިން މޮރީނިއޯ ހޯދި ފަސްވަނަ މޮޅެވެ. މުޅި މެޗުގައި ރެއާލް މެޑްރިޑުން 21 ހަމަލާ އުފެއްދިއިރު، އެސްޕަންޔޯލަށް އުފެއްދުނީ 8 ހަމަލާއެވެ. މި މޮޅަކީ ބުދަ ދުވަހު ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ރެއާލް މެޑްރިޑަށް ލިބުނު ބޮޑު ހިތްވަރެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރ ނިދާފައި ތިއްބާ ރެއާލްއިން ފުރުސަތުގެ ބޭނުންހިފައި މޮޅުވެއްޖެކުޅިވަރު | 5 ދުވަސް ކުރިންޕެނަލްޓީ ދީގެންވެސް މޮރީނިއޯގެ ރެއާލް މެޑްރިޑް އަށް ޕޮއިންޓެއް ނުލިބީ ސީޒަނުގެ ފުރަތަމަ ބަލިވެއްޖެކުޅިވަރު | 9 ދުވަސް ކުރިންޑްރަގް ބޮއެގެން ހޭބަލިވެގެން އުޅެނިކޮށް ރެއާލް މެޑްރިޑްގެ އެސެންސިއޯ މަގުމަތިން އަތުލައިގަނެފިކުޅިވަރު | 11 ދުވަސް ކުރިންއެމްބާއްޕޭގެ ހެޓްރިކާއެކު ރެއާލްގެ ދަނޑުގައި މޮރީނިއޯގެ ދެވަނަ ދައުރުފެށީ ގަދަކޮށްކުޅިވަރު | 18 ދުވަސް ކުރިން