logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސުން ޗެންޕިއަންސްލީގު ދެކި ބިރުން ޕްރީމިއަރ ލީގުގެ އެންމެ އަގޮބޮޑު އަދި މުސާރަބޮޑު އާސެނަލަށް ނޫނެކޭބުނެ، ވިނީސިއަސް ރެއާލްގައި މަޑުކުރަން ނިންމައިފި

އަބްދުﷲ ޣާނިމް
7 އޯގަސްޓު 2026 - 04:57
 ސުން ޗެންޕިއަންސްލީގު ދެކި ބިރުން ޕްރީމިއަރ ލީގުގެ އެންމެ އަގޮބޮޑު އަދި މުސާރަބޮޑު އާސެނަލަށް ނޫނެކޭބުނެ، ވިނީސިއަސް ރެއާލްގައި މަޑުކުރަން ނިންމައިފި

15 ޗެންޕިއަންސް ލީގު ރެއާލް މެޑްރިޑްގެ ބްރެޒިލްގެ ސުޕަ ސްޓާ ވިނީޝިއަސް ޖޫނިއާ، އާސެނަލުން ޕްރީމިއަރ ލީގުގެ ތާރީޚުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާ އަދި އެންމެ މުސާރަ ބޮޑު ހުށަހެޅުމެއް އެއްވެސް ޗެންޕިއަންސް ލީގެއް ކާމިޔާބު ނުކުރެވޭ އާސެނަލުން ހުށަހަޅާފައިވަނިކޮށް، އެކަމާ ބިރުން ރެއާލް މެޑްރިޑާއެކު ހަ އަހަރު ދުވަހުގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 2032 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ބާންބިއުގައު މަޑުކުރާނެ ކަމަށް އެ ކްލަބުން ބުރާސްފަތި ދުވަހު ވަނީ އިޢުލާންކޮށްފައެވެ.

އުމުރުން 26 އަހަރުގެ ވިނީޝިއަސްގެ ކުރީގެ އެއްބަސްވުމުގައި ބާކީ އޮތީ 12 މަސް ދުވަސް ކަމަށްވުމުން، ފާއިތުވި ހަފްތާތަކުގައި އިނގިރޭސި ކްލަބް އާސެނަލްއިން އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ނަމަވެސް، ބުދަ ދުވަހު ރެއާލްއިން ހުށަހެޅި އާ ޝަރުތުތަކާއެކު، ދެ ފަރާތުގެ ދެމެދުގައި އޮތް މަޝްވަރާތައް ކާމިޔާބުކަމާއެކު ނިމި، އާ އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމާ ގުޅޭގޮތުން ވިނީޝިއަސް އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ، "ބާންބިއުގައި ހޭދަކުރި އަށް އަހަރަކީ މާ ކުރު މުއްދަތެއް... އިތުރު ހަ އަހަރު، އަދި އޭގެ ފަހުން އަބަދަށް،" މިހެންނެވެ. ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިނީޝިއަސް އަކީ އެ ކްލަބުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ދުވަސްވަރުގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށެވެ.

2018 ވަނަ އަހަރު ބްރެޒިލްގެ ފްލެމެންގޯއިން ރެއާލްއާ ގުޅުނު ވިނީޝިއަސް ވަނީ އެ ކްލަބަށް ކުޅެދިން 375 މެޗުގައި 128 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ ރެއާލްއާއެކު ދެ ޗެމްޕިއަންސް ލީގު، ތިން ލަ ލީގާ އަދި އެއް ކޮޕާ ޑެލް ރޭ ކާމިޔާބުކޮށްފައެވެ. ބްރެޒިލްގެ ޤައުމީ ޓީމަށް ކުޅެދިން 54 މެޗުގައި އޭނާ ވަނީ 13 ލަނޑު ކާމިޔާބުކޮށްފައެވެ.

ވިނީޝިއަސްގެ އެއްބަސްވުން އާކުރި ދުވަހު، ރެއާލް މެޑްރިޑުން ވަނީ އައިވަރީ ކޯސްޓުގެ ވިންގަރ ޔަން ޑިއޮމާންޑޭ 120 މިލިއަން ޕައުންޑަށް އާރްބީ ލައިޕްޒިގުން ގެނައިކަންވެސް ހާމަކޮށްފައެވެ. ޑިއޮމާންޑޭއަކީ އާ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި އެ ކްލަބާ ގުޅުނު ހަވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ބެނާޑޯ ސިލްވާ، އިބްރާހިމާ ކޮނާޓޭ، ޑެންޒެލް ޑަމްފްރީސް، މާކް ކުކުރެއްލާ އަދި ކާލޯސް އެސްޕީ ވަނީ އެ ކްލަބާ ގުޅިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | ގަޑިއިރެއް ކުރިންޕީއެސްޖީ އާއި ލިވަޕޫލަށް ނޫނެކޭ ބުނެމަށްފަހު ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިން ސުން ޗެންޕިއަންސްލީގު ދެކި ބިރުން ޕްރީމިއަރ ލީގުގެ އެންމެ އަގޮބޮޑު އަދި މުސާރަބޮޑު އާސެނަލަށް ނޫނެކޭބުނެ، ވިނީސިއަސް ރެއާލްގައި މަޑުކުރަން ނިންމައިފިކުޅިވަރު | 2 ގަޑިއިރު ކުރިންނިއުކާސަލް ގެ ކެޕްޓަން ބްރޫނޯ ގިމަރޭސް އިނގިރޭސި ޗެންޕިއަން އާސެނަލް އަށް ކުޅިވަރު | 2 ދުވަސް ކުރިން