logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިއުކާސަލް ގެ ކެޕްޓަން ބްރޫނޯ ގިމަރޭސް އިނގިރޭސި ޗެންޕިއަން އާސެނަލް އަށް

އަބްދުﷲ ޣާނިމް
5 އޯގަސްޓު 2026 - 07:44
ނިއުކާސަލް ގެ ކެޕްޓަން ބްރޫނޯ ގިމަރޭސް އިނގިރޭސި ޗެންޕިއަން އާސެނަލް އަށް

ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ބްރޫނޯ ގިމަރޭސް އާސެނަލަށް ބަދަލުވުމަށް އެއްބަސްވެފައިވާކަން ޓްރާޏްސްފަރ މާކެޓްގެ އެންމެ އިތުބާރުހިފޭ ފަރާތްތަކުން ރިޕޯޓްކޮށްފިއެވެ.

އެގޮތުން ދިގު މުއްދަތެއްގެ މަޝްވަރާތަކަށްފަހު ދެ ކްލަބުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށާއި މި ޓްރާންސްފާގެ އަގަކީ 75 މިލިއަން ޕައުންޑް ކަމަށް ރިޕޯޓްތައް ލިބެއެވެ. އަދި ބްރޫނޯއާއެކު އަމިއްލަ ޝަރުތުތަކަށް މިދިޔަ ޖުލައި މަހުން ފެށިގެން އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުލޫމާތު ލިބޭގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ބްރޫނޯ އޭނާގެ މެޑިކަލް ޓެސްޓުތައް ފުރިހަމަކޮށް، އުތުރު ލަންޑަނުގެ ކްލަބަށް ބަދަލުވުމުގެ ހުރިހާ މަރުހަލާއެއް ނިންމާލާނެއެވެ. މިއީ މި ސީޒަނުގައި އާސެނަލްގެ މެދުތެރެ ވަރުގަދަކުރުމަށް އެ ކްލަބުން ކުރާ އެންމެ މުހިންމު އެއް އިންވެސްޓްމަންޓެވެ.
މީގެ އިތުރުން އާސެނަލް އިން އަންނަނީ ބްރެޒިލް އަދި ރެއާލް މެޑްރިޑްގެ ސުޕަ ސްޓާ ވިނީސިއަސް ޖޫނިއާގެ ސޮއި ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | ދުވަހެއް ކުރިންޕީއެސްޖީ އާއި ލިވަޕޫލަށް ނޫނެކޭ ބުނެމަށްފަހު ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިން ސުން ޗެންޕިއަންސްލީގު ދެކި ބިރުން ޕްރީމިއަރ ލީގުގެ އެންމެ އަގޮބޮޑު އަދި މުސާރަބޮޑު އާސެނަލަށް ނޫނެކޭބުނެ، ވިނީސިއަސް ރެއާލްގައި މަޑުކުރަން ނިންމައިފިކުޅިވަރު | ދުވަހެއް ކުރިންލިވަޕޫލުގެ ލެޖެންޑް މުޙައްމަދު ސަލާޙު ތުރުކިޔޭގެ ޓްރަބްޒޮންސްޕޯއަށްކުޅިވަރު | 3 ދުވަސް ކުރިން