logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޒުވާނުން ސޮއިކޮށްގެން ފެއިލްވާން ފެށުމު ޗެލްސީއިން ކާބަފައިން ސޮއިކުރަނީ

އަބްދުﷲ ޣާނިމް
29 ޖުލައި 2026 - 05:13
ޒުވާނުން ސޮއިކޮށްގެން ފެއިލްވާން ފެށުމު ޗެލްސީއިން ކާބަފައިން ސޮއިކުރަނީ

އަބަދުވެސް ޒުވާން ކުޅުންތެރިންގެ ސޮއި ހޯދުމަށް މަޝްހޫރު ޗެލްސީއަށް ދަނޑުމަތީގައި ލިބެމުންދާ ނާކާމިޔާބީ ތަކާއި ގުޅިގެން، ކުލަބުގެ ސްޓްރެޓަޖީ ބަދަލުކޮށް ތަޖުރިބާކާރު މުސްކުޅި ކުޅުންތެރިންގެ ސޮއި ހޯދަން ފަށައިފިއެވެ. ޓްރާންސްފާ މާކެޓުގެ އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކުރާ ގޮތުގައި، އިނގިރޭސި ދެ ކުޅުންތެރިން ކަމަށްވާ ޖޯޑަން ހެންޑަސަން އާއި ޑެނީ ވެލްބެކް ޗެލްސީއަށް ގެނައުމުގެ މަސައްކަތް އެ ކްލަބުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފައެވެ. މި ދެ ކުޅުންތެރިންގެ އެއްބަސްވުންތައް މި ހަފްތާގެ ތެރޭގައި ނިންމުމަށް ޗެލްސީން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ބްރައިޓަންގެ ފޯވާޑް ޑެނީ ވެލްބެކް ވަނީ ޗެލްސީގެ މަޝްރޫއަށް އޭނާގެ ރުހުން ދީފައެވެ. އަދި މެޑިކަލް ޓެސްޓުތައް ފުރިހަމަކުރުމުގެ ހުއްދަވެސް މިހާރު ވަނީ ލިބިފައެވެ. ވެލްބެކް ޗެލްސީއާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާއިރު، މިހާރު ކުރިއަށްދަނީ ޓްރާންސްފާގެ އެންމެ ފަހުގެ މަރުހަލާތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ބްރެންޓްފޯޑްގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ވެސް ހުރީ ޗެލްސީއާ ގުޅުމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. ހެންޑަސަންގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތް ނަމަވެސް، ހިލޭ ޓްރާންސްފާއެއްގައި އޭނާ ދޫކޮށްލުމަށް ބްރެންޓްފޯޑުން ވަނީ އެއްބަސްވެފައެވެ.

ޗެލްސީގެ ކޯޗު ޒަބީ އޮލޮންސޯ ބޭނުންވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ތަޖުރިބާކާރު އަދި ލީޑަޝިޕް ސިފަތައް ހުރި ކުޅުންތެރިން ޓީމަށް އިތުރުކުރުމަށެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ޓީމަށް މި ވަގުތު މުހިންމު ދެ ކުޅުންތެރިން ކަމަށް އޮލޮންސޯ ދެކެއެވެ.

މި ދެ ޓްރާންސްފާގެ އެންމެ ފަހުގެ ތަފްސީލުތައް ނިންމުމަށްފަހު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުން ސޮއިކޮށްގެން ފެއިލްވާން ފެށުމު ޗެލްސީއިން ކާބަފައިން ސޮއިކުރަނީކުޅިވަރު | ގަޑިއިރެއް ކުރިންއާސެނަލްއަށް ނުގޮސް ރެއާލް މެޑްރިޑްގައި ވިނީސިއަސް މަޑުކުރާނެ: ސްކައި ސްޕޯރޓްސްކުޅިވަރު | 2 ގަޑިއިރު ކުރިންރަޝިޔާގެ ކުންފުންޏަކާއެކު އޮތް ގުޅުމުގެ ސަބަބުން އިޓަލީގެ ކޯޗުކަން ޕިރްލޯއަށް ނުލިބޭނެކަން ކަށަވަރުވެއްޖެކުޅިވަރު | 2 ދުވަސް ކުރިންޔޫރަޕުގެ ބޮޑެތި ކުލަބުތައް ފަހަތަށް ޖައްސާލުމަށްފަހު، ރެއާލް މެޑްރިޑުން ޑިއޮމާންޑޭގެ ސޮއި ހޯދައިފިކުޅިވަރު | 2 ދުވަސް ކުރިން