ރެކޯޑް އަދަދުތަކާއެކު ޕްރީމިއަރ ލީގު އަދި ލަލީގާގެ ޓްރާންސްފާ މާކެޓް ނިންމާލައިފި
2 ސެޕްޓެމްބަރު 2026 - 23:28

މިފަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފާ މާކެޓުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ދުނިޔޭގެ މާކެޓް އެއްކޮށް ކޮންޓްރޯލްކޮށް، ޖުމްލަ 4.11 ބިލިއަން ޔޫރޯ ހޭދަކޮށްފިއެވެ. މިއީ ޕްރިމިއާ ލީގުގެ 20 ކްލަބުން 315 ކުޅުންތެރިން ގެނައުމަށް ކޮށްފައިވާ ބޮޑު ހޭދައެކެވެ.
އިނގިރޭސި ކްލަބްތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މެންޗެސްޓާ ސިޓީންނެވެ. އެ ކްލަބުން އެކަނިވެސް ވަނީ 526 މިލިއަން ޔޫރޯ ހޭދަކޮށްފައެވެ. ސިޓީގެ ފަހަތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާއިންނެވެ.

Ad by Hajj Corporation
ޕްރިމިއާ ލީގުގެ ކްލަބްތަކުން ސްކޮޑު ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރިއިރު، ސްޕެނިޝް ލަލީގާގެ ހަރަކާތްތައް ފެނުނީ މުޅިން ތަފާތު މިންގަނޑެއްގައެވެ. މި ހޫނުމޫސުމުގައި ލަލީގާގެ ހުރިހާ ކްލަބަކުން ޖުމްލަ ހޭދަކޮށްފައިވަނީ އެންމެ 755 މިލިއަން ޔޫރޯއެވެ. މިއީ ޕްރިމިއާ ލީގާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ.
މި ހިސާބުތަކުން ފާހަގަވާ އެއްކަމަކީ ޕްރީމިއަރ ލީގުގެ ޓީމުތައް ޓްރާންސްފާ މާކެޓްގައި ޑޮމިނޭޓް ކުރަމުންގެންދާ ކަމެވެ. އެގޮތުން މި ނިމުނު ޓްރާންސްފާ މާކެޓްގައި ލަލީގާ އަދި ޕްރީމިއަރ ލީގުގެ ކުލަބުތަކުން ވަނީ އެލީގުތަކުގެ އެންމެ އަގުބޮޑު ޓްރާންސްފާ ތަކުގެ ރެކޯޑް ހަދާފައެވެ. އެގޮތުން މެންޗެސްޓަރ ސިޓީއިން ވަނީ ލީގުގެ ރެކޯޑް އަގަކަށް ޗެލްސީގެ މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް 145 މިލިޔަން ޔޫރޯގެ އަގަކަށް ސޮއިކޮށްފައެވެ. އަދި މިއާއެކު ރެއާލް މެޑްރިޑުންވެސް ވަނީ ލަލީގާގެ ރެކޯޑް ފީއަށް 19 އަހަރުގެ ޔާން ޑޮއިމަންޑޭ 125 މިލިޔަން ޔޫރޯގެ އަގަކަށް ސޮއިކޮށްފައެވެ.
މި ޓްރާންސްފާ ތަކާއެކު ކުރިޔަށް އޮތް ފުޓްބޯޅަ ސީޒަން ބޮޑުތަނުން ފޯރިގަދަވާނެކަމަށް ބެލެވެއެވެ.

-01.jpg&w=3840&q=75)
