logo
MPL

MPL

ކުޅިވަރު

މެސީ ލައިޓް 2.0 ބާސެލޯނާއަށް ސޮއިކުރުމުގެ މަގުމަތީގައި

އަބްދުﷲ ޣާނިމް
19 ސެޕްޓެމްބަރު 2026 - 07:23
މެސީ ލައިޓް 2.0 ބާސެލޯނާއަށް ސޮއިކުރުމުގެ މަގުމަތީގައި

މެންޗެސްޓާ ޔުނައިޓެޑުގައި މަޑުނުކުރަން ނިންމުމާ ގުޅިގެން، އުމުރުން 15 އަހަރުގެ ހުނަރުވެރި ތަރި ޖޭޖޭ ގެބްރިއަލް ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން މަސައްކަތް ފަށައިފިއެވެ. ޔޫރަޕުގެ ފުޓްބޯޅަ މާކެޓުގައި ބޮޑު ސަމާލުކަމެއް ހޯދަމުން އަންނަ ގެބްރިއަލް މިހާރު ދަނީ އޭނާގެ ކެރިއަރުގެ ކުރިއަށް އޮތް ފިޔަވަޅާމެދު ވިސްނަމުންނެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ 'އޭއެސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގެބްރިއަލް ވަނީ ޔުނައިޓެޑުގައި ދެމިހުރުމުގެ އެއްބަސްވުން އައު ނުކުރަން ނިންމާފައެވެ. އަދި މި މައްސަލައަށް އިތުރު ސަމާލުކަމެއް ލިބިގެންދިޔައީ އޭނާ ދާދިފަހުން ބާސެލޯނާއަށް ކުރި ދަތުރަކާ ގުޅިގެންނެވެ. އެފްސީ ބާސެލޯނާއަކީ ދުނިޔޭގެ ފެންވަރުގައި ވިދަމުން އަންނަ މި ޒުވާން ކުޅުންތެރިޔާ ހޯދުމަށް ޝައުގުވެރިވާ ކްލަބްތަކުގެ ތެރޭގައި ހިމެނޭ އެއް ކްލަބެވެ. ނަމަވެސް، މި ދަތުރަށްފަހު އިނގިރޭސިވިލާތުން އިތުރު ތަފްސީލެއް އަދި ހާމަވެފައެއް ނުވެއެވެ. ބައެއް މަސްދަތުރަކުން ހާމަކުރާގޮތުގައި 'މެސީ ކިޑް' ގެ ނަމުން މަޝްހޫރު މިކުޅުންތެރިޔާގެ ސޮއި ހޯދުން އެންމެ ގާތީ ބާސެލޯނާއެވެ. އަދި މިދަތުރަކީ ކިޑް މެސީ ބާސެލޯނާގެ އޮފިޝަލުންނާ މަޝްވަރާކުރުމަށް ކުރެވުނު ދަތުރެއްކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔުނައިޓެޑްގެ ޒުވާން އުންމީދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކެރިކް ވިދާޅުވީ، "މި މައުޟޫއަށް މިތަނުގައި އިތުރަށް ވާހަކަ ދެއްކުމަކީ މުހިންމު ކަމެއް ނޫން. އަޅުގަނޑުމެން ވިސްނުންތެރިވާން ޖެހޭނެ އަދި އޭނާއާމެދު ވިސްނަން ޖެހޭނެ،" ކަމަށެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު ގެބްރިއަލްގެ އުމުރުން 16 އަހަރު ފުރޭއިރު، އޭނާ އެހެން ކްލަބަކަށް ބަދަލުވުމުގެ އެންމެހައި ކަންކަން ބިނާވެފައިވަނީ ޔޫރަޕިއަން ޕާސްޕޯޓެއް ލިބުމުގެ މައްޗަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި މި ޕާސްޕޯޓް އޭނާއަށް ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލްގެ ތާރީޚީ ލަނޑާއެކު ބާސެލޯނާއިން އެސްޓަން ވިލާ ބަލިކޮށްފިކުޅިވަރު | 15 ގަޑިއިރު ކުރިންބޮޑެތި މެޗުތަކުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ކުދިޓީމުތަކަށް، ބާސާގެ ރޯޅި މިފަހަރު އަލާވެސް އަށްކުޅިވަރު | 4 ދުވަސް ކުރިންއުސޫލުން ބޭރުން ބާސެލޯނާ އަލްވަރޭޒް ގެންނަން އުޅުނު މައްސަލައިގައި ކިއްލިގޮށްޓަކުން ޖޫރިމަނާކޮށްފިކުޅިވަރު | 8 ދުވަސް ކުރިންއުދުހިފައި އުޅުނު ބާސެލޯނާ ހަމަބިމަށް ތިރިކޮށް ރެއާލް މެޑްރިޑުން ބާސެލޯނާ ހަވަރަށްދީފިކުޅިވަރު | 10 ދުވަސް ކުރިން