logo
MPL

MPL

ކުޅިވަރު

އާސެނަލް ދޫކޮށް މާޓިނެއްލީ އަލް ހިލާލް އަށް

އަބްދުﷲ ޣާނިމް
2 ސެޕްޓެމްބަރު 2026 - 23:07
އާސެނަލް ދޫކޮށް މާޓިނެއްލީ އަލް ހިލާލް އަށް

އިންގްލިޝް ޕްރިމިއާ ލީގުގެ ޗެންޕިއަން އާސެނަލް ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވުމުގެ ކުރިން، ބްރެޒިލްގެ ވިންގާ ގެބްރިއަލް މާޓިނެލީ މެޑިކަލް ޓެސްޓުތައް ފުރިހަމަކޮށްފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި 25 އަހަރުގެ މާޓިނެލީ އަލް ހިލާލަށް ބަދަލުވަނީ 70 މިލިއަން ޔޫރޯ ގެ އަގަކަށް ދެ ކްލަބުގެ ދެމެދުގައި އަނގަބަހުން އެއްބަސްވުމަކަށް އައުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިމިދިޔަ 2025/26 ވަނަ އަހަރުގެ ސީޒަނަކީ މާޓިނެލީގެ ކެރިއަރުގައި ވަރަށް ކާމިޔާބު އަދި ބުރަ ސީޒަނެކެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި 53 މެޗު ކުޅެދީފައެވެ. އަދި 2003/04 ވަނަ އަހަރަށްފަހު އާސެނަލުން ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، އެ ޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރުމުގައިވެސް މާޓިނެލީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ބްރެޒިލްގެ އިޓުއާނޯއިން 2019 ވަނަ އަހަރު އާސެނަލާ ގުޅުނު މާޓިނެލީ ވަނީ އެ ކްލަބުގެ ފުރަތަމަ ޓީމަށް ޖުމްލަ 278 މެޗު ކުޅެދީ، 62 ލަނޑު ކާމިޔާބުކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައިސްގެ ލަނޑުން ބަޔާން ހިފަހައްޓައި އާސެނަލް އެއްވަރުވެއްޖެކުޅިވަރު | ދުވަހެއް ކުރިންމަޑުއޭކޭގެ ލަނޑުން އާސެނަލް ނޮޓިންގހަމް ފޮރެސްޓް އަތުން އުނދަގޫ މޮޅެއްކުޅިވަރު | 4 ދުވަސް ކުރިންސަކާގެ މޮޅު ކުޅުމާއެކު އާސެނަލްއިން ލިލް ބަލިކޮށްފިކުޅިވަރު | 9 ދުވަސް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 12 ދުވަސް ކުރިން