logo
MPL

MPL

ކުޅިވަރު

ސަކާގެ މޮޅު ކުޅުމާއެކު އާސެނަލްއިން ލިލް ބަލިކޮށްފި

އަބްދުﷲ ޣާނިމް
13 އޮކްޓޯބަރު 2026 - 21:36
ސަކާގެ މޮޅު ކުޅުމާއެކު އާސެނަލްއިން ލިލް ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިލްއާ ދެކޮޅަށް ކުޅުނު މެޗުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ބުކާޔޯ ސަކާގެ މޮޅު ކުޅުމާއެކު 3-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބު ހޯދައިފިއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލްގެ ތިން ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ ހަތް މިނެޓުގެ ތެރޭގައެވެ.

ފުރަތަމަ ހާފުގައި ލިލްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އާސެނަލްއަށް އުނދަގޫވި ނަމަވެސް، ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ޔޫރިއަން ޓިމްބާ ވަނީ އާސެނަލްއަށް ލީޑު ނަގައިދީފައެވެ. އޭގެ ދެ މިނެޓު ފަހުން، ކުޅެންއެރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސަކާ ދިން ބޯޅައަކުން އެބެރެޗީ އެޒޭ ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. އަދި 71 ވަނަ މިނެޓުގައި ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ސަކާ ވަނީ އާސެނަލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ކަށަވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ލަނޑާއެކު ސަކާ ވަނީ ޔޫރަޕްގެ މުބާރާތްތަކުގައި އާސެނަލްއަށް 19 ލަނޑު ޖަހައިދީ، ކްލަބުގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި އެއް މެޗެއްގައި ލަނޑު ޖަހައި އަދި އެސިސްޓް ކުރި އާސެނަލްގެ ފަސްވަނަ ކުޅުންތެރިޔަކަށްވެސް އޭނާ ވިއެވެ.

މި މޮޅާއެކު ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުން މޮޅުވުމުގެ ރެކޯޑު އާސެނަލްއިން ދަމަހައްޓާފައިވާއިރު، މުބާރާތުގައި އެ ޓީމަށް ދެން އޮންނާނީ އޮކްޓޯބަރު 21 ގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަކާގެ މޮޅު ކުޅުމާއެކު އާސެނަލްއިން ލިލް ބަލިކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 3 ދުވަސް ކުރިންލަދުވެތިގޮތަކަށް އާސެނަލް ދޫނި ބައިގަނޑެއްގެ ދަށުވެއްޖެކުޅިވަރު | 24 ދުވަސް ކުރިންމެކްސް ޑޯމަންގެ މޮޅުކުޅުމާއެކު އާސެނަލް ލީގުކަޕް ފެށީ ގަދަކޮށްކުޅިވަރު | މަހެއް ކުރިން