logo
MPL

MPL

ކުޅިވަރު

މެކްސް ޑޯމަންގެ މޮޅުކުޅުމާއެކު އާސެނަލް ލީގުކަޕް ފެށީ ގަދަކޮށް

އަބްދުﷲ ޣާނިމް
16 ސެޕްޓެމްބަރު 2026 - 04:48
މެކްސް ޑޯމަންގެ މޮޅުކުޅުމާއެކު އާސެނަލް ލީގުކަޕް ފެށީ ގަދަކޮށް

އީއެފްއެލް ކަޕުގެ ނުވަތަ އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އާސެނަލް ކުރިއަށް ހިނގައްޖެއެވެ. މި މެޗުގައި އުމުރުން 16 އަހަރުގެ މެކްސް ޑައުމަން ވަނީ އޭނާގެ ކެރިއަރުގެ ފުރަތަމަ ބްރޭސް (ދެ ލަނޑު) ކާމިޔާބުކޮށްފައެވެ.

ޕޯޓްމަން ރޯޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި އާސެނަލަށް ޖަހައިދިނީ ޑައުމަންއެވެ. އެބެރެޗީ އެޒޭއާ އެކު ކުޅުނު ވަން-ޓޫ ޕާހަކަށް ފަހު، ސެޑްރިކް ކިޕްރޭ ކައިރިން ނައްޓާލުމަށްފަހު އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލާފައެވެ. އޭގެ ނުވަ މިނެޓު ފަހުން ނޯނީ މަޑުއޭކޭ ވަނީ އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މާޓިން ޒުބިމެންޑީ ދިން ޕާހަކުން ޑައުމަން އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، މެޗުގެ އެއް ގަޑިއިރު ހަމަވާން ކައިރިވެފައި ވަނިކޮށް ޑައުމަން ތަނަވަސްކޮށްދިން ފުރުސަތަކުން ކެޕްޓަން މިކޭލް މެރީނޯ ވަނީ އާސެނަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އިޕްސްވިޗްގެ ލަނޑުތައް ޖަހައިދިނީ އަނީސް މެހްމެތީ އަދި ކުރީގެ އާސެނަލްގެ ފޯވާޑް ޗޫބާ އަކްޕޮމްއެވެ.

މި މެޗާއެކު ޑައުމަން ވަނީ ޕްރިމިއާ ލީގުގެ ޓީމަކަށް އެއް މެޗެއްގައި ދެ ލަނޑު ޖަހައިދިން 16 އަހަރުގެ ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެ ކުރިން މި ރެކޯޑު ހަދާފައިވަނީ 2002 ވަނަ އަހަރު ވޭން ރޫނީއެވެ. މީގެ އިތުރުން 16 އަހަރާއި 258 ދުވަހުގެ އުމުރުގައި އޭނާ ވެފައިވަނީ އީއެފްއެލް ކަޕުގައި ލަނޑު ޖެހި ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެންޗުޓީމު އަރުވައިގެން ފޮނު އަރުވަނިކޮށް އާސެނަލް ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް އަތުންބަލިވެ ކަޓައިފިކުޅިވަރު | 4 ދުވަސް ކުރިންރައިސްގެ ލަނޑުން ބަޔާން ހިފަހައްޓައި އާސެނަލް އެއްވަރުވެއްޖެކުޅިވަރު | 10 ދުވަސް ކުރިންމަޑުއޭކޭގެ ލަނޑުން އާސެނަލް ނޮޓިންގހަމް ފޮރެސްޓް އަތުން އުނދަގޫ މޮޅެއްކުޅިވަރު | 13 ދުވަސް ކުރިންސަކާގެ މޮޅު ކުޅުމާއެކު އާސެނަލްއިން ލިލް ބަލިކޮށްފިކުޅިވަރު | 18 ދުވަސް ކުރިން