ރައިސްގެ ލަނޑުން ބަޔާން ހިފަހައްޓައި އާސެނަލް އެއްވަރުވެއްޖެ
21 އޮކްޓޯބަރު 2026 - 21:33

ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި ފޯރިގަދަ މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.
މެޗުގެ 10 ވަނަ މިނެޓުގައި އާސެނަލްގެ ތަރި ބުކާޔޯ ސަކާގެ ފަލަމަސްގަނޑަށް އަނިޔާވެ އޭނާ ވަނީ ދަނޑުން ބާލަން ޖެހިފައެވެ. ސަކާގެ ބަދަލުގައި ކުޅެން އެރި އެބެރެޗީ އެޒޭ މެޗުގެ 35 ވަނަ މިނެޓުގައި މާޓިން އޮޑެގާޑް ދިން ރީތި ޕާހަކުން އާސެނަލަށް ލީޑު ނަގައިދިނެވެ. މި ލަނޑު ވީއޭއާރުން ބެލުމަށްފަހު ވަނީ ބަލައިގެންފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ނަމަވެސް، އޭގެ 10 މިނެޓު ފަހުން ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން އަލްފޮންސޯ ޑޭވީސް ވަނީ ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން، ޔޫރިއަން ޓިމްބާގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން ކޭން ވަނީ ބަޔާނަށް ލީޑު ހޯދައިދީފައެވެ.
ބަޔާނުން އިތުރު ލަނޑެއް ޖެހުމަށް މަސައްކަތްކުރަމުން ދަނިކޮށް، މެޗުގެ ފަހު ވަގުތުކޮޅު ވިކްޓާ ޔޮކެރެސް ދިން ޕާހަކުން ޑެކްލަން ރައިސް ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗު ނިމެން ދަނިކޮށް ޓިމްބާ ފޮނުވާލި ހަމަލާއެއް ބަޔާންގެ ކީޕަރު މެނުއަލް ᱱޯޔާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

-01.jpg&w=3840&q=75)
