logo
MPL

MPL

ކުޅިވަރު

މަޑުއޭކޭގެ ލަނޑުން އާސެނަލް ނޮޓިންގހަމް ފޮރެސްޓް އަތުން އުނދަގޫ މޮޅެއް

އަބްދުﷲ ޣާނިމް
18 އޮކްޓޯބަރު 2026 - 22:11
މަޑުއޭކޭގެ ލަނޑުން އާސެނަލް ނޮޓިންގހަމް ފޮރެސްޓް އަތުން އުނދަގޫ މޮޅެއް

އިނގިރޭސި ޕްރިމިއަރ ލީގުގައި ނޮޓިންގހަމް ފޮރެސްޓުގެ ދަނޑުގައި ކުޅުނު މެޗު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ނޯނީ މަޑުއޭކޭ ޖެހި ލަނޑުން 1-0 އިން އާސެނަލް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 80 ވަނަ މިނެޓުގައެވެ. މިއީ މަޑުއޭކޭ ފޮނުވާލި ހަމަލާއެއް ޖައިރް ކުންހާގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލުގެ ތެރެއަށް ވަން ލަނޑެކެވެ. މިއާއެކު މަޑުއޭކޭ ޕްރިމިއަރ ލީގުގައި ޖެހި 17 ލަނޑުގެ ތެރެއިން 13 ލަނޑު ކާމިޔާބުކޮށްފައިވަނީ ރަށުން ބޭރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފަހުވަގުތުކޮޅު ފޮރެސްޓުން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ނަމަވެސް، އާސެނަލްގެ ޑިފެންސުން ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ. މި ނާކާމިޔާބީއާއެކު ފޮރެސްޓް ލީގު ތާވަލުގެ ރެލިގޭޝަން ޒޯނުގައި އޮތްއިރު، މިއީ 2019 ވަނަ އަހަރު މިކޭލް އާޓެޓާ އާސެނަލްގެ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމު 1-0 އިން މޮޅުވި 32 ވަނަ މެޗެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޑުއޭކޭގެ ލަނޑުން އާސެނަލް ނޮޓިންގހަމް ފޮރެސްޓް އަތުން އުނދަގޫ މޮޅެއްކުޅިވަރު | 2 ގަޑިއިރު ކުރިންސަކާގެ މޮޅު ކުޅުމާއެކު އާސެނަލްއިން ލިލް ބަލިކޮށްފިކުޅިވަރު | 5 ދުވަސް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 8 ދުވަސް ކުރިންލަދުވެތިގޮތަކަށް އާސެނަލް ދޫނި ބައިގަނޑެއްގެ ދަށުވެއްޖެކުޅިވަރު | މަހެއް ކުރިން