logo
MPL

MPL

ކުޅިވަރު

ބެންޗުޓީމު އަރުވައިގެން ފޮނު އަރުވަނިކޮށް އާސެނަލް ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް އަތުންބަލިވެ ކަޓައިފި

އަބްދުﷲ ޣާނިމް
28 އޮކްޓޯބަރު 2026 - 03:09
ބެންޗުޓީމު އަރުވައިގެން ފޮނު އަރުވަނިކޮށް އާސެނަލް ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް އަތުންބަލިވެ ކަޓައިފި

އިނގިރޭސި ލީގު ޓޫ ( ހަތަރުވަނަ ޑިވިޝަން)ގެ ފްލީޓްވުޑް ޓައުން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، އާސެނަލް ކަރަބާއޯ ކަޕުގެ ހަތަރުވަނަ ބުރުން ކަޓައި މުބާރާތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑު ސިހުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ހައިބަރީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ފްލީޓްވުޑް ކުރިހޯދީ 5-3 އިންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ހަތަރުވަނަ ޑިވިޝަނުގެ 18 ވަނައިގައި އޮތް ފްލީޓްވުޑުން މެޗުގެ 21 ވަނަ މިނެޓުގައި ލީޑު ނެގީ އާރޮން ލޫޕާލޯ-ބީ ކާމިޔާބުކުރި ލަނޑުންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ވިކްޓަރ ގިޔޮކެރޭސް އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އިތުރު ލަނޑެއް ޖެހުމަށް އެ ޓީމުން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

 

ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލްގެ ބްރޫނޯ ގިމަރާއިސް ފޮނުވާލި ޕެނަލްޓީ ފްލީޓްވުޑްގެ ކީޕަރު ދިފާއުކުރިއިރު، މޮޅުވި ޕެނަލްޓީ ކާމިޔާބުކުރީ ކޯނޯ ހޯގީއެވެ. މި މެޗަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް، ފަހު ހާފުގައި މާޓިން އޮޑެގާޑާއި ބެން ވައިޓް ފަދަ ސީނިއާ ކުޅުންތެރިން ނެރުމުންވެސް ބަލިވުމުން ސަލާމަތެއް ނުވެވުނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެންޗުޓީމު އަރުވައިގެން ފޮނު އަރުވަނިކޮށް އާސެނަލް ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް އަތުންބަލިވެ ކަޓައިފިކުޅިވަރު | ގަޑިއިރެއް ކުރިންރައިސްގެ ލަނޑުން ބަޔާން ހިފަހައްޓައި އާސެނަލް އެއްވަރުވެއްޖެކުޅިވަރު | 6 ދުވަސް ކުރިންމަޑުއޭކޭގެ ލަނޑުން އާސެނަލް ނޮޓިންގހަމް ފޮރެސްޓް އަތުން އުނދަގޫ މޮޅެއްކުޅިވަރު | 9 ދުވަސް ކުރިންސަކާގެ މޮޅު ކުޅުމާއެކު އާސެނަލްއިން ލިލް ބަލިކޮށްފިކުޅިވަރު | 14 ދުވަސް ކުރިން