logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަޕޫލުގެ ލެޖެންޑް މުޙައްމަދު ސަލާޙު ތުރުކިޔޭގެ ޓްރަބްޒޮންސްޕޯއަށް

އަބްދުﷲ ޣާނިމް
5 އޯގަސްޓު 2026 - 08:01
ލިވަޕޫލުގެ ލެޖެންޑް މުޙައްމަދު ސަލާޙު ތުރުކިޔޭގެ ޓްރަބްޒޮންސްޕޯއަށް

ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު، ތުރުކީގެ ޓްރަބްޒޮންސްޕޯއާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކޮށްފިއެވެ. މި އެއްބަސްވުމަކަށް އައީ ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

އުމުރުން 34 އަހަރުގެ ސަލާހު ޓްރަބްޒޮންސްޕޯއާ ގުޅެނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އޭނާ އެ ކްލަބަށް ބަދަލުވަނީ 2025/26 ސީޒަން ނިމުމުން ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވެ، ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ޓްރަބްޒޮންސްޕޯއިން ވަނީ ސަލާހު ހޯދުމަށް ކުރަމުންދާ މަޝްވަރާތައް ކާމިޔާބުވެ، އެއްބަސްވުމަކަށް އާދެވިފައިވާކަން ކަށަވަރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަލާހު ލިވަޕޫލް ދޫކޮށްލަނީ އެ ކްލަބުގައި ހޭދަކުރި ތާރީޚީ ނުވަ އަހަރަށް ފަހުގައެވެ. އޭނާ ވަނީ އެންފީލްޑްގައި ހޭދަކުރި މުއްދަތުގައި އެ ކްލަބުގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ.

ލިވަޕޫލަށް ކުޅުނު 442 މެޗުގައި ސަލާހު ވަނީ 257 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ އެ ކްލަބަށް ދެ ޕްރިމިއާ ލީގު ތަށީގެ އިތުރުން، ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް އަދި ދެ ލީގު ކަޕް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލުގެ ލެޖެންޑް މުޙައްމަދު ސަލާޙު ތުރުކިޔޭގެ ޓްރަބްޒޮންސްޕޯއަށްކުޅިވަރު | ގަޑިއިރެއް ކުރިންނިއުކާސަލް ގެ ކެޕްޓަން ބްރޫނޯ ގިމަރޭސް އިނގިރޭސި ޗެންޕިއަން އާސެނަލް އަށް ކުޅިވަރު | ގަޑިއިރެއް ކުރިންޒުވާނުން ސޮއިކޮށްގެން ފެއިލްވާން ފެށުމު ޗެލްސީއިން ކާބަފައިން ސޮއިކުރަނީކުޅިވަރު | 7 ދުވަސް ކުރިންއާސެނަލްއަށް ނުގޮސް ރެއާލް މެޑްރިޑްގައި ވިނީސިއަސް މަޑުކުރާނެ: ސްކައި ސްޕޯރޓްސްކުޅިވަރު | 7 ދުވަސް ކުރިން