logo
MPL

MPL

ކުޅިވަރު

ލިވަޕޫލުން ޓޮޓްނަމް ބޮޑު ބައްޔަލުން ބަލިކޮށް ކަޕުގެ ފުރަތަމަ ބުރުން މުބާރާތުން ބޭރުކޮށްލައިފި

އަބްދުﷲ ޣާނިމް
16 ސެޕްޓެމްބަރު 2026 - 04:50
ލިވަޕޫލުން ޓޮޓްނަމް ބޮޑު ބައްޔަލުން ބަލިކޮށް ކަޕުގެ ފުރަތަމަ ބުރުން މުބާރާތުން ބޭރުކޮށްލައިފި

އީއެފްއެލް ކަޕްގެ ތިންވަނަ ބުރުގައި ވާދަކޮށް، ޑޮމިނިކް ސޮބޮސްލާއީ ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު 3-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން މޮޅެއް ހޯދައިފިއެވެ.

އެންފީލްޑްގައި ކުޅުނު މި މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ މެޗުގެ 21 ވަނަ މިނެޓުގައި އެލެކްސިސް މެކް އަލިސްޓާއެވެ. އޭގެ ފަހުން ދެވަނަ ހާފުގެ ކުރީކޮޅު ކޯޑީ ގަކްޕޯ ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މިއީ 2023-24 ސީޒަނުން ފެށިގެން މި މުބާރާތުގައި ގަކްޕޯ ޖެހި 10 ވަނަ ލަނޑެވެ. މިއީ އެ މުއްދަތުގައި އެހެން ކޮންމެ ކުޅުންތެރިއަކަށް ވުރެ ގިނަ އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ކޯނަރ ގަލަގާ ވަނީ ލަނޑެއް ޖަހައި ޓޮޓެންހަމަށް އުންމީދު އާކޮށްދީފައެވެ. ޓޮޓެންހަމްގެ ލޫކަސް ބާގްވަލް، މުހައްމަދު ކުޑޫސް، އޮމަރު މަރުމޫޝް އަދި ސަވިއޯ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި ލިވަޕޫލްގެ ކީޕަރު ޖިއޯޖީ މަމަރްދަޝްވިލީ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑޮމިނިކް ސޮބޮސްލާއީއެވެ. އޭނާ މި ލަނޑު ޖެހީ 30 ޔާޑު ދުރުން ފޮނުވާލި ހިތްގައިމު ވޮލީއަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

މި ނަތީޖާއާއެކު، ޓޮޓެންހަމުން އެންފީލްޑްގައި ކުޅުނު ފަހު 18 މެޗުން ވެސް އެ ޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އެންފީލްޑްގައި ޓޮޓެންހަމަށް އެންމެ ފަހުން މޮޅެއް ހޯދުނީ މެއި 2011 ގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެިޖެހިގެން ތިން މެޗުން މޮޅުވެ، ޓޮޓްނަމް މޮޅުވުމުގެ ސިސްސިލާ ކުރިޔަށްކުޅިވަރު | 2 ގަޑިއިރު ކުރިންޕެނަލްޓީ ޖަހައިގެން ޗެލްސީ ކަޓުވާލުމަށްފަހު ލިވަޕޫލް ކަރަބައޯ ކަޕްގެ ކުއާޓާ ފައިނަލަށްކުޅިވަރު | 3 ދުވަސް ކުރިންބެންޗުޓީމު އަރުވައިގެން ފޮނު އަރުވަނިކޮށް އާސެނަލް ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް އަތުންބަލިވެ ކަޓައިފިކުޅިވަރު | 4 ދުވަސް ކުރިންފޯމުގައި އޮތް ބްރައިޓަން ބަލިކޮށް ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށްކުޅިވަރު | 6 ދުވަސް ކުރިން