logo
MPL

MPL

ކުޅިވަރު

ޖެހިޖެހިގެން ތިން މެޗުން މޮޅުވެ، ޓޮޓްނަމް މޮޅުވުމުގެ ސިސްސިލާ ކުރިޔަށް

އަބްދުﷲ ޣާނިމް
1 ނޮވެމްބަރު 2026 - 02:15
ޖެިޖެހިގެން ތިން މެޗުން މޮޅުވެ، ޓޮޓްނަމް މޮޅުވުމުގެ ސިސްސިލާ ކުރިޔަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ކޯޗު ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ޓޮޓްނަމް ހޮޓްސްޕާއިން ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައިފިއެވެ. ޓޮޓްނަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޕެލަސްގެ ފޯވާޑް ޖީން-ފިލިޕް މަޓެޓާއަށް ދެއްކި ސީދާ ރަތްކާޑާ ގުޅިގެން އެ ޓީމުން މެޗުގެ ބޮޑުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ވެން ޑި ވެންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މަޓެޓާއަށް ރަތްކާޑު ދެއްކުމުން، ޓޮޓެންހަމުން ވަނީ އޭގެ ފައިދާ ނަގައި މެޗު ކޮންޓްރޯލްކޮށްފައެވެ. އެގޮތުން 24 ވަނަ މިނެޓުގައި މުހައްމަދު ކުދޫސް ނަގައިދިން ކޯނަރަކުން އާޗީ ގްރޭ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޓޮޓެންހަމަށް ލީޑު ނަގައިދިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ޓޮޓެންހަމުން ފުރުސަތުތައް ތަނަވަސްކުރިއިރު، މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޔެން ޕައުލް ވެން ހެކޭއެވެ. މިއީ ސީޒަން ދަށްކޮށް ފެށި ޓޮޓްނަމް މޮޅުވުމުގެ ސިލްސިލާއަށް އެއްވި މުހިންމު މޮޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެިޖެހިގެން ތިން މެޗުން މޮޅުވެ، ޓޮޓްނަމް މޮޅުވުމުގެ ސިސްސިލާ ކުރިޔަށްކުޅިވަރު | ގަޑިއިރެއް ކުރިންކޮވެންޓްރީ ބަލިކޮށް، ޓޮޓްނަމް މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިކުޅިވަރު | 12 ދުވަސް ކުރިންލިވަޕޫލުން ޓޮޓްނަމް ބޮޑު ބައްޔަލުން ބަލިކޮށް ކަޕުގެ ފުރަތަމަ ބުރުން މުބާރާތުން ބޭރުކޮށްލައިފިކުޅިވަރު | 2 މަސް ކުރިންޗާލްޓަން ބަލިކޮށް ޓޮޓްނަމް އީއެފްއެލް ކަޕުގެ ތިންވަނަ ބުރަށްކުޅިވަރު | 2 މަސް ކުރިން