logo
MPL

MPL

ކުޅިވަރު

ކޮވެންޓްރީ ބަލިކޮށް، ޓޮޓްނަމް މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި

އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2026 - 03:34
ކޮވެންޓްރީ ބަލިކޮށް، ޓޮޓްނަމް މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހު ކުޅުނު މެޗުގައި ކޮވެންޓްރީ ސިޓީގެ މައްޗަށް 3-1 އިން ކާމިޔާބު ހޯދައި، ޓޮޓްނަމް ހޮޓްސްޕާއިން މި ސީޒަނުގެ ފުރަތަމަ ލީގު މޮޅު ހޯދައިފިއެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލާފައެވެ.

ޓޮޓްނަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓުގައި ޖޭމްސް މެޑިސަން ވަނީ މޮޅު ލަނޑެއް ޖަހައި ޓޮޓްނަމަށް ކުރިހޯދައިދީފައެވެ. މިއީ 536 ދުވަހަށްފަހު އޭނާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޖެކް ރުޑޯނީ ކޮވެންޓްރީއަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އުމަރު މަރުމޫޝް ވަނީ އަލުން ޓޮޓެންހަމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބެން ޑޭވިސް ޖެހި ލަނޑުން ޓޮޓްނަމް މޮޅު ކަށަވަރުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގައި އަނިޔާގެ ސަބަބުން 500 އަށްވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރި ޑޭޔާން ކުލުސެވްސްކީ ވެސް ވަނީ އެނބުރި އައިސް ކުޅެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮވެންޓްރީ ބަލިކޮށް، ޓޮޓްނަމް މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިކުޅިވަރު | ގަޑިއިރެއް ކުރިންލިވަޕޫލުން ޓޮޓްނަމް ބޮޑު ބައްޔަލުން ބަލިކޮށް ކަޕުގެ ފުރަތަމަ ބުރުން މުބާރާތުން ބޭރުކޮށްލައިފިކުޅިވަރު | މަހެއް ކުރިންޗާލްޓަން ބަލިކޮށް ޓޮޓްނަމް އީއެފްއެލް ކަޕުގެ ތިންވަނަ ބުރަށްކުޅިވަރު | 2 މަސް ކުރިންމެންޗެސްޓަރ ސީޓީގެ ސަވީނިއޯ އާއި މަރުމޫޝް ޓޮޓްަނަމް އަށްކުޅިވަރު | 2 މަސް ކުރިން