މެންޗެސްޓަރ ސީޓީގެ ސަވީނިއޯ އާއި މަރުމޫޝް ޓޮޓްަނަމް އަށް
24 އޯގަސްޓު 2026 - 05:48

ޓޮޓެންހަމް ހޮޓްސްޕާ އަށް ސޮއިކުރާ އޮމަރު މާމޫޝް އަދި ސަވީނިއޯ، ކުރިއަށް އޮތް ހަފުތާގައި ޗާލްޓަން ނުވަތަ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް އެ ޓީމަށް ކުޅޭ ފުރަތަމަ މެޗަށް ނުކުތުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ކަރަބާއޯ ކަޕްގައި ބުދަ ދުވަހުގެ ރޭ ލަންޑަންގެ ވާދަވެރި ޗާލްޓަންއާ ދެކޮޅަށް ޓޮޓެންހަމް ނުކުންނައިރު، އާ ސީޒަނުގެ ލީގުގައި އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ. އެންމެ ފަހުން ބްރެންޓްފޯޑް އަތުން 3-0 އިން ބަލިވި މެޗަށްފަހު، ކޯޗު ރޮބާޓޯ ޑި ޒާބީގެ ޓީމު އަލުން ކާމިޔާބީގެ މަގަށް ރުޖޫއަވުމަށް މި ދެ ކުޅުންތެރިންގެ ބައިވެރިވުން ބޮޑު ބާރަކަށް ވާނެ އެވެ.

Ad by Hajj Corporation
ސްޓޭންޑަޑް ސްޕޯޓުން ހާމަކޮށްފައިވާ ގޮތުގައި، މެންޗެސްޓާ ސިޓީގެ ސަވީނިއޯ ގެންނަން ޓޮޓެންހަމުން ވަނީ 75 މިލިއަން ޕައުންޑް ދިނުމަށް އެއްބަސްވެފަ އެވެ. މީގެ އިތުރުން ޕާފޯމަންސަށް ބަލައި އިތުރު 10 މިލިއަން ޕައުންޑް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިޓީގެ އޮމަރު މާމޫޝް ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމަށް ގެންނަން އަނގަބަހުން ވަނީ އެއްބަސްވެވިފަ އެވެ. މި އެއްބަސްވުމުގައި 50 މިލިއަން ޕައުންޑަށް އޭނާ ދާއިމީކޮށް ގަންނަން ޖެހޭ މާއްދާއެއް ހިމެނެ އެވެ.
ހޯމަ ދުވަހު މާމޫޝްގެ މެޑިކަލް ޓެސްޓުތައް ފުރިހަމަކުރުމަށް ހަމަޖެހިފައިވާއިރު، ކަޕް މެޗުގެ ކުރިން ޑީލް ނިމިއްޖެނަމަ ޗާލްޓަންއާ ދެކޮޅަށް އޭނާ ކުޅޭނެ އެވެ. އެހެން ނޫންނަމަ، ނިއުކާސަލް މެޗަށް މިސްރުގެ ފޯވާޑާއި ސަވީނިއޯ ޓީމުގައި ހިމެނުމަށްޓަކައި ހުކުރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.
ސަވީނިއޯގެ ޓްރާންސްފާ ނިމުމުން، މި ހޫނުމޫސުމުގައި ޓޮޓެންހަމުން ކުޅުންތެރިން ހޯދުމަށް ކުރި ހޭދަ 300 މިލިއަން ޕައުންޑަށް އަރާނެ އެވެ. އަދި ޓްރާންސްފާ ބާޒާރުގައި އެ ކްލަބުގެ މަސައްކަތްތައް އަދި ނުނިމޭ ކަމަށް ޑި ޒާބީ ވަނީ ބުނެފަ އެވެ.

-01.jpg&w=3840&q=75)
