logo
MPL

MPL

ކުޅިވަރު

ވަގުހެދިކަން ފަޅާއަރުވާލުމުން ސިޓީގެ މެއިން ސްޕޮންސަރ އިއްތިހާދު އެއަރވޭސްއިން ޕްރީމިއަރ ލީގު ގޮވައިގެން ކޯޓަށް

އަބްދުﷲ ޣާނިމް
30 ސެޕްޓެމްބަރު 2026 - 21:24
ވަގުހެދިކަން ފަޅާއަރުވާލުމުން ސިޓީގެ މެއިން ސްޕޮންސަރ އިއްތިހާދު އެއަރވޭސްއިން ޕްރީމިއަރ ލީގު ގޮވައިގެން ކޯޓަށް

އަބޫދާބީގެ އެއާލައިން، އިއްތިހާދު އެއާވޭސްއިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ މިނިވަން ކޮމިޝަނަކުން ނިންމި ނިންމުންތައް ޕްރިމިއާ ލީގުން ބެލެހެއްޓި ގޮތަށް ފާޑުކިޔައި، އެ އެއާލައިނަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން ޕްރީމިއަރ ލީގާއި ދެކޮޅަށް ފިޔަވަޅުއޅުމަށް ގާނޫނީ ލަފާ ހޯދަމުންދާ ކަމަށް ބުދަ ދުވަހު ހާމަކޮށްފިއެވެ.

ޕްރިމިއާ ލީގުން އަންގާރަ ދުވަހު ނެރުރު ބަޔާނުގައި، ގާތްގަނޑަކަށް ދިހަ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި 900 މިލިއަން ޕައުންޑަށް ވުރެ ގިނަ ފައިސާގެ އާމްދަނީ އިތުރުކޮށް ދެއްކުމަށާއި ހަރަދުތައް ކުޑަކޮށް ދެއްކުމަށްޓަކައި މެންޗެސްޓާ ސިޓީން "މަކަރާއި އޮޅުވާލައިގެން ހަދާފައިވާ" ވިޔަފާރީގެ އެއްބަސްވުންތައް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިއާއެކު މިފައިސާ ބޭނުންކޮށްގެން ސިޓީއިން ވަނީ ފާއިތުވެދިޔަ ވިއްސަކަށް އަހަރުތެރޭގައި އިނގިރޭސި އެންމެ ކާމިޔާޞު އެއް ކުލަބަށްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2009 ވަނަ އަހަރުން ފެށިގެން މެންޗެސްޓާ ސިޓީގެ މައިގަނޑު ސްޕޮންސަރު ކަމަށްވާ އިއްތިހާދުން ބުނީ، ނޭދެވޭ ނުވަތަ ގަވާއިދާ ހިލާފު ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ބައިވެރިވެފައިވާ ކަމަށް ދައްކުވައިދޭ "ކޮންމެ ހޯދުމެއް، ނިންމުމެއް ނުވަތަ ތުހުމަތެއް އެއްވެސް ޝައްކެއްނެތް މިންވަރަށް ދޮގުކުރާ" ކަމަށެވެ.

އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮމިޝަނުގެ މަރުހަލާ ކުރިއަށްދިޔައިރު ޕްރިމިއާ ލީގުން އެ ކުންފުންޏާ އެއްވެސް ވަރަކަށް ގުޅައި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި ކުންފުނީގެ އަގުވެއްޓޭ ގޮތަށް ހުރި މައުލޫމާތުތަކަށް ޖަވާބުދާރީވުމުގެ ނުވަތަ މައުލޫމާތު ފޯރުކޮށްދިނުމުގެ އެއްވެސް ފުރުސަތެއް ދީފައި ނުވާ ކަމަށްވެސް އިއްތިހާދުން ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޓީ ރެލިގޭޓް ކޮށްލުމުގެ ކުރިން، ސިޓީއިން މެންޗެސްޓަރ ޔުނައިޓެޑް ރެލިގޭޓްކޮށްލަނީކުޅިވަރު | 20 ގަޑިއިރު ކުރިންހާލަންޑުގެ ލަނޑާއެކު ސިޓީން ލައިޕްޒިގްގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | 4 ދުވަސް ކުރިންތާވަލުގެ އެއްވަނައިގައި އޮތް ސިޓީ ބަލިކޮށް ބްރައިޓަން ތިންވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 8 ދުވަސް ކުރިންއެސްޓަން ވިލާ އަތުން ބަލިވެ، ވަގުހެދި ސިޓީގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއްކުޅިވަރު | 15 ދުވަސް ކުރިން